21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

އެމްއައިބީ

އެމްއައިބީއިން ދެ އޭޓީއެމް ހުޅުވައިފި

  • މިއަދު ހުޅުވިގެން ދިޔައީ އެމްއައިބީގެ 12ވަނަ އޭޓީއެމް
  • އެބޭންކުން އަންނަނީ އިތުރު އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުން
އަމްނާ އިމާދު | @amnabinthimad

| 6 އޯގަސްޓު 2018 | ހޯމަ 11:04 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
  8. ބެގް، ބޮރޯ އޯރ ސްޓީލް


އެމްއައިބީގެ އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އަމީނީ ބިލްޑިންގް ކައިރީގައި ގާއިމްކުރި ދެ އޭޓީއެމް ހުޅުވައިފިއެވެ.

އަމީނީމަގުގައި ގާއިމުކުރި އެ ދެ އޭޓީއެމް ހުޅުއްވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއައިބީގެ އެކްޓިން ސީއީއޯ އަހުމަދު ރިޒާއެވެ.

އޭޓީއެމް ހުޅުއްވައިދެއްވުމަށްފަހު ރިޒާ ވިދާޅުވީ މިއަދު ހުޅުވާފައިވަނީ އެ ބޭންކްގެ 12 ވަނަ އޭޓީއެމް ކަމަށެވެ. މިހާރު ވެސް އާ އޭޓީއެމްތަކެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ އެ އޭޓީއެމްތައް ގާއިމްކުރި ސަރަހައްދަކީ ބިމުގެ ޖާގަދަތި ސަރަހައްދެއް ކަމަށާއި، އެމްއައިބީއަށް އޭޓީއެމްއެއް އަމީނީ ބިލްޑިންގް ކައިރީގައި ގާއިމްކުރެވުނީ އެމްއެންޔޫގެ ދީލަތި އެހީގެ ސަބަބުން ކަމަށެވެ.

"އެމްއެންޔޫގެ މިސަރަހައްދުގައި ދެއޭޓީއެމް މިހުޅުވުނީ ވަރަށް މަސައްކަތުން. މިސަރަހައްދުގައި ވެސް މީގެ ކުރިން އޭޓީއެމްއެއް އޮޕަރޭޓް ކުރިން. އެކަމަކު ދިމާވި ސަބަބުތަކާހުރެ އަޅުގަނޑުމެން އޭޓީއެމް ކްލޯސްކޮށްލަން ޖެހުނީ. ދެން މިސަރަހައްދުން ރަނގަޅު ލޮކޭޝަނެއް ލިބޭތޯ މަސައްކަތްކޮށްގެން އަޅުގަނޑުމެންނަށް އެމްއެންޔޫއިން ދީލަތި އެހީއާއެކު މިސަރަހައްދުން ސްޕޭސެއް ދެއްވި" ރިޒާ ވިދާޅުވިއެވެ.

އަމީނީ ބިލްޑިންގ ސަރަހައްދަކީ އޮފީސްތަކާއި، ޔުނިވާސިޓީ، ކޮލެޖް، އަދި ސްކޫލު ކުދިން ވަރަށް ގިނަ ސަރަހައްދެންކަން ފާހަގަކުރައްވާ ރިޒާ ވިދާޅުވީ މިއޭޓީއެމްތަކުގެ ސަބަބުން އާންމުންނަށް އެތައް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ރިޒާ ވިދާޅުވީ މާލެ ސިޓީގައި ގިނަ އޭޓީއެމްތައް ބަހައްޓަން މަސައްކަތް ކުރި ނަމަވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޭޓީއެމް ބަހައްޓާނެ އެކަށީގެންވާ ބިން ނުވަތަ ޖާގަ ނުލިބުން ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި އެމްއައިބީގެ އޭޓީއެމްތައް އިތުރުކުރާނެ ކަމަށް ރިޒާ ވިދާޅުވިއެވެ.

އެމްއައިބީ އިން މިއަދު ހުޅުވި އޭޓީއެމްތައް ބޭނުންކުރާ ފަރާތްތަކަށް ތިން ބަހެއް ހިޔާރު ކުރެވޭނެއެވެ. އެއީ ދިވެހި ބަހާއި، އިނގިރޭސި ބަހުގެ އިތުރުން ބަންގްލަދޭޝް ބަހެވެ.

އެމްއައިބީގެ ކާޑު ބޭނުންކޮށްގެން، އެ ބޭންކްގެ އޭޓީއެމްތަކުން އެއް ފަހަރާ 10،000 ރުފިޔާ ނެގޭއިރު ދުވާލަކު 20،000 ރުފިޔާ ނެގޭނެ ކަމަށް އެމްއައިބީއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް