18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ޓްރާންސްފާ މާކެޓް

ޔުނައިޓެޑަށް ފުރަގަސްދީ ވިޓްސެލް ޑޯޓްމަންޑަށް

  • ވިޓްސެލް ވަނީ 20 މިލިއަން ޔޫރޯއަށް ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވެފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 8 އޯގަސްޓު 2018 | ބުދަ 18:14 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  3. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  4. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  8. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް


ޑޯޓްމަންޑްގެ ޖާޒީގައި ވިޓްސެލް ފަރިތަކުރަނީ -- ގެޓީ އިމޭޖާސް

ބެލްޖިއަމްގެ މިޑްފީލްޑަރު އެކްސެލް ވިޓްސެލް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ފުރަގަސްދިނުމަށް ފަހު ކަމަށް އޭނާގެ އޭޖެންޓް ބުނެފިއެވެ. 

ޗައިނާގެ ޓިއަންޖިން ކުއަންޖިންގައި އެއް ސީޒަން ހޭދަކުރުމަށް ފަހު ވިޓްސެލް ވަނީ 20 މިލިއަން ޔޫރޯއަށް ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވެފައެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިޓްސެލްގެ އޭޖެންޓް ޕައުލް ސްޓެފާނީ ބުނީ އެހެން ޓީމަކަށް ބަދަލުވާން ބޭނުންވާ ކަމަށް ވިޓްސެލް ބުނުމުން އަވަސްވެގަތީ އޭނާއަށް ރަނގަޅު ޓީމެއް ހޯދައިދެން ކަމަށެވެ. އެގޮތުން ޑޯޓްމަންޑުން ވިޓްސެލް ކަހަލަ ކުޅުންތެރިޔަކު ހޯދުމަށް މަސައްކަތްކުރާކަން އެނގުމުން އެޓީމުގެ ސްޕޯޓިން ޑިރެކްޓަރު މައިކަލް ޒޯކް އަދި ސީއީއޯ ހާންސް-ޔޯކިމް ވަޓްޒްކޭއާ ބައްދަލުކުރި ކަމަށެވެ. 

އެ ދެ މީހުންނާ ބައްދަލުކުރުމަށް ފަހު 20 މިލިއަން ޔޫރޯއަށް ވިޓްސެލް ގެންދެވޭނެކަން ހާމަކުރި ކަމަށާއި ޑޯޓްމަންޑުން ހީކުރީ އޭނާ ހޯދުމަށް 60 މިލިއަން ޔޫރޯ ދޭން ޖެހޭނެ ކަމަށް ކަމަށެވެ. ޓްރާންސްފާގެ ކަންކަން ކުރިޔަށް ދިޔައިރު ވެސް ޗައިނާގެ ކްލަބްގެ ފަރާތުން އުނދަގޫތަކާ ކުރިމަތިވި ކަމަށް ސްޓެފާނީ ބުނެފައި ވެއެވެ. 

ވިޓްސެލް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑާއި ނަޕޯލީ އިން ވެސް މަސައްކަތްކުރި ކަމަށާއި އެހެން ނަމަވެސް ޑޯޓްމަންޑަކީ އޭނާއަށް އެންމެ ރަނގަޅު ކްލަބްކަން ހާމަކޮށްދިން ކަމަށް ސްޓެފާނީ ބުނެފައި ވެއެވެ. އެގޮތުން ވިޓްސެލް ވެސް ބޭނުންވީ ވީހާ ވެސް އަވަހަށް ޓްރާންސްފާގެ ކަންކަން ނިންމާލަން ކަމަށާއި އޭނާ ވެސް ޑޯޓްމަންޑަށް ބަދަލުވީ އެކްލަބަށް ބަދަލުވާނެ ބޭނުންވެގެން ކަމަށް ސްޓެފާނީ ބުނެފައި ވެއެވެ. 

ވިޓްސެލް ވަނީ ވާރލްޑް ކަޕްގެ ތިންވަނަ ބެލްޖިއަމް އިން ހޯދިއިރު އެޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް