17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

އިންޑޮނޭޝިއާ ބިންހެލުން

އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގައި މަރުވި މީހުން އަދަދު 131 އަށް، އެހީ އަންނަން ފަށައިފި

  • ސީރިއަސް ޒަޚަމްތަކާއި ގުޅިގެން 2500 މީހުން ވަނީ ހޮސްޕިޓަލަށް ގެންދެވިފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 8 އޯގަސްޓު 2018 | ބުދަ 18:07 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ދީއްތަ ދުވަހު އިންޑޮނީޝިއާގެ ލޮމްބޮކް އަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކެއް -- ބީބީސީ

އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ލޮމްބޮކް އަށް އާދީއްތަ ދުވަހު 6.9 މެގްނިޓިއުޑްގައި ބިންހެލުމެއް އައިސް 131 މީހުން މަރުވެފައިވާއިރު ލޮމްބޮކް ގެ އެކަހެރި ސަރަހައްްދުތަކަށް އެހީ އަންނަަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބިމާހަމަވެފަިއވާ އިމާރާތްތަކުގެ ދަށުންނާއި އަދިވެސް އެހެނިހެން ގޮތް ގޮތުން މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް މީހުން ހޯދުމުގެ މަަސައްކަތް ކުރާ ފަރާތްތަކުން ދަނީ ކުރަމުންނެވެ. ބިންހެލުމާ ގުޅިގެން ވަގުތީ ހިޔާތަކަށް އެތައްހާސް ބަޔަކު ބަދަލުކޮށްފައިވާއިރު، ބުދަ ދުވަހު އޮފިޝަލުން ބުނެފައިވަނީ އިތުރު ހިޔާތަކެއް މިހާރުވެސް ހަދަމުން ގެންދާ ކަމަށެވެ. ލޮރީތައް ބޭނުންކޮށްގެން ހާލުގައި ޖެހިފައިވާ މީހުންނަށް ކާާނާ އާއި އަދި ސިއްހީ ސަޕްލައި ފޯރުކޮށްދެމުން ގެންދާއިރު، އިންޑޮނޭޝިއާގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ވެރިރަށް ޖަކާޓާ އިން ފަސް އަސްކަރީ ބޯޓެއް ވަނީ ބިންހެލުުން އައި ލޮމްބޮކް އަށް އެހީގެ ތަކެތި ހިފައިގެން ގޮސްފައި ކަމަށެވެ. 

ބިންހެލުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަަމަށް ރިޕޯޓުތައް ބުނާއިރު، ސީރިއަސް ޒަޚަމްތަކާއި ގުޅިގެން 2500 މީހުން ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ. އަދި 156000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ނިޔޭގެ އެކި ކަންކޮޅުތަކުގެ ޓޫރިސްޓުން ޝައުގެވެރިވާ ލޮމްބޮކް އޮންނަނީ ޓޫރިސްޓް މަންޒިލެއް ކަމަށްވާ ބާލީގެ އިރުން 40 ވަރަކަށް ކިލޯމީޓަރު ދުރުގައެވެ.

ބާލީ އާއި ލޮމްބޮކްގެ އާބާދީ ގާތްގަނޑަކަށް ހަތަރު މިލިއަނަށް އަރާ އިރު، އަހަރެއްގެ ތެރޭގައި ދެ ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އެތައް މިލިއަނަކަށް އަރައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް