18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ޒިމްބާބުވޭ

ޒިމްބާބުވޭގެ އިދޮކޮޅު އިސް ލީޑަރަަކަށް ޒެމްބިއާ އިން އެސައިލަމް ނުދިން

  • ޒިމްބާބުވޭގައި ދާދިފަހުން ބޭއްވުނު އާއްމު އިންތިޚާބަށް ފަހު ގައުމު ވަނީ ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 9 އޯގަސްޓު 2018 | ބުރާސްފަތި 13:43 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު
  8. އެމްޑީޕީގެ ޕްރައިމަރީ ހުކުރު ދުވަހު 14:30-20:30 އަށް


ޒިމްބާބުވޭގެ ރައީސް އެމެސަން ނަންގަގްވާ -- އޭއެފްޕީ

ޒިމްބާބުވޭގެ އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ އޮފިޝަލަކު އެގައުމު ދޫކޮށް ޒެމްބިއާ އަށް އެސައިލަމް ހޯދުމަށް ދިއުމުން ޒެމްބިއާ އިން އެ އޮފިޝަލަށް އެސައިލަމް ނުދިން ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

ޒިމްމްބާބުވޭގައި ޖުލައި 30 ވަނަ ދުވަހު އާއްމު އިންތިޚާބު ބާއްވާފައިވާއިރު، އެގައުމުގެ އިދިކޮޅު ފަރާތްތަކުން އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރެއެވެ. 

ޒިމްބާބުވޭގެ ކުރީގެ ފައިނޭންސް މިނިސްޓަރު ޓެންޑައި ބިޓީ އަދި އިދިކޮޅު "މޫވްމަންޓް ފޯ ޑިމޮކްރަޓިކް ޗޭންޖް (އެމް.ޑީ.ސީ)" ގެ އިސް އޮފިޝަލަކު ޒެމްބިއާ އިން އެސައިލަމަށް އެދުނީ ބުދަ ދުވަހު ކަމަށްވާއިރު، އޭނާގެ މައްޗަށް ޒެމްބިއާގެ އާއްމު އިންތިޚާބަށްފަހު ގައުމުގައި ހަމަނުޖެހުން އުފައްދަން އުޅުމުގެ ސަބަބުން ދައުވާ އުފިލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ "ހިއުމަން ރައިޓްސް ވޮޗް" ގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ "މޫވްމަންޓް ފޯ ޑިމޮކްރަޓިކް ޗޭންޖް (އެމް.ޑީ.ސީ)" ގެ އިސް އޮފިޝަލެއް ކަމަށްވާ ބިޓީ، ޒެމްބިއާ އިން ޑީޕޯޓުކޮށްލުމަށް ނިންމާފައިވާ ކަަަމަށެވެ. 

ޒިމްބާބުވޭގެ އާއްމު އިންތިޚާބަށް ފަހު ހިނގި ހަމަނުޖެހުންތަކުގައި އެގައުމުގެ ސިފައިން ވަނީ ބަޑި ޖަހާ ހަމީހަކު މަރާލާފައެވެ. ޒިމްބާބުގޭގައި ބޭއްވުނު އިންތިޚާބުގައި ވޯޓު އޮޅުވާލާ މަކަރު ހަދާފައިވާ ކަމަށް ބުނެ އިދިކޮޅު ޕާޓީއެއް ކަމަށްވާ، އެމް.ޑީ.ސީ އިން ބުދަ ދުވަހު ބުނެފައި ވަނީ، އެ ޕާޓީ އިން ކޯޓަށް ދާން ނިންމައިފައިވާ ކަމަށެވެ. ޒިމްބާބުވޭގެ ގާނޫނުތަކަށް ބަލާއިރު، އިންތިޚާބާ ބެހޭ ގޮތުން ކޯޓަށް މައްސަލަ ހުށަހަޅާ ނަމަ ސުންގަނޑިއަކީ މިއަންނަ ހުކުރު ދުވަހެވެ. އަދި ކޯޓުން މައްސަލަ ހުށަހަޅާތާ 14 ދުވަސްތެރޭ ގޮތެއް ނިންމަން ޖެހޭނެއެވެ. 

ޒިމްބާބުވޭގައި ރައީސަކު ހޮވުމަށާއި އަދި އެގައުއުމުގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް ޖުލައި 30 ގައި ބޭއްވި އިންތިޚާބު ކާމިޔާބު ކުރެވީ އެމެސަން ނަންގަގްވާ ވެއެވެ. އެގޮތުން ރައީސް ކަމަށް ބޭފުޅަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި މިހާރުގެ ރައީސް ނަންގަގްވާ ވޯޓުގެ 50.8 އިން ސައްތަ ހޯއްދެވިއެވެ. އެންމެ ގާތުން ވާދަކުރެއްވި ނެލްސަން ޗަމިސާ އަށް ލިބިވަޑައިގެންނެވީ 44.3 އިން ސައްތައެވެ. ގާނޫނު ހަދާ މަޖީލުގެ އިންތިޚާބުގައި ވެސް މެޖޯރިޓީ ހޯއްދެވީ ރައީސް ނަންގަގްވާގެ ޒާނޫ-ޕީއެފް ޕާޓީއެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް