24 ސެޕްޓެންބަރ 2018 | ހޯމަ | 05 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

އީދު ބަންދުގައި ބޭންކްތައް ހުޅ

އީދު ބަންދުގެ ތެރެއިން މިމަހުގެ 22 ގައި އެމްއެމްއޭއާއި ބޭންކްތައް ހުޅުވާނެ

 • އެމްއެމްއޭއިން މިގޮތަށް ނިންމީ އޮގަސްޓް މަހުގެ 19 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިއްޖެނަމަ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 6 އޯގަސްޓު 2018 | ހޯމަ 11:27 | |

މަގުބޫލް

 1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
 2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
 3. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
 4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
 5. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
 6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
 7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
 8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) -- ގޫގުލް

ކުރިއަށް އޮތް ބޮޑު އީދުގައި ހަފްތާއަކަށް ރަސްމީ ބަންދު އަންނާތީ އޮގަސްޓް މަހުގެ 22 ވާ ބުދަ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކްތަކުން ހިދުމަތްދޭން ނިންމައިފިއެވެ.

އެމްއެމްއޭއިން ބުނީ އަޟްހާ އީދުގެ މުނާސަބަތުގައި އޮގަސްޓް މަހުގެ 19 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިއްޖެނަމަ، އެމްއެމްއޭ އާއި ބޭންކްތަކާއި އެމްއެމްއޭ އިން ރެގިއުލޭޓްކުރާ އެހެން މާލީ އިދާރާތައް އާންމުންނަށް ހިދުމަތް ދިނުމަށް އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ހުޅުވާފައި ހުންނާނެ ކަމަށެވެ.

އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އެމްއެމްއޭ އިން ހިދުމަތް ދޭނެ ގަޑިތައް:

 • ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް: ހެނދުނު 8:30 ން 14:00 އަށް
 • ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތް: ހެނދުނު 8:30 އިން 11:00 އަށް
 • ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 8:30 އިން 15:00 އަށް.

ކަލަންޑަރުގައިވާ ގޮތަށް މި އަހަރުގެ ހައްޖުމަހުގެ ފުރަތަމަ ދުވަސް އޮގަސްޓު 20 ވާ އާދީއްތަ ދުވަހަށް ވެއްޖެނަމަ، އޮގަސްޓު 19 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވަނީ ނިންމަވާފައެވެ. މިގޮތަށް ހަމަޖެއްސެވީ، އޮގަސްޓު 19 ވަނަ ދުވަހު އޮފީސްތައް ހުޅުވޭގޮތަށް އޮވެއްޖެނަމަ، އަޟްހާ އީދާ ގުޅިގެން ޗުއްޓީގައްޔާއި އެނޫން އެހެނިހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިކަމެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް