16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ހެއިޓީގެ ރިޔާސީ އިންތިޚާބު

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

  • މޮއިސްގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް
  • މޮއިސް ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު
އާލާ އިބުރާހިމް | aalu_aala

| 26 ޖެނުއަރީ 2017 | ބުރާސްފަތި 14:32 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  8. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި


ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެެނެލް މޮއިސް -- ގޫގުލް

ހެއިޓީގެ ރައީސްކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިންތިޚާބު ވެވަޑައިގެންނެވި ޖޮވެނެލް މޮއިސްގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އެޤައުމުގެ ތަޙުޤީޤީ ޤާޒީއަކު މޮއިސްއާ ސުވާލުކޮށްފި އެވެ.


އަންނަ ފެބްރުއަރީ މަހު ހުވާކުރެއްވުމަށް ފަހު ރަސްމީކޮށް ވެރިކަމާ ޙަވާލުވެވަޑައިގަންނަވަން ހަމަޖެހިފައިވާ މޮއިސްގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުތަކާ ބެހޭ ގޮތުން ސުވާލުކުރުމަށް ޤާޒީ ހަތަރު ގަޑިއިރު ހޭދަކުރެއްވިއިރު، މޮއިސް ކޯޓަށް ވަޑައިގެންފައި ވަނީ ވަކީލެއް ނެތި ގިނިކަންޏާއެވެ.

 

ކުރިން ދޮންކެޔޮ އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރެއްވި މޮއިސް ވަނީ އޭނާގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތުތަކުގެ އިތުރުން ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތުމުގެ ކުރިން ލޯނުތަކެއް ނަންގަވާފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ. މޮއިސް ވިދާޅުވީ އެ ތުހުމަތުތަކަކީ އިދިކޮޅު ފަރާތްތަކުން ސިޔާސީ ގޮތުން "ވިއްދާލުމަށް" ކުރާ ދޮގު ތުހުމަތުތަކެއް ކަމަށެވެ. މޮއިސް އިތުރަށް ވިދާޅުވީ، ސިޔާސީ މަންފާއެއް ހޯދުމުގެ ނިޔަތުގައި ޤާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ސިޔާސީ މަސްރަޙުގައި ޙަރަކާތްތެރިވުމަށް ބޭނުންކުރާ ހަމައެކަނި ހަތިޔާރެއްގެ ގޮތުގައި އެހެން މީހުންގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވަމުންދާ ފަރާތްތަކަށް އެފުރުޞަތު ދީގެން ނުވާނެ ކަމަށެވެ.

 

އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު މޮއިސް ހުވާކުރެއްވުމުގެ ކުރިން، އޭނާއާ ދެކޮޅަށް އެއްވެސް ދަޢުވާއެއް އުފުލާކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

 

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އިންތިޚާބު ބާއްވާފައިވަނީ، އޭގެ ކުރީގެ އިންތިޚާބުގައި ވައްކަމާއި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ ކުރެވުނު ތުހުމަތުތަކާ ގުޅިގެން އެ އިންތިޚާބު ބާޠިލް ކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. 2015 ވަނަ އަހަރު އޮކްޓޯބަރު މަހު ބޭއްވި އެ އިންތިޚާބު ވެސް ކާމިޔާބު ކުރެއްވީ މޮއިސްއެވެ.

 

ހެއިޓީގައި ސިޔާސީ މަސްރަޙު ހަލަބޮލިވެ، ފަޤީރުކަމުގައި އެޤައުމުގެ ރައްޔިތުން ދިރިއުޅެމުންދާތާ އެތަކެއް އަހަރުތަކެއް ވަނީ ވެފައެވެ. އަދި 2010 ވަނަ އަހަރު ހެއިޓީއަށް އައި ބާރުގަދަ ބިންހެލުމަށްފަހު އެޤައުމު އާރާސްތުކުރުމަށް އަދިވެސް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް