18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ވަޒީފާގެ ފުރުސަތު

ސަރުކާރުން އުފެއްދި ވަޒީފާތަކުގައި ބިދޭސީން!

  • ގިނަ ފިހާރަތަކުގައިި އަދިވެސް ކޭޝިއަރުންގެ ގޮތުގައި މަސައްކަތް ކުރަނީ ބިދޭސީން
  • އިމިގްރޭޝަނާއި، އިކޮނޮމިކް މިނިސްޓްރީން މޮނީޓާރ ކުރާނެ ކަމަށް ބުނި ނަމަވެސް މިމައްސަލައަށް ސަމާލުކަމެއް ދޭތަނެއް ނުފެނޭ
  • ޒުވާނުންނަށް ގިނަ ވަޒީފާގެ ފުުރުސަތުތައް ހޯދައިދިނުމަކީ މިސަރުކާރުގެ ވައުދެއް
އަމްނާ އިމާދު | @amnabinthimad

| 6 އޯގަސްޓު 2018 | ހޯމަ 14:52 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  3. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  4. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  8. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް


ބިދޭސީންތަކެއް ފިހާރައަކަށް މުދާ ވައްދަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހި ޒުވާނުންނަށް ގިނަ ވަޒީފާތައް އުފައްދައިދޭނެ ކަމަށާއި، މިހާރު ގިނަ ޒުވާނުންނަށް ވަޒީފާ ލިބިފައިވާ ކަމަށް ސަރުކާރުގެ އިސްވެރިން ޕޯޑިއަމްތަކުގައި ވިދާޅުވެ، އަންނަނީ ބާރަށް އަތް ޖަހަމުންނެވެ. ޒުވާނުންނަށް ވަޒީފާއަކަށް ބޭނުންވެ ސަލާން ޖަހަން ނުޖެހޭނެ ކަމަށާއި، ކުރާނެ މަސައްކަތެއް ނެތިގެން މަގުމަތީގައި ހޫރެން ނުޖެހޭނެ ކަމުގެ ޔަގީން ސަރުކާރުން ދިނެވެ.

ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން ޚާއްސަ ގަވާއިދެއް އެކުލަވާލައި ކޭޝިއަރުންގެ ގޮތުގައި ބިދޭސީންނަށް ނުތިބެވޭ ގޮތަށް ހަމަޖައްސާފައިއެވެ. އެއީ އެވަޒީފާތައް ދިވެހިންނަށް ހޯދައިދިނުމުގެ މަގުސަދުގައެވެ. ސަރުކާރުން 2015 ވަނަ އަހަރުގެ އޭޕްރީލް މަހު މިގެނައި ބަދަލާ އެކު އެ ދުވަސްވަރު އިމިގްރޭޝަނާއި އިކޮނޮމިކް މިނިސްޓްރީން ވަނީ ޚާއްސަ އޮޕްރޭޝަންތައް ހިންގާފައެވެ.

ބިނދޭސީ ކޭޝިއަރުން ތިބޭ ފިހާރަތައް ބޮޑު އަދަދުން ޖޫރިމަނާކޮށް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ. ބިދޭސީ ސޭޓުން ބައިތިއްބާ ނަމަ 10,000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭއިރު މިގަވާއިދު ތަންފީޒު ކުރަމުން އައި ދުވަސްވަރު ގިނަ ފިހާރަތަކެއް ވަނީ 10,000ރ. އިން ޖޫރިމަނާ ކޮށްފައެވެ.

ބިދޭސީ ކޭޝިއަރެއް މަސައްކަތުގައި 

ޖޫރިމަނާކުރުމުގެ ނަތީޖާއަކަށްވީ ބިދޭސީ ކޭޝިއަރުން ފިހާރަތަކުން މަދުވުމެވެ. ދުވަސް ދަވަހުން އިމިގްރޭޝަނުންނާއި އެކޮނޮމިކް މިނިސްޓްރީގެ މުއައްޒަފުން ނުކުމެ މޮނިޓާރ ކުރަމުންދިއައެވެ. މޮނީޓާރ ކުރަމުންދާނެ ކަން އިއުލާން ކުރުމާއި ގުޅިގެން ދިވެހި ވިޔަފާރިވެރިންނަށް އެވަޒީފާތަކަށް ދިވެހިން ހޯދަން މަޖުބޫރުވެގެންދިޔައެވެ. މިގޮތަށް ވަޒީފާ ހަމަޖެހިގެން ދިޔައީ ކުޑަ ދުވަސްކޮޅަކަށެވެ. އިމިގްރޭޝަނުންނާއި، އިކޮނޮމިކް މިނިސްޓްރީން މޮނިޓާރ ކުރާނެ ކަމަށް ބުނި ނަމަވެސް އެކަން ވެސް ދިޔައީ ފެނަށެވެ.

މިހާރު މާލޭގެ ގިނަ ފިހާރަތަކާއި، ބާޒަރުމަތީގެ ގިނަ ފިހާރަތަކުގެ ކޭޝިއަރުންނަށް ތިބީ ބިދޭސީންނެވެ. އަދި ބައެއް ފިހާރަތަކަކީ އެމީހުން ކުއްޔަށް ނަގައިގެން ނުވަތަ ސީދާ އެ މީހުންގެ ބަލުމުގެ ދަށުން ހިންގަމުން އަންނަ ފިހާރަތަކެވެ. ބާޒާރުމަތީ އާންމު މުދާ ވިއްކާ ފިހާރަކުން ދިވެހި ކޭޝިއަރެއް ހޯދުމަކީ ނާދިރު ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދި ދިވެހި މާރުކޭޓުގެ ގޮޅިތަކުން ވެސް ދިވެހި ސޭޓަކު ހޯދުމަކީ ދަތިކަމެކެވެ. 

ދިވެހި ކޭޝިއަރަކަށް މަހަކު 6000ރ. ދޭން ޖެހުމުން ވިޔާފާރިވެރިޔާ އަށް އެކަން ބޮޑުވެ 3000ރ. އަށް ކޭޝިއަރުކަން ކޮށްދޭ ބިދޭސީ މީހާގެ އަތް މައްޗައް މިހާރު މިއޮތީ ދޫކޮށްލާފައެވެ . ދިވެހި މީހާގެ ވަޒީފާ ގެއްލުނީއެވެ.

ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ކުދި ފިހާރަތަކަށް ވަދެ ވިޔާފާރި ނުކުރި ނަމަވެސް އިމިގްރޭޝަންގެ މުއައްޒަފުންނަށާއި، އެކޮނޮމިކް މިނިސްޓްރީގެ މުއައްޒަފުންނަށް މިމަންޒަރު ފެންނާނެކަން ޔަގީނެވެ. ނަމަވެސް މިހާރު މިއިން އެއްވެސް މުއައްސަސާއަކުން ކަހާތަން ހިރުވާ ވެސް ނުލައެވެ.

ރާއްޖޭއެމްވީއާ ވާހަކަ ދެއްކި ދިވެހި ކޭޝިއަރަކު ބުނީ އޭނާ ވަޒީފާއަށް ވަނީ 6500ރ. އަށް ކަމަށާއި، މިހާރު ލިބެނީ 2،300ރ. ކަމަށެވެ. މުސާރަ ކުޑަވުމުން އެކަމުގެ ޝަކުވާ ކުރި ނަމަވެސް އެކަމަށް ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"ފިހާރައިގެ ވެރިޔާ ބުނީ 2000 ރުފިޔާ އިން ބިނދޭސީން ތިބެއޭ. އެހެންވީމަ އިތުރު ނުކުރެވޭނޭ. އިތުރު ކުރަން ބޭނުންވަންޏާ ކެނޑޭށޭ. 2300 ލިބުނަސް ދެން އުޅެނީ. ކޮންމެ ވެސް އެއްޗެއް އެބަލިބޭތާ. ބޭބޭދެން ގޭގެ ކުލި ދައްކާދޭތީ މިއުޅެވެނީ. ކިޔަވާ ނިމެންދެން ވެސް އެބަ ޖެހޭ މިހެން އުޅުން. ހެނދުނު 7 އިން މެންދުރު ފަހު 3 އަކަށް މަސައްކަތް ކުރާއިރު 2300 ވަރތެއް ނޫން" ފިހާރައެއްގައި މަސައްކަތް ކުރާ ދިވެހި ކޭޝިއަރެއް ބުންޏެވެ.

މީގެ އިތުރުން ކޭޝިއަރުކަން ކުރުމަށް ފަހު ވަޒީފާ އިން ވަކިގެން އުޅޭ ޒުވާނަކު ބުނީ އޭނާ ވަކިވީ މުސާރަ ކުޑަކުރާނެ ކަމަށް ފިހާރައިގެ ބޮޑު ބުނުމުން ކަމަށާއި، 3000ރ. އިން ނޫޅެވޭނެ ކަން އެނގޭތީއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ބައެއް ވިޔަފާރިވެރިން ބުނީ ކުދި ފިހާރަތަކުން އެކަށީގެންވާވަރުގެ ފައިދާއެއް ނުލިބޭ ކަމަށާއި، ދިވެހި އެންމެ މީހަކަށް ދޭ މުސާރަ ބަހާލުމަށް ފަހު ތިން ބިދޭސީން ގެންގުޅެވޭ ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް ބަލަނީ އެމީހަކު ފައިދާވާ ގޮތް ކަމަށް އެ މީހުން ބުންޏެވެ.

މާލޭގެ ގިނަ ފިހާރަތަކުގައި ބިދޭސީ ކޭޝިއަރުން ތިބުމާ ގުޅިގެން މިމައްސަލައިގެ ބަހެއް ހޯދުމަށް އިމިގްރޭޝަނާއި އިކޮނޮމިކް މިނިސްޓްރީ އަށް ގުޅި ނަމަވެސް މިއިން އެއްވެސް ތަނަކުން ވަނީ ޖަވާބެއް ލިބޭ ގޮތް ނުވެފައެވެ. ސަރުކާރުން ދިވެހި ޒުވާނުންނަށް ވަޒީފާ މިގޮތަށް ހަމަޖައްސައިދޭ ނަމަ ދިވެހި ޒުވާނުން ތިބެންޖެހޭނީ ދެ ދުވަހުން އެއް ދުވަހު ނުކައިކަން ޔަގީނެވެ.

ދިވެހި ވިޔަފާރިވެރިން ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ގެންގުޅުމުގެ ވިސްނުން ހުރިއިރު މިގަވާއިދު ތަންފީޒުކުރުމަށް ސަރުކާރުން ވެސް ހަރުކަށިވާން އެބަޖެހެއެވެ. އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ މިފަދަ މިމައްސަލަތަކުގައި ދޯދިޔާވުމަކީ ހަރުދަނާ ކަމަށް ދައުވާ ކުރާ ސަރުކާރަކުން ކުރުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަން ޔަގީނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް