21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ރާއްޖެ ޓީވީ

ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑު ހުޅުވައިފި

 • ފަންޑު ހުޅުވައި ދެއްވީ އިބޫ
 • ފުރަތަމަ ފަންޑުފޮށި ހިންނަވަރުގައި، ހުޅުވައި ދެއްވީ ފައިސަލް
 • ގިނަ ބަޔަކު ދަނީ ރާއްޖެޓީވީއަށް އެހީތެރިވަމުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 10 އޯގަސްޓު 2018 | ހުކުރު 16:41 | |

މަގުބޫލް

 1. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
 2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
 3. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
 4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
 7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
 8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


އެމްޑީޕީގެ ރިޔާށީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް އަބުރުފުޅު ފަންޑު ހުޅުއްވައިދެއްވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ހަތަރު ވަނަ ފަހަރަށް ޖޫރިމަނާކޮށް، ދެ މިލިއަން ރުފިޔާ ދެއްކުމަށް އެންގުމާ ގުޅިގެން "ރާއްޖެޓީވީ އަބުރުފުޅު ފަންޑު" ހުޅުވައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ރާއްޖެޓީވީ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި އަބުރުފުޅު ފަންޑު ހުޅުއްވައި ދެއްވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އީބޫ)އެވެ. ރާއްޖެޓީވީއަށް އެހީތެރިވުމަށްޓަކާ އަބުރުފުޅު ފަންޑު އިބޫ ހުޅުވައިދެއްވުމާ އެކު، ރާޢްޖެޓީވީއަށް ތާއިދު ކުރާ ގިނަ ފަރާތްތަކުން ވަނީ ރާއްޖެޓީވީއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

މާލޭގައި "ރާއްޖެޓީވީ އަބުރުފުޅު" ފަންޑު ފޮށި ހުޅުވިއިރު، އިދިކޮޅު ކޯލިޝަންގެ ރަނިންގމޭޓް ފައިސަލް ނަސީމު ވަނީ އަތޮޅު ތެރޭގެ ފުރަތަމަ ފަންޑު ފޮށި ޅ. ހިންނަވަރުގައި ވެސް ހުޅުއްވައިދެއްވާފައެވެ. ހިންނަވަރުގައި އަބުރުފުޅު ފަންޑު ފޮށި ހުޅުވުމާ އެކު، ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެ ދަތުރުގައި ބައިވެރިވެވަޑައިގެން ތިއްބެވި ބޭފުޅުންނާއި ހިންނަވަރުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ފައިސާގެ އެހީތެރިކަން ރާޢްޖެޓީއަށް ފޯރުކޮށްދެއްވާފައެވެ.

ރާއްޖެޓީވީން ބުނީ، އަތޮޅު ތެރެއިން ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް އެހީތެރިވުމަށް ބޭނުންވާ ރަށްތަކުން ރާއްޖެޓީވީ އާއި ގުޅައިގެން އެކަން އިންތިޒާމް ކުރުމަށެވެ. އެގޮތުން ރާއްޖެޓީވީގެ ނަމްބަރު 3007771 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރުމަށް ސްޓޭޝަނުން އެދެއެވެ.

ރާއްޖެޓީވީން ބުނީ، އަބުރުފުޅު ފަންޑު ހުޅުވުމަކީ އެއްގޮތަކަށް ވެސް ބްރޯޑްކޮމްއިން ނުހައްގުން އެޅި ފިޔަވަޅަށް ތަބާވުމަށް ނޫން ކަމަށެވެ. ނަމަވެސް މި ސްޓޭޝަނަށް އެކަމުގެ ސަބަބުން ލިބިދާނެ ދެރައަކަށްޓަކައި ކަމަށެވެ. އަދި އެހެން އެކަން ވެއްޖެނަމަ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލަމުން ދާ ޗެނަލަށް ހުއްޓުމެއް އައުމަކީ އެތަށް ރައްޔިތުންނެއް އެކަމާ ދެރަވެ ކަންބޮޑުވާނެ ކަމަކަށް ވާތީ ކަމަށްވެސް ރާއްޖެޓީވީން ބުންޏެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފޯކަސް ގެއްލުވާލާ ރާއްޖެޓީވީގެ ނޫސްވެރިން ކުރާ މަސައްކަތަށް ހުރަސްއަޅާ ޖެއްސުން ކުރުމަށް އިންތިޚާބު ބޯމަތި ވެފައި އޮއްވާ ކުރި ބޮޑު ޖޫރިމަނާ ރާއްޖެޓީވީން ބަލައެއް ނުގަނެއެވެ. އަދި އެ މައްސަލަ އިތުރަށް މުރާޖައާ ކުރުމަށް އެދި ރާއްޖެޓީވީގެ ފަރާތުން ވަނީ އަލުން އެ ކޮމިޝަނަށް ހުށައަޅާފައެވެ.

ރާއްޖެޓީވީ ހަތަރު ވަނަ ފަހަރަށް ކުރި ޖޫރިމަނާ ސްޓޭޝަނުން ބަލައި ނުގަންނަ ހިނދު، މި ޖޫރިމަނާއަކީ ވެސް ކުރިން ފަހަރުތަކެކޭ އެއްގޮތަށް ބްރޯޑްކޮމްއިން ބޭ އިންސާފުން ކުރި، ސިޔާސީ ކުލަ ޖެހިފައިވާ ފިނޑި އަމަލެއްކަމަށް ސްޓޭޝަނުން ދެކެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް