24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

އިންޑިޔާގެ ޖުމްހޫރީ ދުވަސް

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

  • ޖުމްހޫރީ ދުވަހުގެ ޝަރަފްވެރި މެހެމާނަކީ އަބޫދާބީގެ ވަލީއަހުދު ޝެއިޚް މުޙައްމަދު ބިން ޒައިދް
  • މިއަދަކީ އިންޑިޔާގައި ޤާނޫނު އަސާސީއަށް ތަބާވާން ފެށި ދުވަސްވެސްމެ
އާލާ އިބުރާހިމް | aalu_aala

| 26 ޖެނުއަރީ 2017 | ބުރާސްފަތި 15:07 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  4. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  5. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  6. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  7. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


މިއަދަކީ އިންޑިޔާގައި ޤާނޫނު އަސާސީއެއް އެކުލަވާލިތާ 67 އަހަރު ފުރުނު ދުވަސް -- ގޫގުލް

އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކަށް އަބޫދާބީގެ ވަލީއަހުދު ޝެއިޚް މުޙައްމަދު ބިން ޒައިދް އަލް ނަޙްޔާން އިންޑިޔާއަށް ވަޑައިގެންފިއެވެ.

އިންޑިޔާގެ 68 ވަނަ ޖުމްހޫރީ ދުވަސް މިއަދު އެޤައުމުގައި ފާހަގަކުރަމުންދާއިރު، މިއަދަކީ އެޤައުމުގައި ޤާނޫނު އަސާސީއަށް ތަބާވާން ފެށިތާ 67 އަހަރު ފުރުނު ދުވަސްވެސްމެއެވެ. 1950 ވަނަ އަހަރު އެކުލަވާލެވުނު ޤާނޫނު އަސާސީއަށް އަހަރު ފުރުމާ، ޖުމްހޫރީ ދުވަސް އެޤައުމުގައި ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، ޖުމްހޫރީ ދުވަހުގެ ޚާއްޞަ ޕެރޭޑު މިހާރު ވަނީ ފަށާފައެވެ.

އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ޕެރޭޑު ފަށާފައިވާއިރު، ޕެރޭޑުގެ އިތުރުންވެސް ސަޤާފީ އެތަކެއް ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިޔާގެ އާރާއި ބާރުގެ އިތުރުން އެޤައުމުގެ ސަޤާފަތް ޕެރޭޑުގައި ގެންދަނީ ދައްކާލަމުންނެވެ.

ޖުމްހޫރީ ދުވަހުގެ ޕެރޭޑު ކުރިއަށްދާ ވަގުތު ނިއުދިއްލީގެ އިތުރުންވެސް އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ވަނީ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްފައެވެ. އެޤައުމުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ "ލަޝްކަރޭ-ޠައިބާ" އިން ވަނީ ޖުމްހޫރީ ދުވަހާ ދިމާކޮށް ޙަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިޔާގެ ރައީސް ޕްރަނާބް މުކަރްޖީގެ އިތުރުން ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ ދުވަހުގެ ތަހުނިޔާ ޤައުމުގެ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް