
| 7 އޯގަސްޓު 2018 | އަންގާރަ 17:15 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ސައުދީގެ އެހީއާއެކު މެލޭޝިއާގައި ގާއިމުކޮށްފައިވާ އެންޓި-ޓެރަރިޒަމް ސެންޓަރު، މެލޭޝިއާގެ އާ ސަރުކާރުން ބަންދުކުރުމަށް އަމުރުކޮށްފިއެވެ.
މި ސެންޓަރު ބަންދުކުރުމަށް ވަކި ސަބަބެއް އަންގާފައިވާނުވާއިރު، މި ސެންޓަރު ބަންދުކުރަން މި ޖެހުނީ ހުޅުވިތާ 13 މަސްވެސް ނުވަނީހެއެވެ.
މެލޭޝިއާގެ ޑިފެންސް މިނިސްޓަރު މުހައްމަދު ސަބޫ އާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، "ދަ ކިންގް ސަލްމާން ސެންޓާ ފޯ އިންޓަނޭޝަނަލް ޕީސް (ކޭ.އެސް.ސީ،އައި.ޕީ)" ގެ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށާއި އަދި އެތަނުގެ މަސައްކަތްތައް ދެން ކުރާނީ "މެލޭޝިއަން އިންސްޓިޓިއުޓް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ" އިން ކަމަށެވެ.
ސައުދީގެ އެހީއާއެކު މެލޭޝިއާގައި ގާއިމުކޮށްފައިވާ އެންޓި-ޓެރަރިޒަމް ސެންޓަރު ބަންދުކުރި ސަބަބެއް މެލޭޝިއާގެ މިހާރުގެ ސަރުކާރުން ހާމަކޮށްފައިނުވާއިރު، ސަރުކާރުގެ މިއަަމަލަށް ފާޑުވިދާޅުވެ މެލޭޝިއާގެ ކުރީގެ ޑިފެންސް ހިޝާމުއްދީން ހުސެން ވިދާޅުވީ 2017 ގައި އޭރުގެ ސަރުކާރުން ހުޅުވި ސެންޓަރަކީ "ހައްދުފަހަނައަޅައި ދިޔުން" ހުއްޓުވުމަށް ވަރަށް މުހިއްމު ތަނެއް ކަމަށެވެ.
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގުގެ ދައުުރުގައިި މެލޭޝިއާގައި ސައުދީގެ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ބައެއް ފާރަތްތަކުން ބުނެއެވެ.
މެލޭޝިއާގައި މޭ 2018 ގައި ބޭއްވި އާއްމު އިންތިޚާބު ކާމިޔާބު ކުރައްވާ މިހާރު ވެރިކަމުގައި ހުންނެވި ބޭފުޅަކީ ޑރ. މާހާތީރް މުހައްމަދުއެވެ. މަހާތީރް ވަނީ 1981 އިން 2003 އަށް ވެސް މެލޭޝިއާގެ ބޮޑު ވަޒީރުކަން ކުރައްވާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް