16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ިއިންޑޮނޭޝިއާ

އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 100

  • ރައީސް ޖޯކޯ ވިޑޯޑޯ ވަނީ އަވަސް ފުރުސަތެއްގައި ހާލުގައި ޖެހިފައިވާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް އަންގަވާފައި
  • 98 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ
އަހުމަދު އަނޫޝު | IamAhmedAnoosh

| 6 އޯގަސްޓު 2018 | ހޯމަ 16:48 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


އާދީއްތަ ދުވަހު އިންޑޮނީޝިއާގެ ލޮމްބޮކް އަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކެއް -- ބީބީސީ

އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ލޮމްބޮކް އަށް އާދީއްތަ ދުވަހު 6.9 މެގްނިޓިއުޑްގައި އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ގާންގަނޑަކަށް 100 އަށް އަރައިފި ކަމަށާއި އަދި 10،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

މަންޒަރު ދުށް މީހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން ލޮމްބޮކް އަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެތައް ހާސް އިމާރާތެއް ހަލާކުވެ، މުވާސާލަތީ އަދި ކަރަންޓުގެ ޚިދުމަތަށް ވަނީ ބުރޫއަރާފައެވެ. އަދި ބިންހެލުން އައި ލޮމްބޮކްއާ ގާތުގައި އޮންނަ ގިލި އައިލެންޑްސްގައި ތިބި 1000 ފަތުރުވެރިއަކު ވެސް ވަނީ ރައްކާތެރި އެހެން ސަރަހައްދަކަށް ބަދަލުކޮށްފައެވެ. 

ފަރުބަދައަށް އެރުމަށާއި ރީތި ގޮނޑުދޮށްތަކުގެ ސަބަބުން ޓޫރިސްޓުންގެ މެދުގައި މަގުބޫލު ލޮމްބޮކްއަށް އާދީއްތަ ދުވަހު ބާރު ގަދަ ބިންހެލުމެއް އައިސްފައިވާ އިރު، އޭގެ ކުރީ ހަފްތާގެ އާދީއްތަ ދުވަހު ލޮމްބޮކްއަށް އައި ބިންހެލުމުގައި 16 މީހުން މަރުވެފައި ވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓޫރިސްޓުން ޝައުގެވެރިވާ ލޮމްބޮކް އޮންނަނީ ޓޫރިސްޓް މަންޒިލެއް ކަމަށްވާ ބާލީގެ އިރުން 40 ވަރަކަށް ކިލޯމީޓަރު ދުރުގައެވެ.

ބާލީ އާއި ލޮމްބޮކްގެ އާބާދީ ގާތްގަނޑަކަށް ހަތަރު މިލިއަނަށް އަރާ އިރު، އަހަރެއްގެ ތެރޭގައި ދެ ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އެތައް މިލިއަނަކަށް އަރައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް