18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އުުތުރު ކޮރެއާ - އެމެރިކާ

އުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިންގެ ބައްދަލުވުމެއް އަނެއްކާ ވެސް ބާއްވަނީ

  • ޖޫން މަހު ދެ ގައުމުގެ ވެރިންގެ މެދުގައި ތާރީހީ ބައްދަލުވުމެއް ވަނީ ބާއްވާފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 6 އޯގަސްޓު 2018 | ހޯމަ 23:16 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ރައީސް ޓްރަމްޕް (ކ) އަދި އުތުރު ކޮރެއާގެ ލީޑަރު -- ގޫގުލް

އުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިންގެ ދެވަނަ ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އުތުރު ކޮރެއާ އިން ގަބޫލުކުރާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ސީއެންއެން އިން ރިޕޯޓުކުރާ ގޮތުން މި މައުލޫމާތު އެނގިފައި ވަނީ އުތުރު ކޮރެއާގެ ކަންކަން ރަނގަޅަށް އެނގޭ އޮފިޝަލަކާ ހަވާލާދީއެވެ. ސީއެންއެން އަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވީ އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިންގެ ދެމެދުގައި ސިޓީތަކެއް ބަދަލުކުރެވުނު ކަމަށާއި އެއީ ދެ ބޭފުޅުންގެ ދެވަނަ ބައްދަލުވުމެއް އޮވެދާނެ ކަމުގެ ފެހި ސިގުނަލެއް ކަމަށެވެ. އޮފިޝަލް ވިދާޅުވީ ދެ ގައުމުގެ ވެރިންގެ ބައްދަލުވުން އޮންނާނެ ތާރީޚާއި އަދި ތަން ހަމަޖައްސަން ޖެހޭ ކަމަށާއި ބައްްދަލުވުން އޮންނާނީ "މިއަހަރުގެ ފަހުކޮޅު ކަމަށެވެ." 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިން ޖޮން އުން ވަނީ ޖޫން މަހު ދެ ބޭފެޅުންގެ ދެމެދުގައި، ތާރީޚީ ބައްދަލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލުވުން ބޭއްވީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ގެންގުޅުމުން ދުރުވުމަށް ބާރު އެޅުމަށެވެ. ބައްދަލުވުމުގައި އުތުރު ކޮރެއާގެ ލީޑަރު ވަނީ ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓަވާލައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. އެހެން ނަމަވެސް ބައްދަލުވުމުގައި ދެ ފަރާތުން ވައުދުވެވަޑައިގެންނެވި ކަންކަން ހަސީލުވޭތޯ ވަނީ ސުވާލު އުފެދިފައެވެ. އެގޮތުން ދާދިފަހުން އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރު ވިދާޅުވެފައި ވަނީ ޖޫންގައި ބޭއްވުނު ބައްދަލުވުމާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އެމެރިކާ އިން އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަދިވެސް އެގޮތަށް އަޅާފައި އެބައޮތް ކަމަށެވެ. އަދި "ކޮރެއާ ހަނގުރާމައިގެ" ސުލްހައިގެ ޓްރީޓީއެއް އަދިވެސް އެކުލަވާނުލެވޭ ކަަމަށެވެ. 

އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމް ކުރިއަށް ގެންދާތީ އެގައުމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ވަނީ ބޮޑެތި ދަތިކުރުމުގެ ފިޔަވުތައް އަޅާފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް