18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އެލިއާ

ބޯޓް އޮޕަރޭޓަރސް ޓްރެއިނިންގ ޕްރޮގްރާމް އެލިއާ އިން ފަށައިފި

  • ޕްރޮގްރާމް ކުރިއަށްދާނީ ތިން ދުވަހުގެ މުއްދަތަށް
  • މިއީ އެލިއާ އިން ޓްރެއިންގް ޕްރޮގްރާމް ބާއްވާ 5 ވަނަ އަހަރު
  • މި ޓްރެއިންގް ޕްރޮގްރާމަކީ ލޯންޗްތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް އަމާޒުކޮށްގެން ބާއްވާ ޕްރޮގްރާމެއް
ސިމާހާ ނަސީމް | sim_kamana

| 7 އޯގަސްޓު 2018 | އަންގާރަ 13:52 | |

މަގުބޫލް

  1. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ބޯޓް އޮޕަރޭޓަރސް ޓްރެއިނިންގ ޕްރޮގްރާމްގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިލައިގެން -- އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

އެލިއާ އިންވެސްޓްމަންޓްސް އާއި މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ބޯޓް އޮޕަރޭޓަރސް ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޓްރެއިންގް ޕްރޮގްރާމަކީ ލޯންޗްތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް އަމާޒުކޮށްގެން ބާއްވާ ޓްރެއިނިންގް ސެޝަންތަކެކެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް ފަސްޓް އެއިޑް، ފަޔަރ ފައިޓިންގެ އިތުރުން އައުޓްބޯރޑް އިންޖީނާއި ބެހޭ މައުލުމާތާއި، ކަނޑުމަތީ ދިމާވެދާނެ ނުރައްކާތަކާއި ދިމާވާ ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކަކީ ކޮބައިކަން ކިޔާދެވޭނެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޓްރެއިނިންގް ޕްރޮގްރާމް ފައްޓައިދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހެއިރުއެވެ.

މި ޓްރެއިނިންގް ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެލިއާގެ ޖެނެރަލް މެނޭޖަރ އަހްމަދު ސައީދު ވިދާޅުވި ގޮތުގައި އެލިއާ އިން ދަނީ ޔަމަހާގެ ފަހުގެ އުފެއްދުންތައް ރާއްޖެއަށް ގެންނަމުން ކަމަށާއި އަދި މިއަހަރުގެ ތެރޭގައި ދިރާސާތަކެއް ވެސް ކުރިޔަށް ގެންދާނެ ކަމަށެވެ. 

މި ރަސްމިއްޔާތުގައި އެލިއާގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީ ވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ސާފު ވެއްޓެއް ގޮތުގައި ބޭއެވުމަށް ހުރިހާ ބައިވެރީންނަށް އިލްތިމާސް ކޮށްފައެވެ.

މި ޓްރެއިނިންގް ސެޝަންތަކުގައި ބައިވެރިވުމަށްޓަކައި ޔަމަހާގެ އޯވަރސީސް މާރކެޓް ޑިވެލޮޕްމަންޓް އޮޕަރޭޝަންސް ގްރޫޕް މެނޭޖަރ އޮޓްސޫކީ ކެންޖީ ރާއްޖެއަށް ވަޑައިގެންފައިވާ ކަމަށް އެލިއާ އިން ބުންޏެވެ.

މި ޓްރެއިނިންގް ސެޝަންގައި އެކި އެކި ރިސޯޓްތަކުންނާއި ކަނޑު އުޅަނދު ފަހަރު ގެންގުޅޭ އެކި އެކި ކުންފުނި އަދި ސަރުކާރުގެ ބައެއް އިދާރާތައް ބައިވެރިވިއެވެ. މިއީ އެލިއާ އިން ޓްރެއިންގް ޕްރޮގްރާމް ބާއްވާ ފަސް ވަނަ އަހަރެވެ.

އެލިއާ އިން ޔަމަހާ އައުޓްބޯޑް އިންޖީނު ރާއްޖޭގައި ވިއްކާތާ ވަނީ 44 އަހަރުވެފައެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް