16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

މަޝްހޫރު ލަވަކިޔުންތެރިޔާ

ޕާކިސްތާނުގައި ކުލަ ލުމުގެ މަސައްކަތްކުރާ މީހެއްގެ ރީތި އަޑުން އެންމެންގެ ހިތް އަތުލައިފި

  • އޭނާގެ ފުރަތަމަ ވީޑިއޯ އިން ފެންނަނީ ކުލަލުމުގެ މަސައްކަތްކުރަމުން ލަވަކިޔަމުންދާ މަންޒަރު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 10 އޯގަސްޓު 2018 | ހުކުރު 13:17 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


މުހައްމަދު އާރިފް: އޭނާގެ ވީޑިއޯ ވައިރަލްވެ ބޮޑު މަޝްހޫރުކަމެއް ވަނީ ލިބިގެން ގޮސްފައި -- ގޫގުލް

ޕާކިސްތާނުގައި އިމާރާތްތަކުގައި ކުލަ ލުމުގެ މަސައްކަތްކުރާ މީހެއްގެ ރީތި އަޑު އިވި ގިނަ ބައެއްގެ ހިތް އަތުލައިފިއެވެ.

ޕާކިސްތާނަށް އުފަން މުހައްމަދު އާރިފް މުޅި ދުނިޔެއަށް މަޝްހޫރު ވެފައި ވަނީ ކޮޓަރިއެއްގެ ފާރުގައި ކުލަ ލަމުން ލަވަ ކިޔަނިކޮށް ނަގާފައިވާ 11 މިނިޓެގް ވީޑިއޯއަކުންނެވެ. މީހުންގެ ސަމާލުކަން އާރިފް އަށް ލިބިގެންދިޔައީ އަކްބަރު ބަޓް ކިޔާ މީހަކު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކުންނެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ގޭގައި ކުލަ ކުލަށް ޕުޓީ އަޅަމުން ދަނިކޮށް އާރިފްގެ ކިބައިން ލަވައެއް ކިޔައިދިނުމަށް އަކްރަމް އެދެއެވެ. އަދި ލަވަޔަކަށް ފަހު ލަވައެއް އޭނާ ކިޔަމުން ދިޔައެވެ. އޭނާ ކިޔާފައި ވަނީ ހިންދީ މަޝްހޫރު ލަވަތަކެވެ. އޭގެ ތެރޭގައި "ހަމާރީ އަދޫރީ ކަހާނީ" އާއި ޚާމޯޝިޔާން" އަދި "ނެއިނާ" ފާހަގަކޮށްލެވެއެވެ. 

މި ވީޑިއޯ ޕޯސްޓްކޮށްލުމާ އެކު މަދު ވަގުތުކޮޅެއްގެ ތެރޭގައި އެތައް ލައްކަ ލައިކެއް ވީޑިއޯ އަށް ލިބުނެއެވެ. އަދި އެތައް ހާސް ބަޔަކު އެ ވީޑިއޯ ޝެއާކޮށްފައިވާ އިރު ހަފުތާއެއްގެ ތެރޭގައި ހަތަރު މިލިއަން ލައިކް އެ ވީޑިއޯ އަށް ލިބިފައި ވެއެވެ. އާރިފް އަށް ލިބުނު ކުއްލި މަޝްހޫރުކަމާ އެކު މީޑިއާތަކުގެ ސަމާލުކަން ވެސް ހުއްޓިގެން ދިޔައެވެ. އެ ގޮތުން ބީބީސީ އުރުދޫ އާއި އަދިވެސް އެނޫން އެތައް ޓީވީ ޗެނެލްތަކުން އާރިފްގެ އިންޓަވިއު ހޯދަން ކިޔުޖެހުނެވެ. 

