20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރީރަޖިސްޓްރޭޝަން

އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ފޯމު ފުރުމަށްފަހު ރީރަޖިސްޓްރީ ނުވާ މައްސަލަ: މާރިޔާ

  • މިފަދަ ޝަކުވާތައް ސިވިލް ސަރވިސް މުވައްޒަފުން އަންނަނީ ކުރަމުން
  • ރަޖިސްޓްރީ ނުވާ ފަރާތްތަކުން ރީރަޖިސްޓްރީ އަލުން ކުރަންޖެހޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 6 އޯގަސްޓު 2018 | ހޯމަ 14:22 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ -- އާކައިވް

ރީރަޖިސްޓްރީ ކުރުމުގައި އެންމެ ގިނަ ފަރާތްތަކުން ކުރާ ޝަކުވާއަކީ ރީރަޖިސްޓްރީކުރުމަށް ފޯމު ފުރުމަށްފަހު ރަޖިސްޓްރީ ނުވާ މައްސަލަ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓް ކެފޭގައި ބޭއްވި ރަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުން ލައްވާ ފޯމު ފުރުމަށްފަހުގައި އެތަށް ދުވަހެއް ވެގެންދާއިރު ރަޖިސްޓްރީ ނުވާ ކަމަށް  ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހޮޓްލައިން އަށް ގުޅައި ގިނަ ފަރާތްތަކަކުން ޝަކުވާ ކުރަމުންދާ ކަމަށެވެ.

އިންތިހާބުގައި ވޯޓަށް މަކަރު ހަދާ ކަމުގައިވާ ނަމަ އެކަމުގެ މައުލުމާތު ހިއްސާކުރެއްވޭނެ ގޮތްތަކެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން jazeeraraajje.org/complaints  ވެބްސައިޓަށް ގޮސްގެން އިންތިހާބާ ބެހޭ ގޮތުން ބޭނުންވާ ޝަކުވާއެއް ހުށަހެޅޭނެއެވެ.

" އެންމެ ފުރަތަމަ ހުރިހާ ބޭފުޅުންވެސް 1414 އަށް އެސްއެމްއެސް ކުރައްވާ ރަޖިސްޓްރީވެފައިވޭތޯ ޔަގީން ކުރުން މުހިއްމު. މިހާ ހިސާބަށް އައިރު ރަޖިސްޓްރީ ނުވެ އޮތް ކަމުގައިވާ ނަމަ ތިބޭފުޅުންނަށް އިތުބާރު ހުރި ފަރާތަކާ ގުޅުއްވައިގެން ނުވަތަ އަމިއްލަފުޅަށް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ރީރަޖިސްޓްރީ ކުރައްވަމުން ގެންދަވަންވީ." މާރިޔާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް