23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ބީއެޗްއެމް ޓްރޭޑާސް

ބީއެޗްއެމްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

  • މި ފިހާރަ ހުޅުވާފައި ވަނީ ހުޅުމާލެ، ޖިލްބާބް ފިހަރާއާ ޖެހިގެން
  • މި ފިހާރައިން ހޯލްސޭލް އަދި ރީޓެއިލް ވެސް ކުރާނެ
  • އަގަކަށް އެއްވެސް ބަދަލެއް ނާންނާނެ
ރިޒުނާ ޒަރީރު | RiznaZareer

| 9 އޯގަސްޓު 2018 | ބުރާސްފަތި 11:42 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  5. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  6. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު


ބީއެޗްއެމްގެ ފިހާރަ ހުޅުވައިދެއްވީ މަސްއޫލުވެރިޔާ ހުސެއިން މޫސާ -- ރާއްޖެއެމްވީ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލްގެ ވިޔަފާރިކުރާ، ބީއެމްއެޗް ޓްރޭޑާސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުވައިދެއްވީ ބީއެޗްއެމްގެ މަސްއޫލުވެރިޔާ ހުސެއިން މޫސާއެވެ.

މިފިހާރަ އިން އެކުންފުނިން އެތެރެކުރާ ގިނަ އަދަދެއްގެ ބްރޭންޑްގެ ޕްރޮޑަކްޓްސްތައް ލިބޭނެ ކަމަށާއި އަދި މިވަގުތު ހޯލްސޭލް ކުރާނީ މަދު ބްރޭންޑެއް ކަމަށް ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ބީއެޗްއެމްގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ މައުމޫނު އިބްރާހިމް ވިދާޅުވިއެވެ.

މައުމޫނު ވިދާޅުވީ މިވަގުތު އެކަށީގެންވާ ވަރަށް ފިހާރައިގެ ޖާގަ ނެތުމުން އެކުންފުނިން ބޭނުންވާ ވަރަށް ޙިދުމަތް ފޯރުކޮށްނުދެވުނު ނަމަވެސް ކައިރި މުސްތަޤްބަލެއްގައި ބީއެޗްއެމްގެ ވިޔަފާރި އިތުރަށް ފުޅާކޮށް ހޯލްސޭލް ޙިދުމަތް ފުޅާދާއިރާއެއްގައި ލިބިގެންދާނެ ކަމަށެވެ.

އެ ކުންފުނިން ވިއްކާ އެއްވެސް ޕްރޮޑަކްޓެއްގެ އަގަކަށް ބަދަލެއް ނާންނާނެ ކަމަށާއި މާލެއިން ވިއްކާ އަގުތަކުގައި ހުޅުމާލެ ފިހާރައިން ވެސް ލިބޭނެ ކަމަށް މައުމޫނު ވިދާޅުވިއެވެ.

ބީއެޗްއެމްގެ ހުޅުމާލޭ ފިހާރަ

މި ފިހާރަ ހުޅުވާފައި ވަނީ ހުޅުމާލެ، ޖިލްބާބް ފިހާރަ އާއި ޖެހިގެންނެއެވެ.

ބީއެޗްއެމް އިން އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި ކޯސްޓް، ޔޭޔޭ، އަކްބަރު، މައި ބޭބީ، ޑަޗްލޭޑީ، އެކްސްއެލްގެ އިތުރުން ވެސް ގިނަ އުފެއްދުންތައް ހިމެނެއެވެ. އަދި ބީއެޗްއެމްއަކީ އެކުންފުނިން ވިއްކާ އުފެއްދުންތަކުން ގިނަ ޕްރޮމޯޝަންތަކެއް ކުރިއަށްގެންގޮސް އަގު ބޮޑެތި އިނާމްތަކެއް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭ ކުންފުންޏެވެ.

އެގޮތުން މިހާރު ވެސް އުމުރާ ދަތުރުތަކެއް ލިބޭ ކޯސްޓްގެ އަގުބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންދާއިރު ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގު ހުރި އިނާމް ވަނީ ހުށަހަޅާފައެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް