16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޑޮނަލްޑް ޓްރަމްޕް

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

  • ބޯޑަރު ރައްކާތެރިކުރުމަކީ އިސްކަންދޭނެ އެއް ކަންތައް: ޓްރަމްޕް
ރުޝްދާ ރަޝީދު | rushdhar

| 26 ޖެނުއަރީ 2017 | ބުރާސްފަތި 13:57 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ޓްރަމްޕް އާއި އޭނާގެ އާއިލާގެ ބައެއް ބޭފުޅުން ވައިޓްހައުސްގައި -- -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ގަވާއިދާއި ހިލާފަށް އެމެރިކާއަށް އެތެރެވާ މީހުން ހުއްޓުވުމުގެ ގޮތުން އެމެރިކާ އާއި މެކްސިކޯގެ ދެމެދު ފާރެއް ރޭނުމުގެ މަސައްކަތަށް ބޭނުންވާ އަމުރުގައި އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއި ކުރައްވައިފި އެވެ.

 

އަމުރުގައި ސޮއިކުރެއްވުމަށް ފަހު، ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މިފާރުގެ ސަބަބުން ދެގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރެވޭނެ ކަމަށެވެ. ކޮންމެ ގައުމެއްގެ ބޯޑަރުތައް ހިމާޔަތް ކުރުމަކީ އެގައުމަށް ލިބިގެންވާ ހައްގެއް ކަމަށާއި މިއަދުން ފެށިގެން އެމެރިކާ ރައްޔިތުންނަށް އެ ހައްގުން އަލުން ލިބިގެންދާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

 

މެކްސިކޯއިން ގަވާއިދާ ހިލާފަށް އެތެރެވާ މީހުން ހުއްޓުވުމަށް ފާރެއް ގާއިމްކުރުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. ފާރު ބިނާ ކުރުމުގެ މަސައްކަތަށް އެމެރިކާ އިން ކުރާ ހަރަދުގެ ބަދަލު މެކްސިކޯ އިން ދޭން ޖެހޭނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

 

ފިލަޑެލްފިއާގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ޕޯލް ރަޔަން ބުދަ ދުވަހު ވިދާޅުވީ ފާރު ބިނާ ކުރުމަށްޓަކައި ހާއްސަ ބިލެއް އެކުލަވާލެވޭނެ ކަމަށެވެ. އަދި، ދެމަސް ދުވަހުގެ ތެރޭގައި ބިލުގެ މަސައްކަތް ނިމި، ފާސްވުމުން ފާރުގެ މަސައްކަތް ވަގުތުން ފެށޭނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

މިފަދަ ބިލަކަށް އަދި ވައިޓްހައުސް އިން އެދިފައެއް ނުވެ އެވެ.

 

ޓްރަމްޕް މި އަމުރުގައި ސޮއި ކުރެއްވުމާއި ގުޅިގެން، މެކްސިކޯގެ ރައީސް އެންރީކޭ ޕޭންޔާ ނިއޭޓޯ ވަނީ ސޯޝަލް މީޑިއާއަށް ވީޑިޔޯ ސްޓޭޓްމަންޓެއް އާންމު ކުރައްވާފަ އެވެ. މި ސްޓޭޓްމަންޓްގައި ޓްރަމްޕްގެ ނިންމުމާއި މެދު ހިތާމަކުރާ ކަމަށާއި މި ނިންމުމަކީ މެކްސިކޯ އިން ބަލައިގަންނާނޭ ނިންމުމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި، މެކްސިކޯއިން ފާރުގެ މަސައްކަތަށް އެއްވެސް ފައިސާއެއް ހަރަދެއް ނުކުރާނޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

 

މެކްސިކޯގެ ރައީސްގެ ބަޔާނުގައި އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެގައުމުގެ ރައީސުންގެ ބައްދަލުވުމާއި ބެހޭ ގޮތުން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް