18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ރިޔާސީ އިންތިހާބު 2018

ހިތަދޫން އިބޫއަށް ޖަޒީރާ ބޮޑު ކެއުން

  • މިއީ އާންމުކޮށް ވަފުދުތަކަށް ހިތަދޫން ތައްޔާރުކުރާ "ބޮޑު ކެއުން"
  • ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނަން ކެއުން ވަރަށް ކުމުދިޔަ
މުހަންމަދު ވިސާމް | sampathmasiw

| 8 އޯގަސްޓު 2018 | ބުދަ 15:03 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  3. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  4. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  8. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް


ހިތަދޫ ޖަޒީރާ ބޮޑު ކެއުން -- ފޮޓޯ: ރާއްޖެ އެމްވީ

ކެމްޕެއިން ދަތުރުފުޅުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ދަތުރުތައް ކުރައްވަމުންނެވެ. އަތޮޅަކަށް ފަހު އަތޮޅަކެވެ. ރަށަކަށް ފަހު ރަށެކެވެ. ލ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ކޮންމެ ދުވަހަކު ހަތަރު ރަށަށް ވަޑައިގަތުމަށް ތާވަލްކޮށްފައި ވެއެވެ. ކޮންމެ ރަށަކަށް ވަޑައިގެން ހަމައެކަނި ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ފަހު ނިންމާލައްވަނީއެއް ނޫނެވެ. ރަށުގެ މުހިންމު ތަންތަނަށް ވެސް ވަޑައިގަންނަވައެވެ. ރައްޔިތުންނާއި ބައްދަލުކުރައްވައި ވަހަކަފުޅު ދައްކަވައެވެ. ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މެންދުރުގެ ފަރިއްކޮޅު ތައްޔާރުކުރައްވާފައި ވަނީ އެރަށުގައެވެ. އަބާދީގައި ގާތްގަނޑަކަށް 1200 މީހުން ދިރިއުޅެމުން އަންނަ ހިތަދޫގެ ރައްޔިތުން އިބޫ އަށް ތައްޔާރުކުރި "ފަރިއްކޮޅު" އެތައް ގޮތަކުން ތަފާތެއެވެ. އެމްޑީޕީން ނެރެފައިވާ "ޖަޒީރާ ރާއްޖެ"ގެ ތަސައްވަރުގައި ވާފަދަ ރަށްފުށުގެ ކެއުމެކެވެ. ހިތަދޫ މީހުން ކިޔައިއުޅެނީ "ބޮޑު ކޭން" އެވެ. މިފަހަރުގެ ކެއުން ހާއްސަ ވަނީ "ޖަޒީރާ ބޮޑު ކެއުން" އަށް ވުމުންނެވެ.

ހިތަދޫ ބޮޑުގައި ފަރިއްކޮޅު ތައްޔާރުކޮށްފައި ވަނީ އެ ރަށުގެ ބޮޑު މަގުގައެވެ. މޭޒު އަތުރާލާފައިވާއިރު ރަށުގެ ރައްޔިތުންނަން ކައްކާފައި އޮތުމަކޭ އެއްފަދައެވެ. ސުފުރާމަތީގައި ފަރިއްކޮޅުވަން ނެތް އެއްޗެއް ނެތެވެ. ފަލަމަޑީގެ ބާއްވަތްތަކާއި، ކަނޑު ކަކުންޏާއި، އިހި، އަދި ގޮންމަސް ފަދަ ތަކެތިން ވަނީ ސުފުރާތަމިން ފަޅުފިލުވާލާފައެވެ. 

ހިތަދޫ ޖަޒީރާ ބޮޑު ކެއުން 

"މިއީ މިރަށުގެ ރައްޔިތުންނަން އާ ކަމެއް ނޫން. މިފަދަ ވަފުދުތައް ވަޑައިގަންނަވާއިރު، އަޅުގަނޑުގެ "ބޮޑު" ކެއުން އަބަދު ވެސް ތަފާތުވާނެ. މިއަދުގެ ކެއުން މި ހާއްސަކުރީ ޖަޒީރާ ރައީސް އިބޫ އަށް" ހިތަދޫން ވާހަކަ ދެއްކެވި މީހަކު ބުންޏެއެވެ.

ފަރިއްކޮޅުގައި ގިނަ ވައްތަރުގެ ކާއެއްޗެހި ތައްޔާރުކޮށްފައިވާއިރު، އެމެންގެ ސަމާކުލަން ހުއްޓުނީ ހިތަދޫ ރައްޔިތުން ތައްޔާރުކޮށްފައިވާ ގޮންމަހާއި، ކަނޑު ކަކުނި އަދި އިއްސާއި ބޯވަޔާއި ފިހެފައިވާ ބޮޑު ރަތްމަހާއި ފިލޮޅުތަކަށެވެ.

"ގޮން މަސް ތައްޔާރުކުރާ ގޮތަކީ ބަނޑު ފަޅާލާފައި. މަސްތައް ވަކިން ނަގަނީ، ދެން ރީތިކޮށް ސާފުކޮށްލާފަ، މަސްތައް ކޮށާލާނީ، މަސްހުނި މޮޑެފަ، ގޮން މަހުގެ މަސްތައް މަސްހުންޏާ އެއްކޮށްލާނީ. ދެން ޖެހޭނީ ގޮނުގެ ތެރެއަށް މަސްހުނި އަޅާލާނީ. އަދި ހޫނު އަލިފާނުގައި މަސް ފިހެލަނީ" ގޮން މަސް ތައްޔާރުކުރާ ގޮތް ކިޔައިދެމުން އެރަށުގެ އަންހެނަކު ބުންޏެއެވެ.

ހިތަދޫ ޖަޒީރާ ބޮޑު ކެއުން 

ދެން އޮތީ ކަނޑު ކަކުނީގެ ވާހަކައެވެ. އެއީ އެރަށުގެ ކުޅީގައި އުޅޭ ކަކުންޏެކެވެ. އެ ކަކުކުނި އެ މީހުން ކެއުމަށް ބޭނުންކުރާއިރު، ހިތަދޫ މީހުން ކިޔައި އުޅެނީ ފަލޫދައެވެ.

ކަނޑު ކަކުނި (ހިތަދޫ މީހުން ކިޔަނީ ފަލުދަ) އެއީ މި ރަށުގެ ކުޅީގައި އުޅޭ އެއްޗެއް، ކަކުނިތައް މެދުން ފަޅާލާ، ސާފުކުރުމަށް ފަހު ހޫނު ފެނުގައި ކައްކާ ރޯފިލުވާނީ،" ކަނޑު ކަކުނި ތައްޔާރުކުރާ ގޮތް ކިޔައިދިން ހިތަދޫ މީހަކު ބުންޏެއެވެ.

ދެން މިހެން ކިޔަންވެއްޖެއްޔާ އެތާނގައި ނެތް އެއްޗެއް ނެތެވެ. ފަލަމަޑީގެ ބާތްތަކާއި، ކުކުޅު ރިހަ އާއި ފަރުމަސް އަދި ހިކިމަސް ރިހަވެސް ހުއްޓެއެވެ. ތާފަތު އެކި ވައްތަރުގެ ބާވަތްތައް ތައްޔާރުކޮފައިވާ އިރު، ކުރުނބާ ފަނި ފަދަ ފަނިތައް ވެސް ހުއްޓެވެ.

ހިތަދޫ ޖަޒީރާ ބޮޑު ކެއުން 

ކޮންމެއަކަސް ހިތަދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިތަދޫގައި ހޭދަކުރި ކުޑަ ވަގުތުކޮޅު އެބޭފުޅުންގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމެވެ. ރައްޔިތުންގެ ލޯބި ފެނިފައެވެ. އަމިއްލަ ރަށުން ލިބެން ހުރި އެއްޗެހި ބޭނުން ކޮށްގެން ތައްޔާރުކުރި "ޖަޒީރާ" ފަރިއްކޮޅުގެ ސަބަބުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް