26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ނިއުޒިލޭންޑް

ވިހެއުމުގެ ޗުއްޓީއަށްފަހު ނިއުޒީލޭންޑްގެ ބޮޑުވަޒީރު ފުރަތަަމަ ކެބިނެޓް ބައްދަލުވުން ބާއްވަވައިފި

  • ދަރިފުޅުގެ ކަންކަން ދެން ބަލަހައްޓަވާނީ ފިރިކަލުން ކްލާކް
  • ވަޒީރުންވަނީ އެކަމަނާއަށް ހޫނު މަރުހަބާއެއް ދަންނަވާފައި
އަބުދުﷲ މުހައްމަދު | 8Abbo

| 6 އޯގަސްޓު 2018 | ހޯމަ 10:44 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ


ވިހެއުމުގެ ޗުއްޓީއަށްފަހު ނިއުޒީލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން 2018 އޯގަސްޓް 6 ގައި ގާނޫނުހަދާ މަޖިލީހުގެ އިމާރާތަށް ވަޑައިގެން ވަޒީރުންގެ މަޖިލީހާ ބައްދަލުކުރައްވަނީ -- އިއްތިހާދު އެއަރވޭސް

އަންހެން ދަރިކަނބަލެއް ލިބި ވަޑައިގެންނެވުމުން ނެންގެވި ހަ ހަފްތާގެ ޗުއްޓީއަކަށްފަހު ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމަށް ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން ހޯމަ ދުވަހު ގާނޫނުހަދާ މަޖިލީހުގެ އިމާރާތަށް ވަޑައިގެންފިއެވެ.

"ބީހައިވް"ގެން ނަން ދީފައިވާ ގާނޫނުހަދާ މަޖިލީހުގެ އެގެޒެކްޓިވް ވިންގުގެ އެންމެ މަތީ ފަންގިފިލާގައި ހުންނަ ކެބިނެޓް ބައްދަލުވުން ބާއްވާ ކޮޓަރިކޮޅަށް އެކަމަނާ ވަޑައިގަތުމުން ވަޒީރުންވަނީ މަރުހާބާ ވިދާޅުވެފައެވެ.

އާޑެން ޗުއްޓީގައި ހުންނެވިއިރު ސަރުކާރު ހިންގެވީ އެކަމަނާގެ ލޭބަރ ޕާޓީއާއިއެކު ކޯލިޝަން ހަދާފައިވާ ނިއުޒިލޭންޑް ފަސްޓް ޕާޓީގެ ލީޑަރު އަދި ބޮޑުވަޒީރުގެ ނައިބު ވިންސްޓަން ޕީޓަރސްއެވެ.

ބޮޑުވަޒީރުގެ ނައިބުގެ އަރިހުގައި އިންނަވައި އާޑެންވަނީ، ނިއުޒިލޭންޑްގެ ތާރީޚުގައި ވެރިކަމުގައި ހުންނަވައިގެން ވިހެއުމުގެ ޗުއްޓީ ނެންގެވި ފުރަތަމަ ބޮޑުވަޒީރަކަށް އެކަމަނާ ވެ ވަޑައިގެންނެވުމުގެ ފުރުސަތު ދެއްވީތީ ޕީޓަރސްއަށް ޝުކުރު ދަންނަވާފައެވެ.

"މިދިޔަ ހަ ހަފްތާ އުފާވެރިވަނީ ސިއްހަތު ރަނގަޅު އަންހެން ދަރިފުޅަކު ލިބިގެން އެކަންޏެއް ނޫން، ލިބިފައި މިވާ ވަޒީރުންގެ މަޖިލީހާއި، ނިއުޒީލޭންޑްގެ ރައްޔިތުންގެވެސް ސަބަބުން" ވަޒީރުންނަށް އިޝާރާތްކުރައްވައި އާޑެން ވިދާޅުވިއެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ 1990 ވަނަ އަހަރު އާލާސްވެ އިންނެވިކަން އިއުލާންކުރެއްވި ފަހުން އިންތިޚާބީ މަގާމެއްގައި ހުންނެވި ގައުމެއްގެ ލީޑަރަކު އާލާސްވެ އިންނެވި މިއީ ފުރަތަމަ ފަހަރުކަމުން މިއީ އިސް މަގާމުތައް އަދާކުރަމުންދާ އަންހެނުންނަށް ލިބުނު ކުރިއެރުމުގެ ރަމްޒެއްގެ ގޮތުގައި އެތައް ބަޔަކު ދެކެއެވެ.

އޯކްލަންޑްގައި ހުންނަ އެކަމަނާގެ އަމިއްލަފުޅު ގެކޮޅުގައި ދިރިއުޅުއްވުމަށްފަހު އާޑެން ރަސްމީކޮށް މަސައްކަތަށް ނުކުންނަވާފައިވަނީ ބުރާސްފަތިދުވަހުއެވެ.

ވެރިރަށް ވެލިންގޓަންއަށް ހޮނިހިރުދުވަހު ވަޑައިގަތުމުން ހައި ސްކޫލް ބޭންޑަކުންވަނީ އެއަރޕޯޓުގައި އެކަމަނާއަށް މަރުހަބާ ކިއުމަށް ލަވަ ކުޅެފައެވެ.

އެކަމަނާ ވަނީ ނިދިކުރައްވާފައި އޮންނެވި ތުއްޕުޅު ނީވް ޓިއާރަހާ އުރުއްވާވަޑައިގެން ހުންނަވައިގެން ކުޑަވަގުތުކޮޅެއް މީޑިއާތަކަށް ދެއްވާފައެވެ.

ފިރިކަލުން ކްލާކް ގޭފޯޑްއާއެކު ހުންނަވައި އެކަމަނާ ވިދާޅުވީ ހަފްތާ ބަންދު ހޭދަކުރެއްވީ ދަރިކަނބަލުންނަށް ޚާއްސަކުރައްވައިގެން ބޮޑުވަޒީރުގެ ގެކޮޅުގައި ސެކަންޑް ހޭންޑް ފަރުނީޗަރު ރޭވުމުގައިކަމަށެވެ.

ޗުއްޓީއަށްފަހު އަނބުރާ ބޮޑުވަޒީރުގެ އޮފީހަށް އާޑެން ނިކުމެވަޑައިގަތުމުން ދަރިފުޅުގެ ކަންކަން ބަލަހައްޓަވާނީ ފިރިކަލުން ކްލާކް ގޭފޯޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް