23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ޕެޕޭ

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

  • ޕެޕޭ ހޯދުމަށް ހިބެއި ފޯޗިއުން އިން ވަނީ 15 މިލިއަން ޔޫރޯ ހުށަހަޅާފަ
ލީވާން އަލީ | MrLeevaan

| 26 ޖެނުއަރީ 2017 | ބުރާސްފަތި 00:48 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕެޕޭ -- ގޫގުލް

ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު, ޕޯޗުގަލް ޑިފެންޑަރު ޕެޕޭ ޗައިނާ ލީގަށް ބަދަލުވާން އެޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ގޯލްޑޮޓްކޮމް އިން ބުނީ ޗައިނީޒް ސުޕާ ލީގުގެ ހިބެއި ފޯޗިއުން އިން ޕެޕޭ ހޯދުމަށް ޝައުގުވެރިވާ ކަމަށާއި، އެގޮތުން 15 މިލިއަން ޔޫރޯގެ ހުށަހެޅުމަށް ޕެޕޭ އަށް އެޓީމުން ވަނީ ހުށަހަޅާފައިވާ ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑް އަދި ޔުވަންޓަސް އިންވެސް ހޯދުމަށް ޝައުގުވެރިވާ ޕެޕޭ މި ސީޒަނަށްފަހު އެޓީމް ދޫކޮށްލާނެކަމަށް ރިޕޯޓްތައް ބުނާއިރު، ޖެނުއަރީ ޓްރާންސްފާގައިވެސް ބައެއް ކްލަބްތަކުން އޭނާ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ.

ޕޯޓޯ އިން 2007 ވަނަ އަހަރު ރެއާލް އަށް ބަދަލުވި ޕެޕޭ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 10 ސީޒަނުގައި 327 މެޗު ކުޅެދީ 14 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލިގު، ޔުއެފާ ސުޕާކަޕް، ފީފާ ކްލަބް ވޯލްޑްކަޕް، ސްޕެނިޝް ލަލީގާ، ކޮޕާޑެލްރޭ އަދި ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްފަ އެވެ.

މީގެއިތުރުން އޭނާ ވަނީ ޕޯޗުގަލް ޓީމާއެކު ނިމިގެންދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކުޅެ އެ މުބާރާތް އެޓީމާއެކު ކާމިޔާބުކޮށްފައެވެ. އެ މުބާރާތަކީ ޕޯޗުގަލް އިން އެޓީމުގެ ފުޓުބޯޅަ ތާރީހުގައި ކާމިޔާބުކުރި ފުރަތަމަ ބައިނަލްއަގުވާމީ ތައްޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް