18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ރިޔާސީ އިންތިހާބު 2018

މައުލުމާތު ސައްހަ ނުވާތީ އަމިއްލަ ގޮތުން ކުރިމަތިލެއްވި ހުސައިންގެ ކެންޑިޑެސީ ބަލައެއް ނުގަތް!

  • އީސީން އެކަން ހާމަކުރީ މިއަދު
  • ރިޔާސި އިންތިހާބަށް ކުރިމަތިލެއްވުމުގެ ފުރުސަތ މިއަދު ހަވީރު 4:00 އަށް ހަމަވާނެ
ޙުސައިން ޙަސަން | hucenhassan

| 10 އޯގަސްޓު 2018 | ހުކުރު 11:44 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  3. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  4. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  8. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް


އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ހުށަހެޅުއްވި ހުސައިން ނަސީރު -- ފޮޓޯ: ރާއްޖެ އެމްވީ

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ހުށަހެޅުއްވި ހުސައިން ނަސީރު އިލެކްޝަންސްް ކޮމިޝަނަށް ހުށަހެޅި ފޯމުގެ މައުލުމާތު ސައްހަނުވުމުގެ ސަބަބުން އޭނާގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

 

އީސީން ބުނި ގޮތުގައި އަމިއްލަ ގޮތުން ކުރިމަތިލެއްވި މާލެ ދަފްތަރު ހުސައިން ނަސީރުގެ ފޯމުގެ މައުލޫމާތު ސައްހަ ނުވުމުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެއްވުމަށް އޭނާ ހުށަހެޅުއްވި ހުށަހެޅުން ގަބޫލުނުކުރަން ނިންމައި، އޭނާއަށް އެކަން އަންގާފައިވާ ކަމަށެވެ. އޭނާ ހުށަހެޅުއްވި ފޯމުގައި ސައްހަ ނުވަނީ ކޮން މައުލުމާތެއް ކަމެއް އީސީއަކުން ހާމައެއް ނުކުރެއެވެ.

އިންތިހާބަށް ކުރިމަތިލުމަށް މިދިޔަ ބުދަ ދުވަހު ހުސައިން ކެންޑިޑެސީ ހުށަހެޅުއްވީ 1،800 މީހުންގެ ސޮޔާ އެކުއެވެ. ހުސައިންގެ ރަނިންގ މޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ޝެއިޚް ނަސްރުﷲ މުސްތަފާއެވެ. އޮރިޔާންކާޑް ގެންގުޅުމާއި އުފެއްދުމުގެ ދައުވާ ނަސްރުﷲގެ މައްޗަށް އުފުލައި ޝަރީއަތް ފަށާފައިވާ އިރު އޮޅިވާލައިގެން ބަޔަކު ހައްޖަށް ގެންދިއުމަށް ފައިސާ ނެގި މައްސަލައެއްގައި ހައްޔަރުކޮށް އެނގިހުރެ ސައްހަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލިއެވެ. 

ނަސްރުﷲގެ މައްޗަށް މި ދެ ދައުވާކުރިއިރު، މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އޭނާގެ މައްޗަށް އިތުރު ހަތަރު ދައުވާއެއްކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.

އެގޮތުން، އަނބިމީހާއަށް އަޅާނުލާ ކަމަށް ބުނެ އަޅާނުލުމުގެ ދައުވާ އާއި، ދަރިންނަށް އަޅާނުލާ ކަމަށް ބުނެ އަޅާނުލުމުގެ ދައުވާ އާއި، ކައިވެނި ރަޖިސްޓްރީ ކޮށްފައިނުވާ ކަމަށް ބުނެ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވެއެވެ.

އިންތިހާބާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާތާ ގިނަވެގެން 48 ގަޑިއިރު ނުވަތަ ދެ ދުވަހުގެ ތެރޭގައި އެކަން ގަބޫލުކުރިކަން ނުވަތަ ނޫންކަން އެ މީހަކަށް އަންގަންޖެހޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމީ ނިންމުމެއް، ފަސް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ނުވަތަ ހައި ކޯޓަށް ހުށަހެޅިދާނެ ކަމާށާއި އެއިން ކޯޓަކަށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ ހަތް ދުވަހުގެ ތެރޭގައި އެކަން ނިންމަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އަށެވެ.

ނަސްރުއްﷲގެ އިތުރުން މިހާތަނަށް އިންތިހާބަށް ކުރިމަތިލައްވާފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީޕީއެމްގެ ފަރާތުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއެވެ. ރައީސް ޔާމީން ބުރާސްފަތި ދުވަހު ފޯމް ހުށަހެޅުއްވި އިރު މިހާތަނަށް ކެންޑިޑެސީ ބަލައިގަތްކަން އިލެކްޝަނުން ހާމަކޮށްފައެއް ނުވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަސޮކު

1 ހަފްތާކުރިން

ފޮޓޯވެސް އިނީ އެޑިޓްކޮށްފަ! ފޭކް ވޯލް ޕޭޕާއެއް. ފޮޓޯޝޮޕްއިން ފްރޭމްވެސް ލާފަ އިނީ!! އެހެންވީމާ ސޮއިތައްވެސް ވާނީ ފޯޖްކޮށްފަ ކަމަށް ބެލެވެނީ!! ހާދަހާ ފޭކުވީމައޭ!!!

0
0