ޕާކިސްތާނުގެ އެންމެ މަޝްހޫރު އެއް ޗެނެލް ކަމަށްވާ "ޖިއޯ ޕާކިސްތާން" އަށް ދިން އިންޓވިއުއެއްގައި އާރިފް ބުނެފައި ވަނީ އޭނާ ލަވަ ކިޔަމުންދާތާ ބާރަ އަހަރު ވެއްޖެ ކަމަށާއި އޭނާގެ ލަވަ ކިޔުމުގެ ހުނަރު ދައްކާލެ ވޭނެ ޕްލެޓްފޯމެއް ލިބޭނެ ދުވަހެއްގެ އުއްމީދުގައި ހުރި ކަމަށެވެ. ދިރިއުޅުމަށް އާމްދަނީ ހޯދުމަށް އޭނާ ނުކުރާ މަސައްކަތެއް ނެތް ކަމަށާއި އެ ގޮތުން ރިކްޝޯ ދުއްވުމާއި މަޖޫރީ ކަމާއި މަގުމަތީގައި ލުއިކާނާ ވިއްކުމާއި އިމާރާތްތަކުގައި ކުލަ ލުން ފަދަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. ކުލަލުމުގެ މަސައްކަތުގައި އުޅެނިކޮށް އަކްބަރު ނެގި ވީޑިއޯ އިން ލިބުނު މަޝްހޫރުކަން ގަބޫލުކުރަން ދަތިވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. 

ކޮންމެ އަކަސް ލަވަކިޔުންތެރިއަކަށް ވުމަށް އެތައް އަހަރެއް ވަންދެން އޭނާ ކުރަމުން ދިޔަ އުންމީދުތައް މިވަނީ ހަގީގަތަކަށް ވުމުގެ މަގުމަތީގައެވެ. އޭނާގެ ހުނަރު ފެނިފައި ޕާކިސްތާނުގެ އިތުރުން އިންޑިއާގެ މަޝްހޫރު ފަރާތްތަކުން ވެސް އާރިފްއަށް ދަނީ ތައުރީފްކުރަމުންނެވެ. އެ ގޮތުން ބޮލީވޫޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ވެސް ވަނީ އާރިފް އަށް ތައުރީފްކޮށްފައެވެ. އަދި ރަނގަޅަށް މިއުޒިކް ދަސްކޮށްފި ނަމަ އާރިފަށް ވަރަށް ކާމިޔާބު މުސްތަގުބަލެއް ލިބިދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ. 

ގިނަ ބައެއްގެ ތައުރީފް އާރިފް އަށް ލިބެމުން އަންނަ އިރު އެތައް ފުރުސަތުތަކެއް ވެސް އޭނާ އަށް ވަނީ ތަނަވަސްވެގެން ގޮސްފައެވެ. އެގޮތުން މިމަހުގެ 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާކިސްތާނުގެ މަޝްހޫރު ލަވަކިއުންތެރިޔާ އެއިމާ ބެއިގްގެ ކޮންސެޓްގައި އޭނާ ލަވަ ހުށަހަޅައިދުނުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ. އެކަން ވަނީ ބެއިގްގެ މެނޭޖަރު ވެސް ޔަގީން ކޮށްދީފައެވެ. އަދި އާރިފް މިހާރު ގެންދަނީ އެކަމަށް ފަރިތަކުރަމުންނެވެ. 

އެއިމާ ބުނެފައި ވަނީ އާރިފްގެ އަޑު އިވުމާ އެކު އެ އަޑަށް ލޯބި ޖެހުނު ކަމަށެވެ. އޭނާއަކީ ހުނަރުހުރި ޕާކިސްތާން މީހެއް ކަމަށާއި އެންމެން ވެސް އޭނާ ޕްރޮމޯޓް ކުރަން ޖެހޭ ކަމަށެވެ

މުހައްމަދު އާރިފް ލަވަ ކިޔަނިކޮށް ފޭސްބުކްގައި ލައިވްކޮށް، ޕޯސްޓްކުރި އަކްބަރު ބުނެފައި ވަނީ އޭނާއަކީ ވަރަށް މަޝްހޫރުވާންޖެހޭ މީހެއް ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް