17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ލޮމްބޮކަށް އައި ބިންހެލުން

އިންޑޮނީޝިއާގެ ލޮމްބޮކަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

  • ބިންހެލުން އައިސްފައިވަނީ ބިމުގެ 12 ކިލޯމީޓަރު އަޑިން
  • ސުނާމީއެއް އުފެދުމުގެ ފުރުސަތު ނެތް
އަބުދުﷲ މުހައްމަދު | 8Abbo

| 9 އޯގަސްޓު 2018 | ބުރާސްފަތި 11:42 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ަލޮމްބޮކަށް މި މަސް ފެށުނު އިރު އައި ބިންހެލުމުގައި ލިބުނު ބައެއް ގެއްލުންތައް، ބުރާސްފަތި ދުވަހު އައި ބިންހެލުން އައިސްފައިވަނީ 6.2 މެގްނިޓިއުޑްގައި -- އާކައިވް

އިންޑޮނީޝިއާގެ ލޮމްބޮކްއަށް ބުރާސްފަތި ދުވަހު އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އައިސް އިމާރާތްތަކެއް ވެއްޓިއްޖެއެވެ.

ބުރާސްފަތި ދުވަހު އައި ބިންހެލުން އައިސްފައިވަނީ 6.2 މެގްނިޓިއުޑް ބާރުމިނުގައެވެ. މި ބިންހެލުން އައިސްފައި މިވަނީ އާދީއްތަ ދުވަހު 6.9 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއް އައިސް މަދުވެގެން 131 މީހުން މަރުވެ އެތައް ހާސް ގެއެއް ސުންނާފަތިވެ 156،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވަނިކޮށެވެ.

އިންޑޮނީޝިއާގެ ޖިއޮލޮޖިކަލް އޭޖެންސީން ބުނެފައިވަނީ ބިންހެލުން އައިސްފައިވަނީ ބިމުގެ ވަރަށް ތިލައިން ކަމަށެވެ. ބިންހެލުން އައިސްފައިވަނީ ލޮމްބޮކްގެ އިރުއުތުރުން ބިމުގެ 12 ކިލޯމީޓަރު އަޑިންނެވެ.

މި ބިން ހެލުމާއި ގުޅިގެން ސުނާމީއެއް އުފެދުމުގެ ފުރުސަތު ނެތްކަމަށް ޖިއޮލޮޖިކަލް އޭޖެންސީން ބުނެއެވެ.

މިއީ ދެ ހަފްތާއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ލޮމްބޮކަށް އައި ބާރުގަދަ ތިންވަނަ ބިންހެލުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް