15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޒިމްބާބުވޭ

ޒިމްބާބުވޭގެ އާއްމު އިންތިޚާބަށް ފަހު ހަމަޖެހުމެއް ނެތް، އެންމެ ފަހުން ކޯޓަށް!

  • އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ނަންގަގްވާ
  • އިންތިޚާބަށް ފަހު ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު ހަޔަކަށް އަރާ
އަހުމަދު އަނޫޝު | IamAhmedAnoosh

| 8 އޯގަސްޓު 2018 | ބުދަ 21:00 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ރައީސް ނަންގަގްވާ -- ގޫގުލް

ޒިމްބާބުވޭގައި އެތައް އަހަރެއް ވަންދެން ވެރިކަން ކުރެއްވި ރޮބާޓް މުގާބޭ ވެރިކަމުން ދުރުކުރެއްވުމަށް ފަހު ދެން ވަޑައިގެންނެވި ބޭފުޅަކީ އެމެސަން ނަންގަގްވާއެވެ. ޚުދުމުޚުތާރު ވެރިކަމަކުން ސަލާމަތްވެފައިވާ ޒިމްބާބުވޭ އަށް، ރައްޔިތުންގެ ވެރިކަމެއް ގާއިމު ކުރުމަށް އުންމީދު ކުރަމުން ގެންދާ ރައްޔިތުންނަށް ހިއްވަރާއި އުންމީދު ލިބިގެން ދިޔައެވެ. ނަންގަގްވާގެ ވެރިކަމަށް މަދު މަސްތަކެއް ވީފަހުން، ރައްޔިތުންނަށް އިންތިޚާބެއް ލިބުނެވެ. ޒިމްމްބާބުވޭގައި ޖުލައި 30 ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބަކީ ދިގު މުއްދަތެއް ވަންދެން ވެރިކަން ކުރެއްވި ރޮބާޓް މުގާބޭ މިދިޔަ އަހަރު ވެރިކަމުން ދުރުކުރި ފަހުން ބޭއްވި ފުރަތަމަ އިންތިޚާބެވެ. އެގައުމުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 5 މިލިއަނަށް ވުރެ ގިނަ މީހުން ތިބި އިރު ވޯޓު ލާފައި ވަނީ 70 ޕަސެންޓް މީހުންނެވެ.

ޒިމްބާބުވޭގައި ރައީސަކު ހޮވުމަށާއި އަދި އެގައުއުމުގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް ޖުލައި 30 ގައި ބޭއްވި އިންތިޚާބު ކާމިޔާބު ކުރެވީ އެމެސަން ނަންގަގްވާ ވެއެވެ. އެގޮތުން ރައީސް ކަމަށް ބޭފުޅަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި މިހާރުގެ ރައީސް ނަންގަގްވާ ވޯޓުގެ 50.8 އިން ސައްތަ ހޯއްދެވިއެވެ. އެންމެ ގާތުން ވާދަކުރެއްވި ނެލްސަން ޗަމިސާ އަށް ލިބިވަޑައިގެންނެވީ 44.3 އިން ސައްތައެވެ. ގާނޫނު ހަދާ މަޖީލުގެ އިންތިޚާބުގައި ވެސް މެޖޯރިޓީ ހޯއްދެވީ ރައީސް ނަންގަގްވާގެ ޒާނޫ-ޕީއެފް ޕާޓީއެވެ.

އާއްމު އިންތީޚަބަށް ފަހު ހިނގި ހަމަނުޖެހުންތަކުގައި ހަ މީހަކު މަރުވެފައިވާއިރު، މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާ އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ރައީސް އެމެސަން ނަންގަގްވާ އަށް ފޯނުން ގުޅުއްވައި ވިދާޅުވީ ޒިމްބާބުވޭގެ ސަލާމަތީ ޚިދުމަތްތަކުން ސުލްހަ އިސްކުރަން ޖެހޭ ކަމަށެވެ. ގުޓަރޭސް ވަނީ އިދިކޮޅު މައި ލީޑަރު ނެލްސަން ޗަމިސާ އަށް ވެސް ފޯނުން ގުޅުއްވާފައެވެ. އެގޮތުން "މަގުތަކަށް ނުނިކުމެ، ނަތީޖާއާ ޗެލެންޖު ކުރުމަށް ކޯޓަށް ވަޑައިގަތުމަށް" ގުޓަރޭސް، ޗަމިސާ އަށް ވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހުމުގެ ސަބަބުން މުޒާހަރާ ނިކުތް މީހުންގެ ގަޔަށް ސިފައިން ބަޑި ޖެހުމުގެ ސަބަބުން ހަ މީހަކު މަރުވެފައިވާ އިރު ހަމަނުޖެހުން ހިންގުމަށް ހިއްވަރުދިން ކަމުގެ ތުހުމަތުގައި މުޒާހަރާތަކުން ހައްޔަރު ކުރި އިދިކޮޅު އެމް.ޑީ.ސީ 27 ސަޕޯޓަރަކު ވަނީ ކަފާލާތުގެ ދަށުން އަންގާރަ ދުވަހު ދޫކޮށްލާފައެވެ. އީޔޫ، އެމެރިކާ، ކެނެޑާ އަދި ސްވިޓްޒަލޭންޑުން ވަނީ ސަލާމަތީ ޚިދުމަތްތަކުން ސުލްހަ އިސްކުރުމަށާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ގޮވާލާ ގުޅިފައިވާ ބަޔާނެއް ވެސް ނެރެފައެވެ.

ޒިމްބާބުގޭގައި ބޭއްވުނު އިންތިޚާބުގައި ވޯޓު އޮޅުވާލާ މަކަރު ހަދާފައިވާ ކަމަށް ބުނެ އިދިކޮޅު ޕާޓީއެއް ކަމަށްވާ، އެމްޑީސީ އިން ބުދަ ދުވަހު ބުނެފައި ވަނީ، އެ ޕާޓީ އިން ކޯޓަށް ދާން ނިންމައިފި ކަމަށެވެ. ޒިމްބާބުވޭގެ ގާނޫނުތަކަށް ބަލާއިރު، އިންތިޚާބާ ބެހޭ ގޮތުން ކޯޓަށް މައްސަލަ ހުށަހަޅާ ނަމަ ސުންގަނޑިއަކީ މިއަންނަ ހުކުރު ދުވަހެވެ. އަދި ކޯޓުން މައްސަލަ ހުށަހަޅާތާ 14 ދުވަސްތެރޭ ގޮތެއް ނިންމަން ޖެހޭނެއެވެ. ސުވާލަކީ ޒިމްބާބުވޭގެ އާއްމު އިންތިޚާބުގެ މައްސަލަ ކޯޓުން ހައްލުވެ ގައުމަށް ހަމަޖެހުން ލިބިދާނެތޯއެވެ. ވެރިކަން ކުރާ ޒާނު-ޕީއެފް ޕާޓީ އާއި ރައީސް ނަންގަގްވާ އާއި އަދި ގައުމުގެ އިންތިޚާބާ ބެހޭ ކޮމިޝަނުން ބުނަމުން ގެންދަނީ އިންތިޚާބުގައި އޮޅުވާލުމެއް ނެތް ކަމަށެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް