19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ފުޓުބޯޅަ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

  • ބަހްރޭނު އަތުން ބަލިވިޔަސް ކުޅުން ރަނގަޅު
  • ފުރަތަމަ މެޗުން ރާއްޖެ ބަލިވީ 1-5 އިން
  • ޓީމަށް ރަނގަޅު އެކްސްޕީރިއަންސެއް ލިބުނު
ނާފިއު ރަޝީދު | NaphiuR

| 26 ޖެނުއަރީ 2017 | ބުރާސްފަތި 02:51 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ބަހުރޭނާއި ރާއްޖެ ބައްދަލުކުރި އެކުވެރިކަމުގެ މެޗުގެ ތެރެއިން -- އެފްއޭއެމް

ރާއްޖޭ ގައުމީ އަންހެން ޓީމު ބަހުރޭންއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.

އަންގާރަ ދުވަހު ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 1-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރާއްޖޭގެ ޓީމަށް ލަނޑު ޖަހައިދީފައި ވަނީ ކެޕްޓަން ފަދުވާ ޒާހިރެވެ.

މި މެޗުގެ އިތުރުން ފާއިތުވި ހޮނިހިރު ދުވަހު ވެސް ރާއްޖެ ވަނީ މެޗެއް ކުޅެފަ އެވެ. މި މެޗުން ރާއްޖެ ބަލިވީ 1-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ޓީމާއެކު މިވަގުތު ބަހުރޭނުގައި ހުންނަވާ އެފްއޭއެމްގެ ނައިބު ރައީސް އައިޝަތު ނާޒިމާ ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖެއިން ކުޅުނު ދެ މެޗުގައި ވެސް ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެމިގެންދިޔަ ކަމަށެވެ. އަދި މިއީ އެކުވެރިކަމުގެ މެޗުތަކެއް ކަމުން މި މެޗުން ކުޅުންތެރިންނަށް ވަރަށް ރަނގަޅު އެކްސްޕީރިއަންސެއް ލިބިގެންދިޔަ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ނާޒިމާ ވިދާޅުވި އެވެ.

ބަހުރޭން އަށް ކުރަމުންދާ ދަތުރު ނިންމާލުމަށްފަހު އަންހެން ޓީމު އެނބުރި އައުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ގައުމީ އަންހެން ޓީމު ވަނީ ނިމިގެންޔަ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ވާދަކޮށް މުބާރާތުގެ ސެމީ ފައިނަލުންވެސް ފުރަތަމަ ފަހަރަށް ޖާގަ ހޯދާފައެވެ. މީގެއިތުރުން އަންހެން ޓީމު ވަނީ މިދިޔަ އަހަރު ފަހު ކޮޅު ޔޫއޭއީގައި ކޭމްޕްކޮށް އެގައުމާ ދެކޮޅަށް ކުޅުނު މެޗުވެސް ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް