19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

ނަޖީބްގެ ކޮރަޕްޝަން

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ މައްޗަށް މަނީ ލޯންޑަރިންގ ދައުވާ އުފުލައިފި

  • 3 ދައުވާއެއް ވަނީ އުފުލާފައި
  • ދައުވާ ސާފުވާކަމަށް ނަޖީބު ކޯޓުގައި ވިދާޅުވި
މިއުވާން މުހައްމަދު | Miuvaan

| 8 އޯގަސްޓު 2018 | ބުދަ 07:02 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  6. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  7. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  8. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި


ނަޖީބު ރައްޒާޤް ކޯޓަށް ގެންދަނީ -- ދަ ސްޓާރ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ މައްޗަށް މަނީ ލޯންޑަރިންގގެ 3 ދައުވާއެއް އުފުލައިފިއެވެ.

މިދައުވާތައް އުފުލާފައިވަނީ ބުދަ ދުވަހުގެ ހެނދުނު އޭނާ ވެރިރަށް ކުއާލަލަމްޕޫރުގެ ކޯޓަށް ޙާޒިރުކޮށްގެންނެވެ. ނަޖީބުގެ މައްޗަށް ދައުވާކުރަނީ އެންޓި-މަނީ ލޯންޑަރިންގ އެކްޓާއި، އެންޓި-ޓެރަރިޒަމް ފައިނޭންސިންގ އެކްޓްގެ އިތުރުން ޕްރޮސީޑްސް އޮފް އަންލޯވފުލް އެކްޓިވިޓީސް އެކްޓްގެ ދަށުންނެވެ. 

މެލޭ ބަހުން ނަޖީބުގެ މައްޗަށް ކުރެވޭ ދައުވާތައް އިއްވުމުން ދައުވާތައް 'ފަހުމް'ވެވަޑައިގެންނެވިކަމަށް ނަޖީބު ކޯޓުގައި ވަނީ ވިދާޅުވެފައެވެ. 

ނަޖީބުގެ މައްޗަށް ކުރެވޭ 3 ދައުވާގެ ތެރެއިން އެއް ދައުވާ ހައި ކޯޓުގައި ކުރިއަށް ގެންދިޔުމަށް ޕްރޮސިކިއުޓަރުން ވަނީ ޤާޒީއަށް ހުށަހަޅުއްވާފައެވެ. 

މިދައުވާތަކަކީ ނަޖީބުގެ އެކައުންޓަށް 3 ފަހަރެއްގެ މަތިން ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ހޯދާފައިވާ 42 މިލިއަން ރިންގިޓް ޖަމާކޮށްފައިވާތީ އުފުލާފައިވާ ދައުވާތަކެކެވެ. އެންމެ ފުރަތަމަ ފަހަރު 27 މިލިއަން ރިންގިޓް ޖަމާކުރިއިރު، ދެވަނަ ފަހަރު 5 މިލިއަން އަދި ފަހު ފަހަރު 10 މިލިއަން ރިންގިޓް ޖަމާކޮށްފައިވެއެވެ. 

މިފައިސާ ޖަމާކޮށްފައިވަނީ 2014 ވަނަ އަހަރުގެ ފަހުކޮޅާއި، 2015 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އަދި ނަޖީބުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ އެސް.އާރް.ސީ އިންޓަރނޭޝަނަލް ކިޔާ ކުންފުންޏެއްގެ އެކައުންޓުންނެވެ. އެސް.އާރް.ސީ އިންޓަރނޭޝަނަލްއަކީ މެލޭޝިއާ ސަރުކާރުން އިންވެސްޓްމެންޓް މަސައްކަތްތަކެއް ކުރުމަށް އެކުލަވާލި މަޝްހޫރު ވަން އެމް.ޑީ.ބީ ކުންފުނީގެ ގޮތްޕެކެވެ. 

މިދިޔަ މަހު މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވަނީ އެ 42 މިލިއަން ރިންގިޓްގެ މައްސަލައިގައި ނަޖީބު ރައްޒާޤް ހައްޔަރުކޮށްފައެވެ. އަދި ބުދަ ދުވަހު ކޯޓަށް ހާޒިރުކުރުމުގެ ކުރިން އަންގާރަ ދުވަހުވެސް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ނަޖީބު ހާޒިރުކުރެވުނެވެ. އަދި 45 މިނެޓް ވަންދެން ނަޖީބާއި ސުވާލުކުރުމަށްފަހު އޭނާގެ މައްޗަށް ކުރާނެ ދައުވާތައް މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިއުލާންކުރިއެވެ.

މެލޭޝިއާގެ އިތުރުން ސިންގަޕޯރ، ސިވިޓްޒަލެންޑް އަދި އެމެރިކާއިންވެސް ވަން އެމް.ޑީ.ބީ އާއި ގުޅުން ހުރި މައްސަލަތައް ދަނީ ބަަލަމުންނެވެ. އެމެރިކާއިން އަންދާޒާކުރާ ގޮތުގައި ވަން އެމް.ޑީ.ބީގެ ފައިސާއިމް 4.5 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ ޚިޔާނާތްތެރިވެފައެވެ.

ވެރިކަމުގައި ހުންނަވަނިކޮށް މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި ނަޖީބުގެ އަމްނޯ ކޯލިޝަނަށް ސަރުކާރު ގެއްލުނީ ވަން އެމް.ޑީ.ބީ ފަދަ ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ނަޖީބާއި އޭނާގެ އަނބިކަނބަލުން ރުސްމާ މަންސޫރުގެ މައްޗަށް ކުރެވުމާއި ގުޅިގެންނެވެ. އެދެމަފިރިކަނބަލުންވެސް ޤައުމުން ބޭރަށް ވަޑައިގަތުން އައު ބޮޑުވަޒީރު މަހާތީރު މުހައްމަދު ވަނީ މަނާކުރައްވާފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް