24 ޖެނުއަރީ 2019 | ބުރާސްފަތި | 06 ހުވަން
18 ޖުމާދަލްއޫލާ 1440
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33

އިންޑޮނޭޝިއާ

އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގައި މަރުވި މީހުން އަދަދު 259 އަށް އަރައިފި

  • ބުރާސްފަތި ދުވަހު ވެސް ވަނީ ލޮމްބޮކް އަށް ބިންހެލުމެއް އައިސްފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 9 އޯގަސްޓު 2018 | ބުރާސްފަތި 16:09 | |

މަގުބޫލް

  1. 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
  2. އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
  3. މާކުރަތު އިންޖީނުގެއަށް ދޫކުރި 300 ވުރެ ގިނަ ލީޓަރުގެ ތެޔޮ ބޭރުވެއްޖެ
  4. މިއީ ތައުލީމީ މުއައްސަސާއެއް، ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވަން: މަންދު ކޮލެޖު
  5. ހަތަރު ލީޑަރުންގެ ބައްދަލުވުން މި މަހު ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ފަރާތެއް ނޭނގުނު!
  6. މަރުތައް ބަލާ ކޮމިޝަނުން ޕްރޮފެސަރ އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި
  7. ކޮން ޖަޒީރާ ރާއްޖެއްތޯ؟ ދިވެހިރާއްޖޭއެއް ނޫންތޯ ދިވެހިރާއްޖޭ އަކީ: ގާސިމް
  8. ޓެކްސްއަށް މަކަރު ހެދިކަމަށް ރޮނާލްޑޯ އެއްބަސްވެއްޖެ


އާދީއްތަ ދުވަހު އިންޑޮނީޝިއާގެ ލޮމްބޮކް އަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކެއް -- ބީބީސީ

އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ލޮމްބޮކް އަށް އާދީއްތަ ދުވަހު 6.9 މެގްނިޓިއުޑްގައި ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 259 މީހުންނަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

އިންޑޮނޭޝިއާގެ ޑިޒާސްޓާ މިޓިގޭޝަން އެޖެންސީ އާ ހަވާލާދީ ރޮއިޓާސް އިން ބުނީ މަރުވެފައިވާ 259 މީހުން އަދަދަކީ މިހާރު ކަށަވަރުވެފައިވާ އަދަދު ކަމަށާއި އެ އަދަދު ދާނީ އިތުރުވަމުން ކަމަށެވެ. 

ބިމާހަމަވެފަިއވާ އިމާރާތްތަކުގެ ދަށުންނާއި އަދިވެސް އެހެނިހެން ގޮތް ގޮތުން މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް މީހުން ހޯދުމުގެ މަަސައްކަތް ކުރާ ފަރާތްތަކުން ދަނީ ކުރަމުންނެވެ. ބިންހެލުމާ ގުޅިގެން ވަގުތީ ހިޔާތަކަށް އެތައްހާސް ބަޔަކު ބަދަލުކޮށްފައިވާއިރު، ބުދަ ދުވަހު އޮފިޝަލުން ބުނެފައިވަނީ އިތުރު ހިޔާތަކެއް މިހާރުވެސް ހަދަމުން ގެންދާ ކަމަށެވެ. 

ބިންހެލުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަަމަށް ރިޕޯޓުތައް ބުނާއިރު، ސީރިއަސް ޒަޚަމްތަކާއި ގުޅިގެން 2500 މީހުން ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ. އަދި 156000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓޫރިސްޓުން ޝައުގެވެރިވާ ލޮމްބޮކް އޮންނަނީ ޓޫރިސްޓް މަންޒިލެއް ކަމަށްވާ ބާލީގެ އިރުން 40 ވަރަކަށް ކިލޯމީޓަރު ދުރުގައެވެ.

ބާލީ އާއި ލޮމްބޮކްގެ އާބާދީ ގާތްގަނޑަކަށް ހަތަރު މިލިއަނަށް އަރާ އިރު، އަހަރެއްގެ ތެރޭގައި ދެ ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އެތައް މިލިއަނަކަށް އަރައެވެ.

އިންޑޮނީޝިއާގެ ލޮމްބޮކް އަށް ބުރާސްފަތި ދުވަހު ވެސް ވަނީ އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. ރާސްފަތި ދުވަހު އައި ބިންހެލުން އައިސްފައިވަނީ 6.2 މެގްނިޓިއުޑް ގައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް