25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ޔުނައިޓެޑް ނޭޝަންސް

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

  • އެމެރިކާ އިން ދޭ އެހީ މަދު ކުރުމުގެ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވާނެ
ރުޝްދާ ރަޝީދު | rushdhar

| 26 ޖެނުއަރީ 2017 | ބުރާސްފަތި 14:22 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


އދ. ގެ ބައްދަލުވުމެއްގެ ތެރެއިން -- ގޫގުލް

އެމެރިކާ އިން އދ. ފަދަ ޖަމާއަތްތަކަށް ހަރަދުކުރާ މިންވަރު ކުޑަކުރުމަށް އަމުރެއް ނެރުމަށް ނިންމާފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ހާމަކޮށްފި އެވެ.

 

ޓްރަމްޕް ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ "އޯޑިޓިންގ އެންޑް ރެޑިއުސިންގ ޔޫއެސް ފަންޑިންގ އޮފް އިންޓަނޭޝަނަލް އޮގަނައިޒޭޝަންސް" ގެ ނަމުގައި އެކުލަވާލާފައިވާ އަމުރުގެ ދަށުން، ވަކި ގިންތިތަކަށް ނުފެތޭ ޖަމާއަތްތަކަށާއި މަޝްރޫއުތަކަށް ދޭ ފައިސާގެ އަދަދު މަދުކުރެވޭނެ ކަމަށެވެ. މީގެ ތެރޭގައި މޫސުމީ ބަދަލުތަކާ ބެހޭ ގޮތުން އެކުލަވާލާފައިވާ ގަރާރުތައް ވެސް ހިމެނެ އެވެ.

 

މި އަމުރުގައި ހާއްސަ ގޮތެއްގައި ފަލަސްތީނު ފާހަގަކޮށްފައި ވެއެވެ. އެގޮތުން، ފަލަސްތީނުގެ މިނިވަން ކަމަށް ވަކާލާތުކުރާ ނުވަތަ އެކަމަށް ތާއީދުކުރާ ޖަމާއަތްތަކަށް ފައިސާ ދިނުން ހުއްޓޭނެ އެވެ. މި ލިސްޓްގައި ޕަލެސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)، އިރާނާއި ނޯތު ކޮރެއާ ބަލައިގަންނަ ޖަމާއަތްތައް ވެސް ހިމަނާފައި ވެއެވެ.

 

އދ. ގެ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު، ޕޮޕިއުލޭޝަން ފަންޑް އަދި ޕީސްކީޕިންގ ފޯސް މި އަމުރުގައި ހިމަނާފައިވާ އިރު، މި އިދާރާތަކަށް ހަރަދުކުރާ ފައިސާގެ މިންވަރު 40 އިންސައްތަ ކުޑަކުރެވޭނެ އެވެ. މި ނިންމުމުގެ ސަބަބުން، އދ. އިން 16 ގައުމެއްގައި ހިންގާ ސަލާމަތީ އޮޕަރޭޝަންތަކަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ އެވެ.

 

ޓްރަމްޕް ވަނީ އދ. އަކީ މީހުން މަޖާކޮށްލުމަށްދާ ކްލަބެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް