23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

އީރާން-އެމެރިކާ

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅިޔަސް ތެލުގެ އެކްސްޕޯޓް ހުއްޓާނުލާނެކަމަށް ރޫހާނީ ވިދާޅުވެއްޖެ

  • އީރާނުންވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރާނެކަމުގެ އިންޒާރު ދީފައި
އަބުދުﷲ މުހައްމަދު | 8Abbo

| 9 އޯގަސްޓު 2018 | ބުރާސްފަތި 01:28 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  5. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  6. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު


އީރާނުގެ ރައީސް ހަސަން ރޫހާނީ(ކ)އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- އާކައިވް

އީރާނާއިމެދު އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް އިޔާދަކޮށް ތެޔޮ ޝިޕްމަންޓްތައް ބޭރުކުރުމަށް އެމެރިކާއިން ބިރުދައްކާފައި އޮތް ނަމަވެސް އީރާނުން ސާބިތުކަމާއިއެކު އޮންނާނެކަމަށް އެގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ އައިއާރްއައިއެންއެން،ގައި ބުދަ ދުވަހު ވާހަކަދައްކަވަމުން ރޫހާނީ ވިދާޅުވީ"އެމެރިކާއިން މި ކުޑަކުޑަ އާދައިގެ އަދި ނުކުރެވޭނެފަދަކަމެއް ސިކުނޑީގައި ބައިންދައިގެން އުޅޭނަމަ އޭގެ ނަތީޖާއާއި ކުރިމަތިލާން ޖެހޭނެކަން ދަންނަންވާނެ" ކަމަށެވެ.

 "އެމީހުން ވިސްނައިގެން ނުވާނެ އިރާނުން ތެޔޮ ބޭރުނުކޮށް ތިބޭނެކަމަށް އަދި އެހެން މީހުން އެކްސްޕޯޓް ކުރާނެކަމަށް"

އެމެރިކާއިން ކުރިމަތިލާން ޖެހޭނީ ކޮންކަހަލަ ކަންކަމަކާއިކަން ރޫހާނީ ވިދާޅެއް ނުވެއެވެ. ނަމަވެސް އެމެރިކާއިން އިރާނަށް ފިޔަވަޅު އަޅައިފިނަމަ، މެދުއިރުމައްޗަށް ދަތުރުކުރާ އާގު ބޯޓް ފަހަރު ދަތުރުކުރާ މައި މަގު ކަމަށްވާ ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރާނެކަމަށް އިރާނުގެ އޮފިޝަލުން ކުރިން އިންޒާރުދެއްވާފައިވެއެވެ.

އެމެރިކާއިން ވަނީ އެއީ އީރާނުން ބިރުދައްކަންވެގެން ދައްކާވާހަކައެއްކަމަށް ބުނެފައެވެ.

ރައީސް ރޫހާނީ ބުދަ ދުވަހުވަނީ އުތުރު ކޮރެއާގެ ޚާރިޖީ ވަޒީރު ރީ ޔޮންގ ހޯއާއި ތެހެރާނުގައި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައ ރޫހާނީ ވަނީ އެމެރިކާއަކީ ބަރޯސާ ނުވެވޭނެ އިތުބާރުނެތް އަދި އެއްވެސް އަހުދަކަށް އިހުތިރާމް ނުކުރާ ބައިވެރިއެއްކަމުގެ އިންޒާރު ދެއްވާފައެވެ.

ރީވެސް ވަނީ އީރާނާއިމެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެކަށީގެންނުވާ އަދި ބައިނަލްއަގްވާމީ މިންގަޑުތަކާއި ޚިލާފް ފިޔަވަޅުތަކެއްކަމަށް ވިދާޅުވެފައެވެ.

އުތުރު  ކޮރެއާއަކީ އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމުގެ ސަބަބުން އދ އާއި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިއޮންނަ ގައުމެކެވެ.

އެމެރިކާއިން އިރާނަށް އަންގާރަ ދުވަހުންފެށިގެން ފިޔަވަޅު އަޅާފައިވާ ދާއިރާ ތަކުގެ ތެރޭގައި، އީރާނު ސަރުކާރާއިއެކު އެމެރިކާ ޑޮލަރުގެ މުއާމަލާތްކުރުން،އިރާނުގެ ރަނާއި އެހެނިހެން މައުދަނުގެ ވިޔަފާރި،ގްރެފައިޓް،އެލުމެނިއަމް،ދަގަނޑު، ބޯޓުދެލި،ސޮފްޓްވެއަރ ބޭނުންކޮށްގެން ކުރެވޭ އިންޑަސްޓްރިއަލް ބޭނުންތައް،އީރާނުގެ ފައިސާ، ރިއާލް ބޭނުންކޮށްގެން ހިންގޭ ޓްރާންސެކްޝަންތައް، އީރާނުގެ ދަރަނީގެ މުއާމަލާތްތައް އަދި އިންޖީނު އުޅަނދު އުފެއްދުމުގެ އިންޑަސްޓްރީއެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދެވަނަ ބުރު ފެށޭނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ކަމަށް އެމެރިކާއިންވަނީ ބުނެފައެވެ.

އެމެރިކާއިން އީރާނަށް ފިޔަވަޅުއެޅިނަމަވެސް ޗައިނާއާއި، ތުރުކީއާއި، ރަޝިއާފަދަ ގައުމުތަކުން ވަނީ އެމެރިކާގެ ނިންމުމަށް ތަބާނުވާނެކަމަށާއި އީރާނާއިއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާނެކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް