18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ފިޓްޒޯން

ފިޓްޒޯން އިން 'ފިޓްމިކްސް' ކްލާސްތައް އާންމުންނަށް ހިލޭ ހުޅުވާލައިފި

  • މިއީ މުޅިން ހިލޭ ބައިވެރިވެވޭ ޕްރޮގްރާމެއް
  • މިހާރުވެސް ރަޖިސްޓަރ ކުރުމަށް ފުރުޞަތު ވަނީ ހުޅުވާލާފައި
  • ގުރޫޕް ފިޓްނަސް ޕްރޮގްރާމްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެމުންދޭ
ރިޒުނާ ޒަރީރު | RiznaZareer

| 8 އޯގަސްޓު 2018 | ބުދަ 22:18 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  3. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  4. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  8. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް


ފިޓްޒޯންގެ ފިޓްމިކްސް ޕްރޮގްރާމްގެ ތެރެއިން: އާންމުންނަށް ވަނީ ހިލޭ ބައިވެރިވާން ހުޅުވާލާފައި -- ފޮޓޯ: ރިޒުނާ ޒަރީރު

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖިމްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެންމެ ފުރަތަމަ ހުޅުވި ފިޓް ޒޯނުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން 'ފިޓްމިކްސް' ކްލާސްތައް އާންމުންނަށް ހިލޭ ހުޅުވާލައިފިއެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ފިޓްޒޯންގެ މެނޭޖިން ޕާޓްނަރ އަހްމަދު ރިޔާޒް ވިދާޅުވީ މިގޮތަށް އާންމުންނަށް ހިލޭ ބައިވެރިވެވޭ ގޮތަށް ޕްރޮގްރާމެއް ތަޢާރަފްކުރީ ބިޒީ ޝެޑިއުލްގައި މަސައްކަތްކުރާ ފަރާތްތަކަށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރު އެޅުމަށް ކަމަށެވެ. އަދި ފޯރުންތެރިކަން ނެތް ފަރާތްތަކަށް ވެސް ޓްރެއިނަރަކާ އެކީ ޖިމްގައި ކަސްރަތުކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ފިޓްމިކްސްއަކީ ފިޓްޒޯންގެ އަމިއްލަ އުފެއްދުމެއް ކަމަށާއި މިއީ ހިކެން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ ދުވަހުގެ އިރު އޮއްސި 6:30 އިން 7:30 އަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހަފްތާގެ ކޮންމެ ދުވަހަކު ވެސް ހުޅުވާލާފައިވާ ކަމަށާއި އެގޮތުން ފިޓްޒޯން ހޮޓްލައިން ނަންބަރ 3352030 ނުވަތަ ވައިބަރ ނަންބަރ 7613079 އަށް މެސެޖްކޮށްގެން ވެސް ބައިވެރިވެވޭނެއެވެ.

މީގެ އިތުރުން ފިޓްޒޯންއަކީ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންގެންދާ ތަނަކަށްވާއިރު ފިޓް ޒޯން އިން ކުރިއަށްގެންދާ ގުރޫޕު ފިޓްނަސް ޕްރޮގްރާމްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ގުރޫޕުގެ ފިޓްނަސްގެ ދަށުން ފިޓް ޒޯނުން ވަނީ ސްޓޫޑިއޯއެއް ވެސް ވަނީ ހުޅުވާފައެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ކްލާސްތައް ހިންގަމުން ގެންދާއިރު، ސްޓީލް ޕްރޮގްރާމާއި، ޒުންބާ ކުރިއަށް ގެންދެއެވެ. އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޒުންބާގެ ކްލާސްތައް ހެނދުނާއި ރޭގަނޑުގެ އެކި ގަޑިތަކުގައި ކުރިއަށްގެންދެއެވެ.

ސްޓީލް ކޮމްބެޓް، ސްޓީލް ޓޮނިކް، ސްޓީލް ޓްރެއިނިން ޕްރޮގްރާމް ހެނދުނާއި ރޭގަނޑުގެ އެކި ގަޑިތަކުގައި ކުރިއަށްގެންދާނެ ކަމަށާއި މިހާރު ވެސް ގިނަ ބައެއްގެ ތަރުހީބު މިކަމަށް ލިބެމުންދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މިޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ފިޓް ޒޯންގެ ސެޓިފައިޓް އިންސްޓްރަކްޓަރުން ތިބޭނެއެވެ. އަދި ވަރަށް އަވަހަށް އިތުރު ޕްރޮގްރާމްތަކެއް ތަޢާރަފްކުރުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިޓްޒޯންއަކީ 2014 ވަނަ އަހަރުގެ ޑިސެމްބަރ މަހު ހުޅުވި ޖިމެކެވެ. އަދި ދުޅަހެޔޮ ކަމަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވަރަށް މަޤްބޫލު ތަނަކަށް ވަނީ ވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Youth

1 ހަފްތާކުރިން

Saabas fitzone

3
0