26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރިޕޯޓް

ދޫފުޅުން ވިދާޅުވާ ބަސްތަކުން ލިބެނީ ހައިރާންކަން

  • މީހަކަށް ދޭހަނުވާ ގޮތަށް ވާހަކަ ދައްކަވާކަށް ނުޖެހޭ

| 9 އޯގަސްޓު 2018 | ބުރާސްފަތި 19:19 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ރައީސް ޔާމީން ޖަލްސާއެއްގައި -- ގޫގުލް

ހައިރާނުން ހައިރާނެވެ. އަންތަރީހުގެ މީޓަރު އަރާ ގޮސް އެހުރީ އަތުވާ ހިސާބަކު ނޫނެވެ. ދެކިބަލާށެވެ. މިގައުމުގެ ވެރިޔާގެ ދޫފުޅުން އެވިދާޅުވާ ބައެއް އެއްޗެހި އަޅުގަނޑުމެނަށް ފަހުމްވަނީކީ ނޫނެވެ. އެއީ ދެރަކަމެކެވެ. 

ޖަލުގައި އޮންނެވި ކުރީގެ ނައިބު ރައީސް ޖަލުގައި އޮންނަވައިގެން ނުވަތަ ޝަރީއަތުގެ މަޖިލީހުގައި ސަރުކާރަށް ނިސްބަތް ކުރައްވާ ވިދާޅުވާ ބައެއް ބަސްފުޅުތަކަށް މި ސްޓޭޝަނުން ސަރުކާރުގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނުގެ ބަހެއް ހޯދާލުމަށް ގުޅައެވެ. ގުޅާ ގިނަ ފަހަރުތަކުގައި ވިދާޅުވަނީ ޖަލުގައި ތިބޭ ގައިދީން ނުވަތަ ބަންދުގައި ތިބި މީހުންގ ބަޔާނަށް ނޫންނަމަ ވާހަކަތަކަށް ޖަވާބު ދެއްވަން ބޭނުން ނުވާ ކަމަށެވެ. 

މައްސަލައެއް ނެތެވެ. އަދީބު ވިދާޅުވާ އެއްޗަކަށް އޭރު ތަރުޖަމާނު ދެއްވާނެ ރައްދެއް ނެތެވެ. އަދި ރައީސް ވެސް ދައްކަވާނެ ވާހަކަފުޅެއް ނެތެވެ. އެއީ މާޒީ ކަމަށް އަޅުގަނޑު ގަބޫލުކޮށްފީމެވެ. 

އެހެން ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު އަދީބު ޖަލުގައި ހުންނެވިޔަސް އެމަނިކުފާނު ދައްކަވާ ވާހަކަފުޅަށް ރައްދުދޭން ސަރުކާރުން ބޭނުންވެއެވެ. ރައީސުލް ޖުމްހޫރިއްޔާވެސް އަދީބު އެވިދާޅުވާ ވާހަކަފުޅުތައް މީޑިއާ މެދުވެރިކޮށް އަޑުއައްސަވައެވެ. އަދި އެވާހަކަތަކަށް އެއްޗެއް ވިދާޅުވާން މިއަދު ބޭނުންފުޅުވަނީއެވެ. 

ދާދިފަހުން ގެއްލުވާލައިފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ނޫސްވެރިޔާ ރިލްވާނާ ގުޅޭގޮތުން އަދީބު ދެއްވައިފައިވާ މައުލޫމާތަކަށް ބިނާ ކޮށް ރައީސް މީހާ ދެއްކެވި ވާހަކަފުޅުން އަޅުގަނޑުމެންވީ ހައިރާނެވެ. އަދި ވިދާޅުވި ބަސްފުޅު ފަހުން ސަރުކާރުގެ ތަރުޖަމާނު އަޅުގަނޑުމެންނަށް ތަރުޖަމާ ކޮށްދެއްވިއެވެ. މީގެ އިތުރުން ރައީސް ވަނީ ރިލްވާނާ ގުޅޭގޮތުން އޭގެ ގަޑިިރުތަކެއް ކުރިން ދެއްކެވި ވާހަކަފުޅު އަލުން އެހެން ގޮތަކަށް ވެސް ވިދާޅުވެފައެވެ. ރަނގަޅެވެ. ރައްޔިތުންނާ ނޫސްވެރިން މިފަހަރު ދޭހަނުވީ ކަމަށް ވީތޯއްޗެކެވެ. 

އަޅުގަނޑުމެން މިވަގުތު ރައީސް ވިދާޅުވިހާ ގޮތެއްގެ ތަފްސީލު ލިޔެލިޔެފައި ކިޔައިދޭކަށް ގަސްދެއް ނުކުރަމެވެ. އެހެން ނަމަވެސް ރައްޔިތުންނަށް އެދުވަހު ރައީސް ދެއްކެވި ވާހަކަފުޅާ ވިދާޅުވި އެއްޗެއް މުޅިން ސާފުވެއްޖެއެވެ. 

ދަންނަވަންތޯއެވެ. ގައުމުގެ ރައީސް ކަމުގައި ހުންނަވައިގެން ތިޔަ ޒާތުގެ ސަމާސާ ދިވެހިރައްޔިތުންނާ ދެން ނުކުރައްވާށެވެ. ރައްޔިތުންނަށް ސާފުވާނެހެން ވިދާޅުވާ އެއްޗެއް ކުރުކޮށް ވިދާޅުވެފައި ނިންމަވާ ލެއްވިޔަސް މަނިކުފާނަށް ހުތުރު ބަހެއް ރައްދެއް ނުވާނެއެވެ. ދިގު ކުރައްވައި ފަށުވި ކުރައްވަންވާނީ ހަގީގަތުގައި ދޭހަވާ އެއްޗެއްގެ މާނަ އޮޅިގެންނުދާ މިންވަރަށް ކަމަށް ހެޔޮހިތުން ގަބޫލު ކުރައްވާށެވެ. އޮޅުނު އެއްޗެއް އޮޅުނީއެވެ. ހެދުނު ގޯހެއް ހެދި ނިމިގެން ދިޔައީއެވެ. 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް