17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

  • ކުރުމުއްދަތެއްގެ ތެރޭގައި މުބާރާތަށް ރަނގަޅަށް ތައްޔާރުވެވިއްޖެ: ނޭޕާލް އަންހެން ވޮލީ ޓީމުގެ ކޯޗު
  • މުބާރާތުގެ ހުރިހާ މެޗެއް ކާމިޔާބުކުރުމަށް 100 އިންސައްތަ މަސައްކަތްކުރާނެ: ނޭޕާލް އަންހެން ވޮލީ ޓީމުގެ ވައިސް ކެޕްޓަން
ލީވާން އަލީ | MrLeevaan

| 26 ޖެނުއަރީ 2017 | ބުރާސްފަތި 12:55 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި


ނޭޕާލް ގައުމީ އަންހެން ވޮލީ ޓީމު ރާއްޖެ އައުން -- ރާއްޖެއެމްވީ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރަން ނޭޕާލް ގައުމީ އަންހެން ވޮލީ ޓީމު ރާއްޖެ އަތުވެއްޖެއެވެ.

 

އީރާން ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މަރުހަބާ ދެންނެވީ ވޮލީބޯލް އެސޯސިއޭޝަންގެ އިސްވެރިންނާއި ކުޅިވަރާ ބެހޭ ވުޒާރާގެ އޮފިޝަލުންނެވެ.

 

މުބާރާތާ ބެހޭ ގޮތުން ނޭޕާލްގެ ކޯޗު ބުނީ ކުރު މުއްދަތެއްގެ ތެރޭގައި މުބާރާތަށް ރަނގަޅަށް ތައްޔާރުވެވިއްޖެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ މުބާރާތުގައި ނޭޕާލުން އިރާނާ ދެކޮޅަށް ކުޅޭއިރު، އެ ޓީމާ ބެހޭ ގޮތުން މާ ގިނަ މައުލޫމާތެއް އެނގިފައި ނެތް ކަމަށެވެ.

 

މުބާރާތާ ބެހޭ ގޮތުން ނޭޕާލް ޓީމުގެ ވައިސް ކެޕްޓަން މަންޖޫ ބުނީ މިއީ ނޭޕާލް މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަށާއި، ހުރިހާ މެޗެއް ކާމިޔާބުކުރުމަށް 100 އިންސައްތަ މަސައްކަތްކުރާނެ ކަމަށެވެ.

 

ރާއްޖޭގައި ކުރިޔަށްދާ މި މުބާރާތުގައި ވާދަކުރަނީ ނޭޕާލް، ދިވެހި ރާއްޖެ އަދި އީރާނެވެ. މި މުބާރާތަކީ 2018ވަނަ އަހަރު ވިމެންސް ވޯލްޑް ޗެންޕިއަންޝިޕްގައި ވާދަކުރާ އޭޝިއާ ސަރަހައްދުގެ ޓީމެއް ކަޑައެޅުމަށް ބާއްވާ ކޮލިފިކޭޝަން ބުރެވެ.
މިމުބާރާތުގައި މިމަހުގެ 27 ވަނަ ދުވަހު ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާއިރު، މިމަހުގެ 28 ވަނަ ދުވަހު ބައްދަލުކުރާނީ ނޭޕާލް އާއި އީރާނެވެ. އަދި މިމަހުގެ 29 ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި އީރާނެވެ.
 

މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒު އިންޑޯ ހޯލުގައެވެ. މިއީ ބައިނަލްއަގުވާމީ ވޮލީމުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށްލެވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް