18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ރިޔާސީ އިންތިހާބު 2018

ގުޅިފައިވާ ޕާޓީތަކުގެ ބޮޑު ޖަލްސާ ބާއްވަން ދަރުބާރުގެ ދޭން ނިންމައިފި

  • ޕާޓީތަކުން އެދުނީ ކާނިވާ ސަރަހައްދު ދިނުމަށް
  • ކާނިވާ ސަރަހައްދު ދޫނުކުރީ ތާރު އެޅުމުގެ މަސައްކަތް ކުރާތީ
  • ޖަލްސާ ބާއްވާނެ ތާރީހެއް ހާމައެއް ނުކުރޭ
ޙުސައިން ޙަސަން | hucenhassan

| 10 އޯގަސްޓު 2018 | ހުކުރު 10:57 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  3. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  4. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  8. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް


ގުޅިފައިވާ ޕާޓީތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަރުހާން

ގުޅިފައިވާ ޕާޓީތަކުގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ދަރުބާރުގެ ރަންނަބަނޑޭރި މާލަން އެމްޑީޕީއަށް ދޭން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން، އެމްޑީޕީން ހައުސިން މިނިސްޓްރީގައި އެދުނީ މާލޭގެ ކާނިވާ ސަރަހައްދުގައި ދިނުމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ބުނީ ކާނިވާ ސަރަހައްދު ދޫކުރެވެން ނެތް ކަމަށާއި އެތަނުގައި ޖަލްސާ ބާއްވަން ހުއްދަ ދީފި ނަމަ، އެ ސަރަހައްދުގެ ބޭރު މަގުގައި ތާރު އެޅުމުގެ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށެވެ.

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއް ބޭއްވުމަށް ހައުސިން މިނިސްޓްރީން ހުއްދަ ދިންއިރު، މިއީ ފަހުގެ ތާރީހެއްގައި އިދިކޮޅު ޕާޓީތަކަށް އެފަދަ ހަރަކާތެއް ބޭއްވުމަށް ސަރުކާރުން ތަނެއް ހަމަޖައްސައިދިން ފުރަތަމަ ފަހަރެވެ.

އިދިކޮޅު ބޮޑު ޖަލްސާ ބޭއްވުމަށް ދަރުބާރުގެ އެމްޑީޕީއަށް ދީފައިވާ ކަން، އެ ޕާޓީއަށް ވެސް ހައުސިން މިނިސްޓްރީން ވަނީ އަންގާފައެވެ. ޖަލްސާ ބޭއްވުމަށް ހުއްދަ ދިން އިރު، ރިޔާސީ ކެންޑިޑޭޓުންނަށް ދައުލަތުގެ ހަރަދުގައި ސަލާމަތާއި ރައްކާތެރިކަމާއި ދައުލަތުގެ ވަސީލަތްތަކާއި މަގުތަކާއި އާންމު ތަންތަނާއި ދައުލަތުގެ އިމާރާތްތަކާއި ބިންތައް ދިނުމަށް ބަންޑާރަ ނައިބު ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގަވާފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ދަރުބާރުގެ ދީފައިވާއިރު، އެ ޖަލްސާ ބާއްވާނެ ތާރީހެއް ޕާޓީތަކުން އިއުލާނެއް ނުކުރެއެވެ.

އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ހިންގުމަށް ތަންތަން ދޫނުކުރި ނަމަވެސް ޕީޕީއެމްގެ ޖަލްސާތަކާއި ހަރަކާތްތައް ހިންގުމަށް ދަރުބާރުގެ އާއި ކާނިވާ ސަރަހައްދު މީގެ ކުރިން ވެސް ދިޔައީ ބޭނުންކުރަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް