17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

އުރީދޫ

މައި އުރީދޫ އެޕްލިކޭޝަން ދިވެހި ބަހުން ތައާރަފުކޮށްފި

 • މި އެޕްލިކޭޝަންގެ ސަބަބުން ކަސްޓަމަރުންނަށް އިތުރަށް ލުއި ފަސޭހަ ވެގެންދާނެ
 • ގޫގުލް ޕްލޭ ސްޓޯރ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު އެޕް ޑައުންލޯޑް ކުރެވޭނެ
 • އެޕް ސްޓޯރ މެދުވެރިކޮށް އެޕް ލިބިގެންދާނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި
ސިމާހާ ނަސީމް | sim_kamana

| 8 އޯގަސްޓު 2018 | ބުދަ 18:38 | |

މަގުބޫލް

 1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
 2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
 3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
 4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
 5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
 6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
 7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
 8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


މައި އުރީދޫ އެޕްލިކޭޝަން ތައާރަފުކުރުމުގެ ތެރެއިން -- އުރީދޫ

އުރީދޫ މޯލްޑިވްސްގެ އެޕްލިކޭޝަން މައި އުރީދޫގެ ދިވެހި ބަހުން ބުދަ ދުވަހު ތައާރަފުކޮށްފިއެވެ.

ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި މި އެޕްލިކޭޝަން ތައާރަފުކޮށްދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަހުމަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ މި އެޕްލިކޭޝަންގެ ސަބަބުން ކަސްޓަމަރުންނަށް އިތުރަށް ލުއި ފަސޭހަ ވެގެންދާނެ ކަމަށާއި އެޕްލިކޭޝަނަށް އިތުރު އައު ހިދުމަތްތަކާއި ފީޗަރތައް އިތުރު ކުރާނެ ކަމަށެވެ.

ކޮންމެ ތާކު ހުރެގެން ކޮންމެ ވަގުތެއްގައިވެސް އަމިއްލައަށް ޚިދުމަތް ހޯދުމަށްޓަކައި އުރީދޫގެ ކަސްޓަމަރުން ބޭނުންކުރަމުންދާ މައި އުރީދޫ އެޕްގެ ދިވެހި ވާޝަން އެކުންފުނިން ތައާރަފްކުރީ، ދިވެހި ބަހުގެ އެކެޑެމީ އާއި ގުޅިގެންނެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އޫރީދޫ މޯލްޑިވްސް އިން ވަނީ ދިވެހި ބަހުގެ އެކަޑަމީއާ އެއްކޮށް ފަހުނާމާއެއްގައި ސޮއި ކޮށްފައެވެ.

މައި އުރީދޫ އެޕް ފަރުމާ ކުރެވިފައި ވަނީ، ކޮންމެތާކު ހުރެގެން، ކޮންމެ ގަޑިއެއްގައިވެސް އުރީދޫގެ ޚިދުމަތް ކަސްޓަމަރުންނަށް ހޯދޭނެ ގޮތަށެވެ. މި އެޕު މެދުވެރިކޮށް ލިބޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

    އެކައުންޓުގެ ބާކީ، ބޭނުން ކުރެވިފައިވާ މިންވަރު، އަދި ބިލުކުރެވިފައިވާ އަދަދު ހޯދުން

    އެޑް-އޯންތައް އަދި އެހެނިހެން ޚިދުމަތްތައް ޚިޔާރުކުރެއްވުން

    އުރީދޫގެ ބިލުތައް ބައްލަވައި، ބިލު ދެއްކުން

    ރާސްޓަސް މެދުވެރިކޮށް، ޕްރީޕެއިޑް އެކައުންޓަށް ފައިސާ އެޅުން

    ވެދުން ޕޮއިންޓްތައް ބައްލަވައި، ފައިދާހުރި ތަފާތު އެކި ކަންތައްތަކަށް ބޭނުންކުރެއްވުން

    މަގޭ ޕްލޭން މެދުވެރިކޮށް، އަމިއްލަފުޅަށް ބޭނުންވާ ޕްލޭން ފަރުމާކޮށް ބޭނުންކުރުން، އަދި އެހެން ކަސްޓަމަރުންނަށް ހަދިޔާކުރުން.

    ހިލޭ ގުޅޭ ނަމްބަރުތައް، އަދި ރީތި ޓިއުންސް ފަދަ ޚިދުމަތްތައް އެކްޓިވޭޓް ކުރެއްވުން.

    އުރީދޫ އިން ކުރިއަށްގެންދާ ޚާއްޞަ ޕްރޮމޯޝަންތަކާއި، އޮފަރތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުން

ތައާރަފްކުރެވިފައިވާ މައި އުރީދޫ އެޕް، ގޫގުލް ޕްލޭ ސްޓޯރ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު ޑައުންލޯޑް ކުރެވޭނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އައި.އޯ.އެސް ބޭނުންކުރައްވާ ކަސްޓަމަރުންނަށްވެސް އެޕް ސްޓޯރ މެދުވެރިކޮށް އެޕް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ޑިޖިޓަލް ދިވެހިރާއްޖެ އަކަށް އެއްބާރުލުންދީ، ދިވެހިބަހުން ބޭނުންކުރެވޭ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، އުރިދޫގެ ޕާޓްނަރުންނާއި ދިވެހި ޑިވަލޮޕަރުންނާއި އެކު އުރީދޫ އިން މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް