22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ރައީސް ޑޮނަލްޑް ޓްރަމްޕް

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

  • ވިސާ ދޫކުރުން ހުއްޓާލަނީ ސީރިޔާ، އިރާގް، އިރާން، ލީބިޔާ، ސޯމާލިޔާ، ސޫދާން އަދި ޔަމަނުން
ރުޝްދާ ރަޝީދު | rushdhar

| 25 ޖެނުއަރީ 2017 | ބުދަ 23:36 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ގަރާރުގައި ސޮއި ކުރައްވަނީ -- ގޫގުލް

ހަތް ގައުމަކުން އެމެރިކާއަށް އަންނަ މީހުންނަށް ވިސާ ދިނުން ހުއްޓާލުމުގެ ގަރާރެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭގެ ވަގުތެއްގައި ސޮއި ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ގިނަ މީޑިއާތަކުން ރިޕޯޓު ކޮށްފި އެވެ.

ވައިޓްހައުސްގެ ބައެއް އޮފިޝަލުންނާ ހަވާލާދީ، މީޑިޔާ ރިޕޯޓުތަކުގައި ބުނެފައިވަނީ ސީރިޔާ، އިރާގް، އިރާން، ލީބިޔާ، ސޯމާލިޔާ، ސޫދާން އަދި ޔަމަނުން އެމެރިކާއަށް އަންނަ އެއްވެސް މީހަކަށް ވިސާ ނުދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޓްރަމްޕްގެ ސިޔާސަތުތަކާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ވައިޓްހައުސްގެ ތަރުޖަމާނު ޝޯން ސްޕައިސާ ވިދާޅުވީ ޓްރަމްޕް އެންމެ ބޮޑަށް އިސްކަންދެއްވާ ކަމަކީ އެމެރިކާގެ ރައްޔިތުންގެ ސަލާމަތްކަމަށާއި އެކަމަށް ބުރޫ އަރާ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނޭ ކަމަށެވެ.

މީގެ އިތުރުން އެމެރިކާ އާއި މެކްސިކޯގެ މެދުގައި ފާރެއް ރޭނުމުގެ މަސައްކަތަށް ބޭނުންވާ އަމަރުގައި މިރޭ ޓްރަމްޕް ސޮއިކުރައްވާނޭ ކަމަށްވެސް ބެލެވެ އެވެ.

މެކްސިކޯއިން ގަވާއިދާއި ހިލާފަށް އެތެރެވާ މީހުން ހުއްޓުވުމަށް ފާރެއް ގާއިމްކުރުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. މިފާރަށް ހަރަދު ކުރާނީ މެކްސިކޯގެ ސަރުކާރުން ކަމަށްވެސް ޓްރަމްޕް ވަނީ އިއުލާންކުރައްވާފަ އެވެ. ޓްރަމްޕްގެ ސަޕޯޓަރުންގެ މެދުގައި މި ވައުދަކީ މަގުބޫލު ވައުދެއް ނަމަވެސް، މިކަމަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވެ އެވެ.

މެކްސިކޯ ސަރުކާރުން މި މަޝްރޫއަށް އެއްވެސް ހަރަދެއް ނުކުރާނޭ ކަމަށް ބުނެފަ އެވެ. އަންނަ ހަފްތާގައި މެކްސިކޯގެ ރައީސް އެންރީކޭ ޕޭންޔާ ނިއޭޓޯ އާއެކު އަންނަ ހަފްތާގައި ބާއްވާ ބައްދަލުވުމުގައި މި މައްސަލައާބެހޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ޓްރަމްޕްގެ ބައެއް އެޑްވައިޒަރުން ވަނީ ވިދާޅުވެފަ އެވެ.

ކެމްޕޭން ދުވަސްވަރު ޓްރަމްޕް ވަނީ މެކްސިކޯއަކީ ޑްރަގް ޑީލަރުންނާއި ރޭޕިސްޓުން އެމެރިކާއަށް އެކްސްޕޯޓު ކުރާ ގައުމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި، އެމެރިކާގައި ދިރިއުޅޭ މުސްލިމުން މޮނިޓަރ ކުރުމުގެ ގޮތުން ރެޖިސްޓްރީ އެއް ތައާރަފްކޮށް، މިހާރު އަމަލުކުރަމުންދާ އުސޫލުތައް އިތުރަށް ހަރުކަށި ކުރައްވާނޭ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް