21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

އެމެރިކާ - އުތުރު ކޮރެއާ

އެއްބަސްވުމާއި އެއްގޮތަށް އުތުރު ކޮރެއާއިން އަމަލު ނުކުރޭ، ދަތިކުރުމުގެ ފިޔަވަޅުތައް ނެގޭނެ ގޮތެއް ނެތް: އެމެރިކާ

  • ޖޫން 12 ގެ އެއްބަސްވުމުގައި ވާ ގޮތުން އުތުރު ކޮރެއާއިން ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލަން ޖެހޭ
  • ބަދަލެއްގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދޭނެކަމަށް އެމެރިކާއިން ވަނީ ބުނެފައި
މިއުވާން މުހައްމަދު | Miuvaan

| 8 އޯގަސްޓު 2018 | ބުދަ 06:43 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  7. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  8. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!


އެމެރިކާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު ޖޯން ބޯލްޓަން: އުތުރު ކޮރެއާއިން އެއްބަސްވި ގޮތަށް އަމަލު ނުކުރާކަމަށް ތުހުމަތު ކުރެއްވި -- ރޮއިޓަރސް

އެއްބަސްވެފައިވާ ގޮތަށް އުތުރު ކޮރެއާއިން ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާނުލާ ކަމަށާއި، އެހެންކަމުން އެޤައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމަށް ދަތިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު ޖޯން ބޯލްޓަން ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އެމެރިކާގެ ޓީވީ ޗެނަލް ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން ބޯލްޓަން ވިދާޅުވީ އުތުރު ކޮރެއާއިން ސިންގަޕޯރ ސަމިޓްގައި އެއްބަސްވި ކަންތައްތަކަށް އަމަލުކުރަން ޖެހޭކަމަށެވެ. ޖޫން މަހުގެ 12 ވަނަ ދުވަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ވަނީ ސިންގަޕޫރުގައި ބައްދަލުކުރައްވައި، އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ދެޤައުމުގެ ލީޑަރުން ފުރަތަމަ ފަހަރަށް ބޭއްވި މިބައްދަލުވުމުގައި އުތުރު ކޮރެއާއިން ވަނީ އެޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލާނެކަމަށް އެއްބަސްވެފައެވެ. އަދި ބަދަލުގައި އެމެރިކާއިން ވަނީ އުތުރު ކޮރެއާއާއި ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަމަށް އެއްބަސްވެފައެވެ.

އެހެންނަމަވެސް މިބައްދަލުވުމަށްފަހު 2 މަސް ދުވަސްވެގެންދާއިރު، މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އުތުރު ކޮރެއާއިން އެޤައުމުގައި ހުރި ނިއުކްލިއަރ ޓެސްޓް ސައިޓްތަކެއް ނައްތާލިކަމަށް ބުނިނަމަވެސް، އަދިވެސް ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ގެންދާކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ. އެހެންކަމުން އެޤައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ އެއްވެސް ފިޔަވަޅަކަށް ލުޔުއް ދިނުމުގެ ވިސްނުމެއް އެމެރިކާގެ ނެތްކަމަށް ބޯލްޓަން ފާހަގަކުރެއްވިއެވެ.

ބޯލްޓަން ވިދާޅުވީ އަނެއްކާވެސް އިތުރު މަޝްވަރާތަކެއް ކުރެއްވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އުތުރު ކޮރެއާގެ ޕިޔޮންގްޔަންގަށް ފޮނުވުމަށް އެމެރިކާއިން ނިންމާފައިވާކަމަށެވެ. އަދި އެވާހަކަ އުތުރު ކޮރެއާގެ ޚާރިޖީ ވަޒީރު ރީ ޔޮންގް-ހޯ އަށް ނިމިދިޔަ ހަފްތާ ބަންދުގައި އަންގާފައެވެ. އަދި އިތުރަށް މަޝްވަރާކުރަން ޖެހިއްޖެނަމަ އުތުރު ކޮރެއާގެ ލީޑަރު ކިމް އާއި ބައްދަލުކުރެއްވުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ހުންނެވީ ތައްޔާރަށްކަމަށްވެސް ބޯލްޓަން ވިދާޅުވިއެވެ. 

މީގެ އިތުރުން އުތުރު ކޮރެއާއިން ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމުގެ މަސައްކަތް އެމެރިކާއިން ހިތްހަމަޖެހޭ ހަލުވިމިނެއްގައި ކުރިއަށް ނުގެންދާނަމަ، މިމައްސަލައިގައި އުތުރު ކޮރެއާގެ ސީރިއަސްކަމެއް ނެތްކަމަށް އެމެރިކާއިން ނިންމާ ހިސާބަށް ދާނެކަމަށް ވިދާޅުވެ، ބޯލްޓަން ވަނީ އިންޒާރު ދެއްވާފައެވެ. އުތުރު ކޮރެއާގެ މައްސަލައިގައި އެމެރިކާގެ ޚާރިޖިއްޔާއިން ޑިޕްލޮމެސީ އިސްކުރިނަމަވެސް، ހަނގުރާމައަށް ދިޔުމަށް އަބަދުވެސް އިސްކަން ދެއްވާ ބޯލްޓަންގެ ބަހަކީ ކޮރެއާ މައްސަލައިގައި ޓްރަމްޕްގެ އަރިހުގައި ވިކޭ ބަހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް