25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރަޔަން އެއަރލައިން

ރަޔަން އެއަރލައިންގެ މުވައްޒަފުންގެ މުޒާހަރާއަށް އަދިވެސް ހައްލެއް ނުލިބޭ!

  • މުޒާހަރަ ކުރަނޯ ލިބޭ މުސާރަ ކުޑަވުމުންނާއި މަސައްކަތް ކުރުމުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެ
  • މުވައްޒަފުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށްޓަކައި އެ އެއަރލައިން އިން ވަރަށް މަސައްކަތް ކުރި ކަމަށް ބުނޭ
  • އެއަރލައިންގެ މުވައްޒަފުން މުޒާހަރާ ކުރާތާ ދެ މަހަށްވުރެ ގިނަ ދުވަސްވެއްޖެ
ސިމާހާ ނަސީމް | sim_kamana

| 10 އޯގަސްޓު 2018 | ހުކުރު 12:28 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  4. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ރިޔަން އެއަރލައިންގެ ފްލައިޓްތަކެއް -- ގޫގުލް

ރަޔަން އެއަރލައިންގެ މުވައްޒަފުންގެ މުޒާހަރާއަށް އަދިވެސް ހައްލެއް ނުލިބެ އެވެ.

ރަޔަން އެއަރލައިންގެ މުވައްޒަފުން މުޒާހަރާ ކުރަމުން ދަނީ އެ އެއަރލައިނުންދޭ މުސާރަ ކުޑަވުމުންނާއި މަސައްކަތް ކުރުމުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެއެވެ.

މީގެ ކުރިން ރަޔަން އެއަރލައިންގެ ކެބިން ކުރޫން މުޒާހަރާ ކުރުމާއި ގުޅިގެން އެ އެއަރލައިންގެ 600 ފްލައިޓް ވަނީ ކެންސަލް ކޮށްފައެވެ. އޭރު މުޒާހަރާ ކުރި ކެބިން ކުރޫންނަކީ ބެލްޖިއަމް، ޕޯޗުގަލް އަދި ސްޕެއިންގައި ތިބި ކްރޫއިންނެވެ.

މިފަހަރު ރަޔަން އެއަރލައިންގެ ޕައިލެޓުންތަކެއް ޔޫރަޕްގެ ފަސް ޤައުމެއްގައި މުޒާހަރާ ކުރުމަށް ނިންމައިފިއެވެ. 24 ގަޑިއިރަށް ކުރަން ނިންމާފައިވާ މުޒާހަރާގައި ޖަރުމަންވިލާތާއި ސުވެޑެންއާ ނެދަލެންޑްސްއާ ބެލްޖިއަންގެ އިތުރުން އަޔަލެންޑްގެ މަސައްކަތް ކުރާ މުވައްޒަފުން ބައިވެރިވާނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން 50,000 ކަސްޓަމަރުންނަށް ވަނީ ރަޔަން އެއަރލައިންގެ 400 ފްލައިޓް އެކަމާއި ގުޅިގެން ކެންސަލްވާނެކަން އަންގާފައެވެ.

ރަޔަން އެއަރލައިން އިން ބުނަމުން ގެންދަނީ މުވައްޒަފުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށްޓަކައި އެ އެއަރލައިން އިން ވަރަށް މަސައްކަތް ކުރި ކަމަށެވެ.

ޑަޓްޗް ކޯޓުން ވަނީ ރަޔަން އެއަރލައިންގެ ފަރާތުން ހުށަހެޅި މައްސަލައެއް ބުރާސްފަތި ދުވަހު ބަލައިނުގެންފައެވެ. އެ ކޯޓަށް ހުށަހަޅަން އުޅުނު މައްސަލައިގައި ރަޔަން އެއަރލައިންގެ ފަރާތުން އެދެފައިވަނީ ނެދަލޭންޑްސްގައި މަސައްކަތް ކުރާ ޕައިލެޓުން މުޒާހަރާގައި ބައިވެރިވުން ހުއްޓުވުމަށް އެދިފައެވެ.

ރަޔަން އެއަރލައިންގެ ފަރާތުން އިތުރަށް ބުނީ މިހާރު ވެސް މުވައްޒަފުންނަށް ރަނގަޅު މުސާރައެއް ލިބޭ ކަމަށާއި ކޮންމެ މަހަކު 14 ދުވަސް އޮފް ޑޭގެ ގޮތުގައި މުވައްޒަފުންނަށް ލިބޭ ކަމަށެވެ.

އެ އެއަރލައިންގެ މުވައްޒަފުން މުޒާހަރާ ކުރާތާ ދެ މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް