23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ވޮލީ ބޯލް

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

 • ރާއްޖެ އައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން: މަޖްދާ
 • ކޮލިފައިން ބުރުން އަނެއް ބުރަށް ކޮލިފައިވާނެ ކަމަށް އުންމީދު ކުރަން
 • އީރާންގެ ފަރާތުން ރީތި ވޮލީ އެއް ފެންނާނެ
ނާފިއު ރަޝީދު | NaphiuR

| 26 ޖެނުއަރީ 2017 | ބުރާސްފަތި 04:33 | |

މަގުބޫލް

 1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
 2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
 3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
 4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
 5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
 6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
 7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
 8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


އީރާން އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗު މަޖްދާ ސިސީ -- ރާއްޖެއެމްވީ

ރާއްޖެ އައީ ފަތުރުވެރިންގެ ހައިސިއްޔަތުން ނޫން ކަމަށާއި ބޭނުމަކީ ރާއްޖޭގައި ކުޅެން ހަމަޖެހިފައިވާ ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް ސެންޓްރަލް ޒޯން މުބާރާތުން ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށް އީރާން އަންހެން ވޮލީ ޓީމުގެ ކޯޗު މަޖްދާ ސިސީ ބުނެފި އެވެ. 

އަންނަ ހުކުރު ދުވަހު ފަށާ މިމުބާރާތުގައި ވާދަކުރަން ބުދަ ދުވަހު މެންދުރުފަހު މާލެ އައުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެމުން މަޖްދާ ބުނީ، ރާއްޖެ އައީ ފަތުރުވެރިންގެ ހައިސިއްޔަތުން ނޫން ކަމަށާއި މިމުބާރާތައް ޓީމް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

މަޖްދާ ބުނީ މި ކޮލިފައިން އަކީ ވަރަށް ސީރިއަސްކޮށް އީރާނުން ނަގާނެ މުބާރާތެއް ކަމަށާއި އެހެން ކަމުން މިއީ ވަރަށް މުހިންމު ކޮލިފިކޭޝަނެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

މަޖްދާ އިތުރަށް ބުނީ ނޭޕާލާއި ރާއްޖެ އަކީ ވެސް ވޮލީ އަށް މޮޅު ދެ ގައުމު ކަމަށާއި އެހެން ކަމުން ކޮލިފައިން ބުރު ފަހަނައަޅާ ދިއުމަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ހަމަ އެއާއެކު ރަނގަޅު ނަތީޖާއެއް ނެރުމަށް އީރާން ޓީމުން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް ވެސް މަޖްދާ ބުންޏެވެ.

އެޓީމުގެ އެސިސްޓެންޓް ކޯޗު ބުނީ ޓީމުގެ ފަރާތުން އެންމެން ބަލާ ހިތްވާފަދަ މޮޅުކުޅުމެއް މިފަހަރު ފެނިގެންދާނެ ކަމަށް އުންމީދު ކުރާކަމަށާއި މުބާރާތުގައި އިރާން ޓީމް ކުޅޭ ކޮންމެ މެޗަކީ ވަރަށް ރީތި ކުޅުމެއް ފެނިގެންދާނެ މެޗެއް ކަމަށެވެ.
މިމުބާރާތުގައި ވާދަކުރަން، މިއަދު މާލެ އައި އިރާންގެ އަހެން ވޮލީ ޓީމުގައި އޮފިޝަލުންނާއެކު 24 ކުޅުންތެރިން ހިމެނެއެވެ. އަދި އިރާން ޓީމަކީ މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ބުނާ އެއް ޓީމެވެ

2018 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވިމެން ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ސަރަހައްދުގެ ކޮލިފިކޭޝަން މެޗުތައް ރާއްޖޭގައި ކުރިއަށްދާނީ މިމަހުގެ 27 އިން 29 އަށެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ގައުމުތަކަކީ ރާއްޖޭގެ އިތުރުން ނޭޕާލް އާއި އީރާން އެވެ

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ރާއްޖެއާ ނޭޕާލް ބައްދަލުކުރަން ޖެހޭއިރު، މިމަހުގެ 28 ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއި އީރާން އެވެ. އަދި ފަހު މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި އީރާން އެވެ.
ދުނިޔޭގެ އަންހެން ވޮލީބޯޅަ ޗެމްޕިއަންޝިޕަށް ކޮލިފައިވާނީ ކޮންމެ ސަރަހައްދަކުންވެސް ކޮލިފައިން މުބާރާތުގެ އެންމެ މޮޅު ޓީމެވެ. މި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ މި ތިން ދުވަހުގެ ހަވީރު 5:00 ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. މިފަހަރު މުބާރާތް ބެލުމަށް ސަޕޯޓަރުން ވައްދާނީ ޓިކެޓް ވިއްކައިގެން ކަމަށް ވޮލީ އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް