24 ޖެނުއަރީ 2019 | ބުރާސްފަތި | 06 ހުވަން
18 ޖުމާދަލްއޫލާ 1440
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33

ޓްރާންސްފާ މާކެޓް

އަދިވެސް މޮރީނިއޯގެ ޓީމަކަށް ކުޅެން ބޭނުން: ވިލިއަން

  • ވިލިއަން ބުނީ މޮރީނިއޯއަކީ އޭނާއަށް އިރުޝާދުދިން އެންމެ ރަނގަޅު ކޯޗު ކަމަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 7 އޯގަސްޓު 2018 | އަންގާރަ 18:08 | |

މަގުބޫލް

  1. 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
  2. އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
  3. މާކުރަތު އިންޖީނުގެއަށް ދޫކުރި 300 ވުރެ ގިނަ ލީޓަރުގެ ތެޔޮ ބޭރުވެއްޖެ
  4. މިއީ ތައުލީމީ މުއައްސަސާއެއް، ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވަން: މަންދު ކޮލެޖު
  5. ހަތަރު ލީޑަރުންގެ ބައްދަލުވުން މި މަހު ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ފަރާތެއް ނޭނގުނު!
  6. މަރުތައް ބަލާ ކޮމިޝަނުން ޕްރޮފެސަރ އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި
  7. ކޮން ޖަޒީރާ ރާއްޖެއްތޯ؟ ދިވެހިރާއްޖޭއެއް ނޫންތޯ ދިވެހިރާއްޖޭ އަކީ: ގާސިމް
  8. ޓެކްސްއަށް މަކަރު ހެދިކަމަށް ރޮނާލްޑޯ އެއްބަސްވެއްޖެ


ހޯސޭ މޮރީނިއޯ އަދި ވިލިއަން -- ގެޓީ އިމޭޖާސް

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އަދިވެސް ކުޅެން ބެނުންވާ ކަމަށް ޗެލްސީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގަރ ވިލިއަން ބުނެފިއެވެ.

މޮރީނިއޯ ޗެލްސީގައި ހުރި އިރު ވިލިއަން ވަނީ އޭނާގެ އިރުޝާދުގެ ދަށުން ކުޅެ ޕްރިމިއާ ލީގެއް ވެސް އުފުލާލާފައެވެ. އަންނަ ސީޒަނުގައި ވިލިއަން އެހެން ޓީމަކުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާއިރު އޭނާ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑް އަދި ބާސެލޯނާއިން ވެސް މަސައްކަތްކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މީގެކުރިން ވިލިއަން ވަނީ ޗެލްސީގައި އަންނަ ސީޒަނުގައި ހުންނަން ބޭނުންވާ ކަމަށް ވެސް ބުނެފައެވެ. 

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވިލިއަން ބުނީ މޮރީނިއޯއަކީ އޭނާއަށް އިރުޝާދުދިން އެންމެ ރަނގަޅު ކޯޗު ކަމަށާއި އޭނާއާއެކު އޮންނަނީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށެވެ. އަދި މޮރީނިއޯ ބަލަނީ އެކުވެރިޔެއްގެ ގޮތުގައި ކަމަށާއި އޭނާއަށް އަދިވެސް މެސެޖުކޮށް ވާހަކަ ދައްކާ ކަމަށެވެ. އޭނާއާއެކު މަސައްކަތްކުރީ ކުރާ ހިތުން ކަމަށާއި މޮރީނިއޯގެ އިރުޝާދުގެ ދަށުން އަދިވެސް ކުޅެން ބޭނުންވާ ކަމަށެވެ. 

ވިލިއަން ބުނީ ޔުނައިޓެޑްއިން އޭނާ ހޯދުމަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިވާކަން އެނގެން ނެތް ކަމަށާއި އެހެން ނަމަވެސް ޓްރާންސްފާއާއި ގުޅިގެން ބައެއް ކަންކަން ހިނގާފައިވާ ކަމަށެވެ. އޭނާގެ އޭޖެންޓާއި މޮރީނިއޯ ވާހަކަ ދައްކާ ކަމަށާއި އަދި އަބަދުވެސް އޭނާ ގެނައުމަށް މޮރީނިއޯ އެދޭ ކަމަށް ވިލިއަން ބުނެފައިވެއެވެ. 

މޮރީނިއޯއާ ގާތް ގުޅުމެއް އޮތް ނަމަވެސް ވިލިއަން ވަނީ ޗެލްސީގައި މަޑުކުރާނެކަން ހާމަކޮށްފައެވެ. އެގޮތުން އޭނާ ބުނީ ޗެލްސީގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި އެކްލަބްގައި މަޑުކުރަން ބޭނުންވާ ކަމަށެވެ. އަދި ލަންޑަނަކީ އޭނާ ވަރަށް ގަޔާވާ ސިޓީއެއް ކަމަށާއި ޗެލްސީގައި މަޑުކުރުމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. 

ވިލިއަން ވަނީ ޗެލްސީއަށް ކުޅުނު 236 މެޗުގައި އެޓީމަށް 44 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 61 މެޗު ކުޅެދީ އަށް ލަނޑު ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް