18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

އެމްޑީޕީއަށް ހަމަލާ ދިނުން

އައްޑޫ ސިޓީ މަރަދޫގެ އެމްޑީޕީ އޮފީހަށް ހަމަލާދީ، ދެެ ލައްކަ ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ދީފި

  • ހަމަލާ ދީފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 10 އޯގަސްޓު 2018 | ހުކުރު 00:36 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  3. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  4. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  8. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް


އައްޑޫ ސިޓީ މަރަދޫގެ އެމްޑީޕީ އޮފީހަށް ހަމަލާދީ، ދެެ ލައްކަ ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ދީފި -- ޓްވިޓަރ

އައްޑޫ ސިޓީ މަރަދޫގައި ހުންނަ އެމްޑީޕީ އޮފީހަށް ތޫނު ހަތިޔާރާ އެކު ބަޔަކު ވަދެ ތަނަށާއި މުދަލަށް ގެއްލުން ދީފިއެވެ.

އައްޑޫ ސިޓީގެ ކައުންސިލްގެ މެމްބަރަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ބަޔަކު ވަދެ، އޮފީހުގައި ތިބި ޒުވާނުންނަށް އެކިވަރުގެ އަނިޔާތައް ދީފައިވާ ކަމަށާއި އެތަނުން އެއް ޒުވާނެއްގެ ގައިގައި ދަނގަޑުބުރިން ތަޅައި މާރާމާރީ ހިންގާފައިވާ ކަމަށެވެ. އަދި މޫނު ނިވާކޮށްގެން ތިބި އެ މީހުން ވަނީ އޮފީހުގެ ސައުންޑް ސިސްޓަމާއި ހަރުމުދާތައް އެއްކޮށް ސުންނާފަތި ކޮށްފައި ކަމަށާއި އެތަކެތީގެ އަގު ދެ ލައްކަ ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ދިހަ ވަރަކަށް މީހުން ވަދެ ދިން އެ ހަމަލާގައި މޫނު ނިވާނުކޮށް ހުރީ އެންމެ ތިން މީހުން ކަމަށް ވެސް އެ ކައުންސިލްގެ މެމްބަރު ވިދާޅުވިއެވެ. އަދި މޫނު ނިވާނުކޮށް ހުރި މީހުންނަކީ ކާކުކަން ބައެއް މީހުންނަށް ފާހަގަ ވެފައިވާ ކަމަށާއި އެ މީހުން ބުނާ ގޮތުން އެއީ ފޭދޫ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ އެހަމަލާގައި އޮފީހުގެ ބިއްލޫރިތައް ތަޅާލުމުން އޮފީހުގެ އެތެރޭގައި ތިބި ޒުވާނުންގެ ގަޔަށް ބިއްލޫރިކޮޅުތައް ހެރިފައިވާ ކަމަށް ކައުންސިލްގެ މެމްބަރު ވިދާޅުވެއެވެ.

ފަހަކަށް އައިސް އިދިކޮޅު ޕާޓީތަކުން ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ހިންގާ ކެމްޕެއިން ހަރަކާތްތަކަށް ހުރަސް އަޅައި ހަމަލާ ދީފައި ވެއެވެ. އެ ގޮތުން މީގެ ދުވަސްކޮޅެއް ކުރިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުމާލެ އަށް ވަޑައިގެންނެވުމުން ދެ ފަހަރެއްގެ މަތިން ބަޔަކު ވަނީ ހަމަލާ ދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް މިހާތަނަށް ވެސް އެ މައްސަލާގައި ފުލުހުން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މީގެ އިތުރުން ގުޅިފައިވާ ޕާޓީތަކުން ބޭނުންކުރާ ޕޯސްޓަރުތައް ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ނައްޓުވާލާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އާންމުވެފައި ވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ބާބު

1 ހަފްތާކުރިން

ތިތި ޕާޓީ މީހުން ކުރާ ކަމެއް ެ

0
0