20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

އުރީދޫ މޯލްޑިވްސް

ބައިނަލްއަޤްވާމީ އެމްޕްލޮޔަރ ބްރޭޑިންގ އެވަރޑްސްގައި އުރީދޫއިން ރަން ވަނަތަކެއް ހޯދައިފި

  • ޑްރީމް ކޮމްޕެނީ ޓު ވަރކް ފޯ
  • ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް
  • އެވަރޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގް ހާސިލްކޮށްފައިވޭ
ރިޒުނާ ޒަރީރު | RiznaZareer

| 7 އޯގަސްޓު 2018 | އަންގާރަ 18:23 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


ބައިނަލްއަޤްވާމީ އެމްޕްލޮޔަރ ބްރޭޑިންގ އެވަރޑްސް ހަފްލާގެ ތެރެއިން -- އުރީދޫ

ސިންގަޕޫރުގައި ބޭއްވި ބައިނަލްއަޤްވާމީ އެމްޕްލޮޔަރ ބްރޭޑިންގ އެވަރޑްސްގައި އުރީދޫ މޯލްޑިވްސް އިން ރަން ވަނަތަކެއް ޙާޞިލްކޮށްފިއެވެ. މިގޮތުން، އުރީދޫ މޯލްޑިވްސްއިން ޙާސިލްކުރި އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ:

  • ޑްރީމް ކޮމްޕެނީ ޓު ވަރކް ފޯ
  • ބެސްޓް އެމްޕްލޯޔަރ ބްރޭންޑް
  • އެވަރޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގް

މި ހަފްލާގައި އުރީދޫގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސް، މުހައްމަދު ޝާހިދު އަށް "އެޗް.އާރް ލީޑަރޝިޕް އެވޯޑް" ވެސް ވަނީ ލިބިފައެވެ. 

މިކަމާއި ގުޅިގެން އުރީދޫގެ ސީ.އީ.އޯ ނަޖީބް ޚާން ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމަކީ އުރީދޫއިން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށާއި މިގޮތުން ހިއުމަން ރިސޯސަސްގެ ދާއިރާއިން ކުންފުނީގެ މަސައްކަތް ފާހަގަކުރެވިގެން ދިޔުމަކީ ލިބިފައިވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރާއްޖެއާއި، ރާއްޖޭން ބޭރުގައި އުރީދޫ މޯލްޑިވްސް ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައިވާ، މަސައްކަތަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރި މުވައްޒަފުން ބިނާ ކުރުމަށް އެޗް.އާރް ޓީމް އަދި ޕީޕަލް މެނޭޖަރުން ކުރާ ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ފާހަގަކުރާ ކަމަށް ނަޖީބް ޚާން ވިދާޅުވިއެވެ.

400 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގައި ވަޒީފާ އަދާ ކުރަން އެންމެ މަގްބޫލު އެއް ކުންފުންޏެވެ.

2018 ވަނަ އަހަރު ބޭއްވުނު ވާރލްޑް އެޗްއާރްޑީ ކޮންގްރެސް 2018 ގައިވެސް، އުރީދޫ މޯލްޑިވްސްއިން ވަނީ ގްލޯބަލް އެޗްއާރް އެކްސެލެންސް އެވާރޑް ފޮ ބެސްޓް ސްޓްރެޓެޖީ އިން ލައިން ވިތް ބިޒްނަސް، ގްލޯބަލް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް ފޮ އެކްސެލެންސް އިން އެޗްއާރް ތްރޫ އިނޮވޭޝަން، އަދި ގްލޯބަލް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް ފޮ ޓެލެންޓް މެނޭޖްމަންޓްގެ އެވޯޑު ކާމިޔާބުކޮށްފައެވެ،

އަދި ފާއިތުވި ހަފްތާގައި މީރާ އިން ބާއްވާފައިވާ ރަންލާރި އެވޯޑުގައިވެސް، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) އެންމެ ގިނައިން ދެއްކި ކުންފުނިތަކުގެ ތެރޭގައި ހިމެނިގެން ލިބުނު އެވޯޑަކާއި ޓޫރިޒަމް ދާއިރާ ނޫން ވިޔަފާރިތަކުން ބޮޑެތި ވިޔަފާރީގެ ކެޓަގަރީގައި ހިމެނޭ ބައިން ލިބުނު އެވޯޑެއް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް