18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ރިޔާސީ އިންތިޚާބު 2018

ފައިސަލް ކެމްޕެއިން ދަތުރުފުޅެއްގައި ޅ. އަތޮޅަށް

  • ޅ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 10 އޯގަސްޓު 2018 | ހުކުރު 00:03 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  3. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  4. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  8. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް


އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމާއި ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުން ޅ. އަތޮޅަށް ފުރާވަޑައިގަތުމުގެ ކުރިން ފޮޓޯއެއް ނަންގަވަނީ -- އެމްޑީޕީ

އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ކެމްޕެއިން ދަތުރުފުޅެއްގައި ޅ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.   

އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ޅ. އަތޮޅަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި ފައިސަލް ހުކުރު ދުވަހު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އޮޅުވެލި ފުއްޓަށެވެ. އަދި އެރަށުގައި ގަތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ފަރާތްތަކާ ބައްދަލުކުރައްވައި ކެމްޕެއިންގެ ކަންކަން ކުރިއަށް ދާގޮތް ބައްލަވާލައްވާނެއެވެ.

ހުކުރު މެންދުރު ފަހު ފައިސަލް ވަޑައިގަންނަވާނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫގެ އުފަން ޅ. ހިންނަވަރަށެވެ. އަދި އެރަށުގައި "ޔޫތު ޖަގަހަ" ހުޅުވައިދެއްވުމަށް ފަހު އެރަށުގައި ވެސް ގެތަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ފަހުން ހުކުރު ދުވަހުގެ ރޭ ކުރެންދޫ އަށް ވެސް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައިއެވެ.

ކުރެންދޫގައި ހުންނެވުމަށް ފަހު ހުކުރު ދުވަހު ދުވަހުގެ ރޭ އެނބުރި އަނެއްކާ ވެސް ހިންނަވަރަށް ވަޑައިގަތުމަށް ފަހު ނައިފަރަށް ވަޑައިގަންނަވާނީ ހޮނިހިރު ދުވަހުއެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް