19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ފަލަސްތީން

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

  • ފަަލަސްތީނަށް 221 މިލިއަން ޑޮލަރު ދިނުމަށް ފާސްކުރީ އޮބާމާ މަގާމުން ވަކިވެވަޑައިގަތުމުގެ ކުޑައިރުކޮޅެއްގެ ކުރިން
ރުޝްދާ ރަޝީދު | rushdhar

| 26 ޖެނުއަރީ 2017 | ބުރާސްފަތި 14:03 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ -- -- ގޫގުލް

 

ވެރިކަމުން ފައިބައިވަޑައިގަތުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ފަލަސްތީނަށް ދޫކުރި 221 މިލިއަން ޑޮލަރު ޓްރަމްޕްގެ ސަރުކާރުން ހިފަހައްޓާފައިވާ ކަމަށް ފަލަސްތީނު ސަރުކާރުގެ އިސް ފަރާތެއް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ސަރުކާރުގެ ނިންމުން ފަލަސްތީނުގެ ބޮޑު ވަޒީރު ރާމީ ހަމްދުﷲ އަށް މިހާރު އަންގާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ހުކުރުދުވަހު އޮބާމާ ނިންމެވި ނިންމެވުން އިތުރަށް ދިރާސާކުރަމުންދާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގާރަ ދުވަހު ވަނީ ހާމަކޮށްފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އޮބާމާގެ ނިންމެވުން ދިރާސާ ކުރުމަށްފަހު، އެއަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށެވެ.

އޮބާމާގެ ވެރިކަމުގެ ފަހު ވަގުތުކޮޅުގައި ފަލަސްތީނަށް ދޫކޮށްފައިވާ 221 މިލިއަން ޑޮލަރަކީ ހުޅަނގު އައްސޭރި އާއި ގާޒާގެ އިންސާނީ އެހީގެ ގޮތުގައި ބޭނުން ކުރުމަށް ދޫކުރި ފައިސާއެވެ. މި ފައިސާ ދޫކުރުމަށް އޮބަމާގެ ވެރިކަމުގައި މަސައްކަތްތަކެއް ކޮށްފައިވެއެވެ. މި ފައިސާ އަކީ ޔޫއެސް އޭޖެންސީ ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާއެވެ.

ފަލަސްތީނު ސަރުކާރުގެ އޮފިޝަލް ވިދާޅުވީ މި 221 މިލިއަން ޑޮލަރު ނުހިމަނާވެސް، މިދިޔަ އަހަރު އެމެރިކާ އިން 250 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 180 މިލިއަން ޑޮލަރަކީ ޔޫއެސްއެއިޑް އިން ލިބިފައިވާ ފައިސާ އެވެ. ފަލަސްތީނުގެ ހޮސްޕިޓަލްތަކުގެ މަރާމާތަށް 25 މިލިއަން ރުފިޔާ ދީފައިވާ އިރު، އިޒްރޭލުން ތެޔޮ ގަންނަން 45 މިލިއަން ޑޮލަރު އެމެރިކާ އިން ވަނީ ދޫކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް