18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ރާއްޖެ ޓީވީ

ރާއްޖެ ޓީވީއަކީ ހިތްވަރުގަދަ ޓީމެއް އެކުލެވޭ ސްޓޭޝަނެއް، ރައްޔިތުން ތިބީ ރާއްޖެޓީވީއާ އެކު: އައިޝާ

  • ރާއްޖެ ޓީވީ ޖޫރިމަނާކުރި ކުރުމާ މެދު ވަރަށް ހިތާމަ ކުރައްވާ ކަމަށް ވިދާޅުވި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 10 އޯގަސްޓު 2018 | ހުކުރު 11:56 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  3. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  4. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  8. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް


ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ -- ފޮޓޯ: މުހައްމަދު ޝަރުހާން

ރާއްޖެ ޓީވީއަކީ ވަރަށް ހިތްވަރުގަދަ ޓީމެއް އެކުލެވޭ ސްޓޭޝަނެއް ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޖޭޕީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯއްދެވުމަށް އައިޝާ އިސްވެ ހުންނަވައި އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގަތުމުގެ ކުރިން ރާއްޖެ ޓީވީއާ ވާހަކަ ދައްކަވަމުން އައިޝާ ވިދާޅުވީ ބްރޯޑް ކާސްޓިން ކޮމިޝަނުން ދެ މިލިއަން ރުފިޔާ އިން ރާއްޖެ ޓީވީ ޖޫރިމަނާކުރި ކުރުމާ މެދު ވަރަށް ހިތާމަ ކުރައްވާ ކަމަށެވެ.ހުރިހާ ރައްޔިތުން ވެސް ތިބީ ރާއްޖެ ޓީވީއާ އެކުގައި ކަމަށް އައިޝާ ވިދާޅުވިއެވެ. 

ބުދަ ދުވަހު ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ހަތަރު ވަނަ ފަހަރަށް ޖޫރިމަނާ ކޮށްފައިވަނީ އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދުންނެވެ. ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރީ، މިއަހަރުގެ މާޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުންދިޔަ މުޒާހަރާ ރާއްޖެ ޓީވީން ގެނެސްދެމުން ދިޔައިރު މީހަކު ދެއްކި ވާހަކައަކާ ގުޅިގެންނެވެ.

އެ މީހާ ދެއްކި ވާހަކަ އިން ގައުމީ ސަލާމަތަށް ނުރައްކާވި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނާއިރު، ގައުމީ ސަލާމަތުގެ ކަންކަން ބެލެހެއްޓުމަށް ގާނޫނުން މަތިކޮށް އެކަމުގެ ވާޖިބު ހަވާލު ކޮށްފައިވާ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ވެސް ނެތް ކަން ރާއްޖެޓީވީން ވަނީ ފާހަގަކޮށްފައިއެވެ. އޭގެއިތުރުން އެކަމުގެ މައްސަލައެއް ވެސް ބަލާފައެއް ނެތްކަން ވެސް ސްޓޭޝަނުން ފާހަގަކޮށްފައި ވެއެވެ. އެ ވާހަކަ ދެއްކި މީހާއާ ސުވާލެއް ވެސް ނުކުރެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ހަތަރުވަނަ ފަހަރަށް ކުރި ޖޫރިމަނާ ދެއްކުމަށް ފައިސާ ހޯދުމުގެ ގޮތުން ހުކުރު ދުވަހު ހަވީރު 15:45 ގައި އަބުރުފުޅު ފަންޑު ހުޅުވުމަށް ވަނީ ނިންމާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Name

1 ހަފްތާކުރިން

If aishaa madam says so, then we're with raajje tv. Much love aisha madam ❤

1
1