25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

އީރާނުގެ ކުރީގެ ރައީސް

އެމެރިކާ އިގްތިސޯދު ފުނޑުފުނޑުކޮށްލުމަށް އީރާނުގެ ކުރީގެ ރައީސް ގޮވާލައްވައިފި

  • ޑޮލަރުގެ އަގު ވައްޓާލައި އެހެން ގޮތެއް ހޯދަން އެބަޖެހޭ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 7 އޯގަސްޓު 2018 | އަންގާރަ 21:09 | |

މަގުބޫލް

  1. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  2. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  3. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  5. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ
  6. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  7. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  8. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން


އީރާނުގެ ކުރީގެ ރައީސް މަހުމޫދު އަހުމަދީނީޖާދު -- ގޫގުލް

އެމެރިކާގެ އިގްތިސޯދީ ކުރިއެރުމުގެ މައި އެއް ތަބަކީ ޑޮލަރު ކޮންޓްރޯލް ކުރުން ކަމަށާއި އެކަން ބަދަލު ކުރުމުގެ ވަގުތު އައިސް ޖެހިއްޖެ ކަމަށް އީރާނުގައި ދެ ދައުރަށް ރައީސްކަން ކުރެއްވި މަހުމޫދު އަހުމަދީނީޖާދު ވިދާޅުވެއްޖެއެވެ.

"ބަދަލު ގެންނަން ވީ ވަގުތު އައިސް ޖެހިއްޖެ. މިހާރުގެ ހާލަތު ބަދަލު ކުރަން އެބަ ޖެހޭ," އިސްލާމިކް ޕާޓީގެ ކުރީގެ ލީޑަރު ހޯމަ ދުވަހު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ. އޭނާ ޓްވީޓްކުރެއްވީ އެމެރިކާ އިން އީރާނާ ދެކޮޅަށް އަޅަން ނިންމި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒް ކުރުމުގެ ގަޑިއިރުތަކެއް ކުރިންނެވެ.

އީރާނާ ދެކޮޅަށް އަޅަން ނިންމި ފުރަތަމަ ފިޔަވަހީގެ ފިޔަވަޅުތައް ހޯމަ ދުވަހުގެ ރޭ ދަންވަރު ބާރައިން ފެށިގެން ވަނީ ތަންފީޒު ކޮށްފައެވެ. ދަތި ކުރުމުގެ ފިޔަވަޅު އެޅީ އެމެރިކާގެ ޑޮލަރާއި، ކާރާއި، ކާޕެޓާއި އަދި އެކި ކަހަލަ މައުދަންތައް އީރާނަށް ފޯރުކޮށްދީ ވިޔަފާރީގެ ގުޅުން ހިންގުމަށެވެ. އަދި ނުވެމްބަރުގައި އަޅަން ނިންމާފައިވާ އެންމެ ފަހުގެ އަދި ދެވަނަ ފިޔަވެހީގެ ދަތިކުރުމުގެ ފިޔަވަޅުތަކުގައި އީރާނާ މެދު ކުރާ ތެލުގެ ވިޔަފާރި އެމެރިކާ އިން ހުއްޓާލުން ހިމެނެއެވެ. އީރާނަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އެ ގައުމުން ބޭރުކުރާ ތެލުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޓްރަމްޕް ވަނީ އީރާނާ އެކު ވިޔަފާރީގެ ގުޅުން ދަމަހައްޓާ ފަރާތްތަކަށް ވެސް ބަހުގެ ހަމަލާ ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވީ އީރާނާ އެކު ވިޔަފާރީގެ މުއާމަލާ ކުރާ އެއްވެސް ފަރާތަކަށް އެމެރިކާއާ އެކު މުއާމަލާތެއް ނުކުރެވޭނޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް