18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ކެންޑިޑެސީ ބަލައިނުގަތުން

ހުސައިންގެ ކެންޑިޑެސީ ބަލައި ނުގަތުމުން ކޯޓަށް ދާން ނިންމައިފި

  • ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމި ނިންމުމަކީ އީސީގެ މައްޗަށް ނުފޫޒެއް އޮވެގެން ކުރި ކަމެއް
ސިމާހާ ނަސީމް އަދި ޙުސައިން ޙަސަން | sim_kamana

| 10 އޯގަސްޓު 2018 | ހުކުރު 14:53 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  3. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  4. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  8. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް


އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ހުށަހެޅުއްވި ހުސައިން ނަސީރު -- ފޮޓޯ: ރާއްޖެ އެމްވީ

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ހުށަހެޅުއްވި ހުސައިން ނަސީރު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުގެ މައުލުމާތު ސައްހަނުވުމުގެ ސަބަބުން އޭނާގެ ކެންޑިޑެސީ ބަލައިނުގަތުން، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.

އަމިއްލަ ގޮތުން އިންތިހާބަށް ކުރިމަތިލެއްވި ހުސައިން ނަސީރުގެ ނަން އީސީން ބަލައިނުގަތީ އޭނާއަށް ތާއިދުކޮށް ހުށަހެޅި މީހުންގެ ސައްހަ މައުލުމާތު ނުހިމެނޭތީ އާއި ވާދަ ކުރަން ހުށަހެޅި ހުސައިން ނަސީރުގެ ދާއިމީ އެޑްރެހަށް ބަދަލު އައިސްފައިވުމުން، ހިމަނަންޖެހޭ މައުލޫމާތު ނުހިމަނައި ސައްހަ މައުލޫމާތު ހުށަހަޅާފައިނުވުމުންނެވެ. އަދި އޭނާގެ ރަނިންމޭޓަކަށް ހުށަހެޅި ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑު ފުރިހަމަކޮށްފައި ނުވާތީ، އީސީގެ ރައީސް އަހުމަދު ޝަރީފު ސޮއިކޮށް، ހުކުރު ދުވަހުގެ ހެނދުނު ވަނީ އޭނާގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމައި އެކަން އަންގާފައެވެ.

އެކަމާ ގުޅިގެން ހުސައިން ނަސީރުގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، އޭނާގެ ސްޕޯކްސްޕާސަން އަމްޖަދު ހުސައިން ވިދާޅުވީ އީސީގެ ނިންމުމަކީ ނުފޫޒެއް އޮވެގެން ނިންމި ނިންމުމެއް ކަމަށެވެ. އީސީއަށް ނުފޫޒު ފޯރުވަނީ ކޮން ބައެއްތޯ ސުވާލު ކުރުމުން، ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދެއްކެވި ހުސައިން ނަސީރުގެ ރަނިންމޭޓް ނަސްރުﷲ ސީދާ ޖަވާބެއް ނުދެއްވިއެވެ.

"މީގަ އަތުވެދާނެ އޮއިވަރުތަކެއް ހުރެދާނެ. އިއްޔެގަ އެންމެ ބޭފުޅެއްގެ ސޮއި ނެތިގެން އަޅުގަނޑުމެންނަށް ލަސްވެގެން މިދިޔަ މުއްދަތު މިއީ ވަރަށް ބޮޑު މުއްދަތެއް. އެހެންވީމަ އެ މުއްދަތު އެހާ ބޮޑުވެގެން ދިޔައީމަ. ކޮންމެ ވެސް ކަހަލަ ނުފޫޒެއް ހުރި ކަމަށް އަޅުގަނޑުމެންނަށް މި ގަބޫލު ކުރެވެނީ. ޔަގީނަކާ ހިސާބަށް ގޮސްގެނެއް ނޫން މި ވާހަކަ މިދައްކަނީއަކީ." ނަސްރުﷲ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ފުރުސަތު ހޯދުމުގެ ގޮތުން ކޯޓަށް މައްސަލަ ހުށަހަޅާނީ ކޮން އިރަކުންތޯ ސުވާލު ކުރުމުން ވީހާ ވެސް އަވަހަކަށް ކޯޓަށް ހުށަހަޅާނެ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ. ހުށަހަޅާނެ ދުވަހެއް ވިދާޅެއް ނުވެއެވެ.

އިންތިހާބާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާތާ ގިނަވެގެން 48 ގަޑިއިރު ނުވަތަ ދެ ދުވަހުގެ ތެރޭގައި އެކަން ގަބޫލުކުރިކަން ނުވަތަ ނޫންކަން އެ މީހަކަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމެއް، ފަސް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ނުވަތަ ހައި ކޯޓަށް ހުށަހެޅިދާނެ ކަމާށާއި އެއިން ކޯޓަކަށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ ހަތް ދުވަހުގެ ތެރޭގައި އެކަން ނިންމަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ.

ކޯޓަށް ހުށަހަޅައިގެން، އެކަމުގައި ކާމިޔާބީއެއް ނުލިބިއްޖެނަމަ، ތާއިދު ކުރާނީ ކޮން ކެންޑިޑޭޓަކަށްތޯ ސުވާލު ކުރުމުން ނަސްރުﷲ ވިދާޅުވީ އެކަމާމެދު ގޮތެއް ނިންމަން މާ އަވަސް ކަމަށެވެ.

"ތަންކޮޅެއް އަވަސް ކަންނޭނގޭ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރިޔާސީ ރޭހުގައި ވާދަ ކުރަން. ދެން އެއަށްފަހުގައި ދިމާވާ ކަމަކަށް ބިނާކޮށް އަޅުގަނޑުމެން ފަރާތަކާ ގުޅޭނީތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ،" ނަސްރުﷲ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ދުންމާރި

1 ހަފްތާކުރިން

މީނާއަކީ ޔާމީނުގެ ޕަޕެޓެއް.

0
0