24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

އީރާނުގެ ނިއުކްލިއަރ މައްސަލަ

ދަތިކުރުމުގެ ފިޔަވަޅުގެ ތެރޭ އޮވެ އެމެރިކާއާއާ ވާހަކައެއް ނުދެއްކޭނެ: ރޫހާނީ

  • އެމެރިކާގެ ނިންމުމާއި ޔޫރަޕު ދެކޮޅު
  • ސައްހަ ގޮތުގައި ކުރެވޭ ވިޔަފާރިތައް ރައްކާތެރިކޮށްދޭނަން:ޔޫރަޕު
އަބުދުﷲ މުހައްމަދު | 8Abbo

| 7 އޯގަސްޓު 2018 | އަންގާރަ 09:30 | |

މަގުބޫލް

  1. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  6. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  7. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  8. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!


އީރާނުގެ ރައީސް ހަސަން ރޫހާނީ -- އޭޕީ

ނިއުކްލިއަރ އެއްބަސްވުމުގެ ކުރިން އެމެރިކާއިން އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަނބުރާ އިއާދަކުރުމުން އިރާނުގެ ރައީސް ހަސަން ރޫހާނީ އެމެރިކާއަށް ރައްދުދެއްވައިފިއެވެ.

އެމެރިކާގެ ނިންމުން ރޫހާނީ ސިފަކުރައްވާފައިވަނީ ނަފްސާނީ ގޮތުން ކުރާ ހަނގުރާމައެއްގެ ގޮތުގައެވެ.

މީގެ އިތުރުން އެކަމަކީ އީރާނުގެ ރައްޔިތުންގެ މެދުގައި ބައިބަވުން އުފެއްދުމަށް ކޮށްފައިވާކަމެއްގެ ގޮތުގައި އެ މަނިކުފާނުވަނީ ސިފަކުރައްވާފައެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އީރާނުގެ އެކި ސެކްޓަރ ތަކަށް އަމާޒުކުރެވިފައިވާއިރު އީރާނުގެ ތެލުގެ ވިޔަފާރިއަށް އަމާޒުކޮށް އިތުރު ދަތިކުރުންތަކެއްވަނީ ރާވާފައެވެ.

ވިލާތުގެ އިއްތިހާދުންވަނީ އެމެރިކާގެ ނިންމުމާއި ދެކޮޅަށް ވާހަކަދައްކާފައެވެ. އެ ޖަމާއަތުންވަނީ ސައްހަ ގޮތުގައި ކުރެވޭ ވިޔަފާރިތައް ރައްކާތެރިކޮށްދިނުމަށް ވައުދުވެފައެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާފައިވަނީ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން ނުވަތަ އިރާން ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވިކަމަށް މިއަހަރުގެ ކުރީކޮޅު ހާމަކުރުމަށްފަހުއެވެ.

ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެެމެރިކާ އާއި، ރަޝިއާ އާއި، ޗައިނާ އާއި، ފްރާންސާއި، އިނގިރޭސިވިލާތާއި، ޖަރުމަނު ވިިލާތުން، އީރާނާ އެކު، ވި ނިއުކްލިއަރ އެއްބަސްވުން ގާއިމް ކުރީ 2015 ވަނަ އަހަރުއެވެ.

މި އެއްބަސްވުމުގެ ދަށުން އީރާނުންވަނީ އެ ގައުމުގެ ނިއުކްލިއަރ ހަރަކާތްތައް މަދުކުރުމަށް އެއްބަސްވެފައެވެ އަދި އޭގެ ބަދަލުގައި އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރުމަށް ދުނިޔޭގެ ބާރުތަކުންވަނީ އެއްބަސްވެފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އެ އެއްބަސްވުމަކީ އެއްފަރާތަކަށް ޖެހިފައިވާ އެއްބަސްވުމެއްކަމަށެވެ.އަދި ރައީސް ޓްރަމްޕްވަނީ އަލަށް އެޅުނު ދަތިކުރުމުގެ ފިޔަވަޅުތަކަކީ އީރާނުން ހިންގާ "ޝައިތާނީ" އަމަލުތައް ހުއްޓާލާނެ އެއްބަސްވުމަކަށް ބާރު އެޅޭނެކަމެއްކަމަށެވެ.

އެމެރިކާއިން އީރާނަށް ކުރިން އަޅާފައި އޮތް ފިޔަވަޅުތައް އަލުން އެޅުމަށް އަންގައި ރައީސް ޓްރަމްޕް ރިޔާސީ ގަރާރުގައި ސޮއިކުރައްވައި އެ ނިންމުން ތަންފީޒު ކުރައްވަން ފައްޓަވާފައިވަނީ އީސްޓަރން ޓައިމްއިން 00:01 ގައެވެ.

އަންގާރަ ދުވަހުންފެށިގެން ފިޔަވަޅު އަޅާފައިވާ ދާއިރާ ތަކުގެ ތެރޭގައި:

-އީރާނު ސަރުކާރާއިއެކު އެމެރިކާ ޑޮލަރުގެ މުއާމަލާތްކުރުން

-އިރާނުގެ ރަނާއި އެހެނިހެން މައުދަނުގެ ވިޔަފާރި

-ގްރެފައިޓް،އެލުމެނިއަމް،ދަގަނޑު، ބޯޓުދެލި،ސޮފްޓްވެއަރ ބޭނުންކޮށްގެން ކުރެވޭ އިންޑަސްޓްރިއަލް ބޭނުންތައް

-އީރާނުގެ ފައިސާ، ރިއާލް ބޭނުންކޮށްގެން ހިންގޭ ޓްރާންސެކްޝަންތައް

-އީރާނުގެ ދަރަނީގެ މުއާމަލާތްތައް

-އިންޖީނު އުޅަނދު އުފެއްދުމުގެ އިންޑަސްޓްރީ

މިއީ ފުރަތަމަ ފިޔަވަހީގައި ފިޔަވަޅު އަޅާފައިވާ ދާއިރާތައް ކަމަށްވާއިރު ނޮވެމްބަރު މަހުގެ 5ން ފެށިގެން ފިޔަވަޅު އެޅޭ ދާއިރާތަކުގެ ތެރޭގައި އިރާނުގެ ހަކަތައާއި ޝިޕިންގ ދާއިރާ، އަދި ޕެޓްރޯލިއަމް ވިޔަފާރިއާއި، އީރާނުގެ މަރުކަޒީ ބޭންކް މެދުވެރިކޮށް ބޭރުގެ ފަރާތްތަކާއި ހިންގޭ ފައިސާގެ މުއާމަލާތްތައް ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް