18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ޗެލްސީ

ސައްރީގެ ވައްޓާފާޅިއަށް ހޭނެން ޗެލްސީއަށް ތިން މަސްދުވަސް ބޭނުންވާނެ

  • ޗެލްސީއިން ގެނެސްފައިވާ އެންމެ މުހިންމު ކުޅުންތެރިޔަކީ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 8 އޯގަސްޓު 2018 | ބުދަ 16:48 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  3. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  4. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  8. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް


ޗެލްސީގެ ފަރިތަކުރުންތަކުގެ ތެރެއިން -- ގެޓީ އިމޭޖާސް

ޗެލްސީގެ އާ ކޯޗު މައުރީޒިއޯ ސައްރީގެ ވައްޓާފާޅިއަށް އެޓީމު ހޭނެން ތިން މަސްދު ވަސް ބޭނުންވާނެ ކަމަށް އޭނާ ބުނެފިއެވެ. 

ޕްރީ ސީޒަނުގައި ސައްރީއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވާރލްޑް ކަޕާ ގުޅިގެން ކުޅުންތެރިންނަށް އިތުރު ވަގުތު ޗުއްޓީގެ ގޮތުގައި ދޭން ޖެހުމެވެ. 

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސައްރީ ބުނީ ފުރަތަމަ ފަހަރަށް ހުރިހާ ކުޅުންތެރިންނާ އެކު ފަރިތަކުރަން ފުރުސަތު ލިބުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. ކުރިޔަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ވަރަށް ފުރިހަމަ ޓީމަކަށް ޗެލްސީ ވެގެންދާނެ ކަމަށާއި ކުޅުންތެރިން ވެސް އެގޮތަށް މަސައްކަތްކުރާނެ ކަމަށް އޭނާ ބުނެފައި ވެއެވެ. 

އޭނާ ބުނީ ޓީމާ ފަހުން ގުޅުނު ކުޅުންތެރިންގެ ފަރާތުން އިތުރު މަސައްކަތް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށާއި ކުރިޔަށް އޮތް މުހިންމު މެޗަށް ތައްޔާރުވުމަށް އޮތީ އެންމެ ތިން ދުވަސް ކަމަށެވެ. 

މި ސީޒަނުގައި ޗެލްސީއިން ގެނެސްފައިވާ އެންމެ މުހިންމު ކުޅުންތެރިޔަކީ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯއެވެ. އެޓީމުގެ ކީޕަރު ތީބައު ކޯޓުއާ އެހެން ޓީމަކަށް ބަދަލުވާނެ ކަމަށް ބެލެވޭއިރު ސައްރީ ބުނީ ކޯޓުއާ އާއި ގުޅިގެން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި އެކަމުގެ ތަފްސީލު އެނގޭނީ ކްލަބަށް ކަމަށެވެ. 

މިދިޔަ ސީޒަނުގައި ކްރިސްޓަލް ޕެލަސްއަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅުނު ރޫބެން ލޮފްޓަސް-ޗީކް އަންނަ ސީޒަނުގައި ޗެލްސީގެ ޓީމުން ފެންނާނެ ކަމަށް ބެލެވެއެވެ. އެކަމާއި ގުޅިގެން ވާހަކަ ދައްކަމުން ސައްރީ ބުނީ އޭނާއަކީ ވަރަށް ޒުވާން ކުޅުންތެރިޔެއް ކަމަށާއި އަންނަ ސީޒަނުގައި އޭނާ ވެގެންދާނީ ޗެލްސީއަށް ވަރަށް ބޭނުންތެރި ކުޅުންތެރިޔަކަށް ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް