21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ރީނދޫ ހުން

ރީނދޫ ހުމުން ރައްކާތެރިވުމަށް ބްރެޒިލްއިން 11.5 މިލިއަން ޑޯޒު ވެކްސިން އޯޑަރުކޮށްފި

  • މިހާތަނަށް ފެނުނު 70 ކޭސްގެ ތެރެއިން 40 މީހުން ވަނީ މަރުވެފައި
  • މިހާތަނަށް 5.5 މިލިއަން ޑޯޒު ވެކްސިން ވަނީ ފޯރުކޮށްދީފައި
އާލާ އިބުރާހިމް | aalu_aala

| 26 ޖެނުއަރީ 2017 | ބުރާސްފަތި 13:49 | |

މަގުބޫލް

  1. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


ރީނދޫ ހުން ފެތުރިފައިވާ ސަރަޙައްދުތަކަށް ދަތުރުކުރުމުގެ ކުރިން ވެކްސިން ޖެހުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރޭ -- ގޫގުލް

ޔެލޯ ފީވާ ނުވަތަ ރީނދޫ ހުމުން ރައްކާތެރިވުމަށް ބްރެޒިލްގެ ހެލްތު މިނިސްޓްރީއިން 11.5 މިލިއަން ޑޯޒު ވެކްސިން އޯޑަރުކޮށްފިއެވެ.

 

ބްރެޒިލްގައި ހަލުވިކަމާ އެކު ރީނދޫ ހުން ފެތުރެމުންދާއިރު، މިއީ 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެޤައުމުގައި މިބަލި މިހާ ނުރައްކާތެރި ފެންވަރަކަށް ފެތުރުނު ފުރަތަމަ ފަހަރެވެ. މިއަހަރުގެ މިހާތަނަށް ރީނދޫ ހުމުގެ 70 ކޭސް ފެންމަތިވެފައިވާއިރު، އޭގެ ތެރެއިން 40 މީހުން މަރުވެފައިވާ ކަން ވަނީ ކަށަވަރުވެފައެވެ. އެންމެ ހަލުވިކަމާ އެކު މިބަލި ފެތުރެމުންދަނީ ބްރެޒިލްގެ ރަށްފުށުގެ އަވަށްތަކުގައި ކަމަށްވާއިރު، މި ބަލިޖެހިފައިވާ ކަމަށް ލަފާކުރެވޭ 300 އަށްވުރެ ގިނަ މީހުންގެ ތަޙުލީލުތައް ހަދަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

 

ރީނދޫ ހުން ފެތުރިފައިވާ ޤައުމުތަކަށް ދަތުރުކުރުމުގެ ކުރިން ވެކްސިން ޖެހުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.

 

ރީނދޫ ހުމަކީ މަދިރީގެ ސަބަބުން ފެތުރޭ، ފުރާނައަށް ވެސް ނުރައްކާވާ ބައްޔެކެވެ. މަދިރިއެއް ހެފުމުން، އިންސާނާގެ ހަށިގަނޑަށް ފެތުރޭ ވައިރަސްއެއްގެ ސަބަބުން ޖެހޭ ރީނދޫ ހުމަކީ ބައެއް ފަހަރު ދެނެގަންނަން އުނދަގޫ ބައްޔަކަށްވާއިރު، ބަލީގެ ފުރަތަމަ މަރުޙަލާގައި ފަރުވާކުރެވިއްޖެ ނަމަ މިބަލިން މީހާ ސަލާމަތްވާނެ ކަމަށް ޞިއްޙީ މާހިރުން ލަފާދެއްވައެވެ. ރީނދޫ ހުމުގެ ޢަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުން، ގައިގައި ރިއްސުން، ކާހިތް ނުވުން، ބޯއެނބުރުމާއި ހޮޑުލެވުން އަދި ބޮލުގައި ރިއްސުން ހިމެނެއެވެ.

 

މިބަލީގެ ސަބަބުން އާދަޔާ ޚިލާފަށް ގަދައަށް ހުންއައިސް، ގައިގެ ހަންގަނޑާއި ލޮލުގެ ކަޅި ރީނދޫވުމުގެ އިތުރުން ކިޑްނީ ފެއިލްވާ ހިސާބަށް ދަނީ މިބަލި ޖެހޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 15 އިންސައްތަ މީހުން ކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން މިބަލީގެ އެންމެ ނުރައްކާތެރި މަރުޙަލާ ކަޑައްތުކުރަން ޖެހޭ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން 10 ނުވަތަ 14 ދުވަސް ތެރޭގައި މަރުވާ ކަމަށް ވެސް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ހާމަކުރެއެވެ.

 

ބްރެޒިލްގެ ގިނަ ހިސާބުތަކުގައި ރީނދޫ ހުމުގެ ބިރު އޮތްއިރު، ފާއިތުވި އަހަރުތަކުގައި ފެންމަތިވެފައިވަނީ މިބަލީގެ މަދު ކޭސްތަކެކެވެ. އެހެން ނަމަވެސް، މިހާރުގެ ޙާލަތުގެ ސަބަބުން ރީނދޫ ހުން ޖެހިގެން މަރުވާ މީހުންގެ ޢަދަދު އިތުރުވަމުންދާކަން ފާހަގަކޮށް ބްރެޒިލްގެ ބައެއް ސްޓޭޓްތަކުގައި 180 ދުވަސްވަންދެން ކުއްލި ޙާލަތު ވަނީ އިޢުލާންކޮށްފައެވެ.

 

ބްރެޒިލްގެ ފަސް ސްޓޭޓަކަށް މިހާތަނަށް ރީނދޫ ހުމުން ރައްކާތެރިވުމަށް ދޭ ވެކްސިންގެ 5.5 މިލިއަން ޑޯޒް ފޯރުކޮށްދީފައިވާއިރު، ބާކީ 6 މިލިއަން ޑޯޒް އަވަސް މުސްތަޤްބަލެއްގައި ފޯރުކޮށްދެވޭނެ ކަމަށް ޚަބަރުތައް ބުނެއެވެ.

 

ބްރެޒިލްގައި މިހާ ހަލުވިކަމާ އެކު ރީނދޫ ހުން ފެތުރެން ދިމާވި ސަބަބެއް އަދި މިހާތަަނަށް ސާފުވެފައެއް ނުވެއެވެ. ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގައި މަސައްކަތްކުރައްވާ، ބައިނަލް އަޤްވާމީ މުޖުތަމަޢުގެ ޞިއްޙަތާ ބެހޭ ޕްރޮފެސަރު ޖިމީ ވިޓްވޯތު ވިދާޅުވީ، މިއީ އާދަޔާ ޚިލާފު ކަމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް