11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ޤަތަރުގެ މައްސަލަ

ޤަތަރުގެ ރައްޔިތުންނަށް ޙައްޖުވުމަށް ހުރަހެއް ނެތް: ސަޢޫދީ ޢަރަބިއްޔާ

  • ޤަތަރުގެ ރައްޔިތުން ޙައްޖަށް ދިޔުމަށް ރަޖިސްޓްރީވުމަށް ޚާއްސަ ވެބްސައިޓެއް ވަނީ ޤާއިމްކޮށްފައި
މިއުވާން މުހައްމަދު | Miuvaan

| 8 އޯގަސްޓު 2018 | ބުދަ 02:36 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ަފަސޭހަކަމާއިއެކު ޤަތަރު ރައްޔިތުންނަށް ޙައްޖު ވެވޭވެނެކަމަށް ސަޢޫދީއިން ބުނޭ -- އާކައިވް

ގަލްފު ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމާއިއެކުވެސް ޤަތަރުގެ ރައްޔިތުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ސަޢޫދީ ޢަރަބިއްޔާއިން ބުނެފިއެވެ.

ސަޢޫދީގެ ޙައްޖާއި ބެހޭ ވަޒީރު މުޙައްމަދު ސާލިޙް ބިންތާން ވިދާޅުވީ ޤަތަރުގެ އާއްމު ރައްޔިތުންނަށް ފަސޭހަކަމާއެކު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެކަން ސަޢޫދީއިން ކަށަވަރުކުރާނެކަމަށެވެ. އެހެންނަމަވެސް ޤަތަރުގެ ރައްޔިތުން ޙައްޖަށް ދިޔުމަށް ފުރިހަމަ ކުރަން ޖެހެ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ވަންނަން ޖެހޭ ވެބްސައިޓްތައް ޤަތަރު ސަރުކާރުން ބްލޮކްކުރަމުންދާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. 

ވެބްސައިޓްތަކަށް ނުވަދެވުނަސް ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތައް އެއަރޕޯޓުން ފުރިހަމަކުރެވޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް ސަޢޫދީއިން ބުންޏެވެ. އަދި ޤަތަރުން ބޭރުގައި ދިރިއުޅޭ ޤަތަރުގެ ރައްޔިތުންނަށް އެކަމަށް ޚާއްސަ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރކުރެވޭނެކަމަށް ސަޢޫދީގެ ޙައްޖާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.

ސަޢޫދީ އިސްވެ އޮވެ، ގަލްފުގެ އެހެން ބައެއް ޤައުމުތަކުން ޤަތަރާއިއެކު އޮންނަ ގުޅުން ކަނޑާލުމާއިއެކު އެޤައުމު ވަނީ ވަރަށް ބޮޑަށް އެކަހެރިވެފައެވެ. އަދި މިދިޔަ އަހަރުގެ މެދުތެރޭގައި ގުޅުންތައް ކަނޑާލުމާއިއެކު ސަޢޫދީގައި ތިބި ޤަތަރުގެ ރައްޔިތުން އެޤައުމުން ފައިބަން ޖެހުނެވެ. ސަޢޫދީއާއި އީރާނާއި ދެމެދު މިފަހުން ޖެހުނު މައްސަލަތަކުގައި އީރާން ރައްޔިތުންނަށްވެސް ޙައްޖަށް ދިޔުމުގައި ހުރަސްތަކެއް ކުރިމަތިވިއެވެ. 

ޤަތަރާއިއެކު އޮންނަ ގުޅުން ކަނޑާލީ ސަޢޫދީގެ އިތުރުން މިސްރު، ޔޫ.އޭ.އީ، ބަޙްރައިން އަދި ދިވެހިރާއްޖެއިންނެވެ. މިމައްސަލައަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އަވަސް ހައްލެއް ލިބޭނެކަމަށް ނުބެލެވެއެވެ. ގަލްފުގެ ޤައުމުތަކުން ޤަތަރާއިއެކު އޮންނަ ގުޅުން ކަނޑާލީ ޤަތަރުން ޓެރަރިޒަމަށް ހިތްވަރުދޭކަމަށް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް