21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ސައުދީގެ ހަމަލާ

ސައުދީ ކޯލިޝަން ހަމަލާގައި 29 ކުޑަކުދިން މަރު!

  • އަރަބި ކޯލިޝަނުން ކުޑަކުދިންނަށް ދިން ވައިގެ ހަމަލާ އެތަށް ބަޔަކު ދަނީ ކުށްވެރިކުރަމުން
  • އަރަބި ކޯލިޝަނުން ދަނީ ކުޑަކުދިންނަށް ދިން ވައިގެ ހަމަލާ ދިފާއު ކުރަމުން
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 10 އޯގަސްޓު 2018 | ހުކުރު 04:56 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ތޮއްޑޫގައި ފުރަތަމަ ފަހަރަށް މޫނު ބުރުގާ އެޅި މީހަކަށް ވަޒީފާ ހަމަޖައްސައިދީފި
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


ކުޑަކުދިންތަކެއް ގޮވައިގެން ދަތުރުކުރި ބަހަކަށް ސައުދީ ކޯލިޝަނުން ދިން ވައިގެ ހަމަލާގައި ޒަޚަމްވި ކުއްޖެއް -- ފޭސްބުކް

ހޫޘީންގެ ބާރުގެ ދަށުގައިވާ ސަރަހައްދަކުން ކުޑަކުދިންތަކެއް ގޮވައިގެން ދަތުރުކުރި ބަހަކަށް ސައުދީ ކޯލިޝަނުން ދިން ވައިގެ ހަމަލާގައި 29 ކުޑަކުއްޖަކު މަރުވެފައިވާ ކަމަށް ރެޑް ކްރޮސްއިން ބުނެފިއެވެ.

ޔަމަނުގެ އުތުރުގެ ސާދާ ޕްރޮވިންސްގެ މާރުކޭޓެއް ކައިރިން ހަމަލާ އެރި، އެ ބަސް ދަތުރުކޮށްފައި ދިޔައީ ޕިކްނިކެއް ނިންމާލުމަށް ފަހު ކުދިން ގޮވައިގެން ސްކޫލަށް ކަމަށް ސޭވް ދަ ޗިލްޑްރަން އިން ބުނެއެވެ. . ބަހަށް ވައިގެ ހަމަލާ ދިނީ މާރުކޭޓްގެ ކައިރީގައި ބަސް މަޑުކޮށްގެން ލުއި ބުއިމެއް ގަތުމަށް ޑްރައިވަރު ފިހާރަ އަށް ވަތް ވަގުތު ކަމަށް ވެއެވެ. ބަހުގައި ތިބީ 15 އަހަރުން ދަށުގެ ކުދިންނެވެ.

އަރަބި ކޯލިޝަނުން ދިން ވައިގެ މި ހަމަލާ، ޔުނިސެފުން ވަނީ ކުށްވެރި ކޮށްފައެވެ. ކުޑަކުދިންނާ ދެކޮޅަށް ހިންގާ މިފަދަ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށާއި، ހަނގުރާމައިގެ ވަގުތުތަކުގައި ވެސް ކުޑަ ކުދީންނަށް ރައްކާތެރިކަން ދޭން ޖެހޭ ކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ. އެއާ އެކު ރެޑް ކޮރޮސްއިން ވެސް ވަނީ ކުދަކުދިންގެ ހައްގަކީ ކޮންމެ ފަދަ ހާލަތެއްގައި ވެސް ރައްކާތެރިކަން ފޯރު ކޮށްދޭން ޖެހޭނެ ކަމެއް ކަމަށް ބުނެފައެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ރެޑްކްރޮސްއިން ބުނީ ހެނދުނުގަޑީގައި ދިން އެ ވައިގެ ހަމަލާގައި ޖުމްލަ 50 މީހުން މަރުވެ 77 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ވެސް ރެޑްކްރޮސްއިން ބުނެއެވެ.

ޔޫއޭއީ އާއި ސައުދީ ހިމެނޭ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ. ސައުދީ ކޯލިޝަނުން ބުނީ ހޫޘީން ދަނީ ކުޑަކުދިން އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރަމުން ކަމަށެވެ. އަދި އެ ބަޔާނުގައި ބުނެފައި ވަނީ ސައުދީ ކޯލިޝަނުން ހަމަލާ ދިން ބަސް ދަތުރު ކޮށްފައި ދިޔަ ސަރަހައްދަކީ ހޫޘީންގެ ސަރަހައްދެއް ކަމަށާއި އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް